އަޅުގަނޑުމެންގެ ތެރޭގައި ހެޔޮލަފާ ބައެއް މީހުންނަށްވެސް ވިސްނައި ނުލެވޭ ކަމެއްއެބައޮތެވެ. އެއީ ދުނިޔަވީ ފައިދާއަކަށް އެދިގެން ﷲ ތަޢާލާގެ ޢަދާވާތްތެރިންނާއި ގުޅެވިއްޖެނަމަ އެމީހަކަށް އާޚިރަތްދުވަހު ޖެހޭނެ ޙާލެވެ. ވީމާ މިއީ އެންމެ ބޮޑަށް ވިސްނަންޖެހިފައިވާ އެއްކަންތަކެވެ.
ޝައިޚުގެ ބަސްފުޅު-:
ވަރަށް ގިނަ މުސްލިމް އަޚުންނަށް ދުނިޔެމަތީގައި މީހަކު އޭނާއަކީ ނުވަތަ ތިމަންނައަކީ ތިޔަބައި މީހުންނަށް ދުނިޔަވީ ގޮތުން، އިޤްތިޞާދީ ގޮތުން، ތަރައްޤީގެ ގޮތުން އެހެނިހެން ގޮތްތަކުން ހެޔޮ ހޯދައިދޭނެ މީހެއް ކަމުގައި ބުނުމުން އޭގެ އަވައިގައި ޖެހިގެން ދޭ. ޙަޤީގަތަކީ އެމީހަކީ ދީނާއި ވަރަށް ދުރު ނުވަތަ ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ އަހުލު ވެރިންނަށް މަލާމާތް ރައްދުކުރުމުގައި ވާ ލާދީނީ ސިފަތަކުގެ އަހުލުވެރިން.
އެހެނަސް މިޒަމާނުގަ މާއްދިއްޔަތު ތަނަވަސްވެފައިވުމުން މާއްދިއްޔަތު މީސްތަކުންގެ ތެރޭގައި ޒިކުރުވެފައިވާ ލެއް ގިނަކަމުން ކޮންމެ މީހަކުވެސް މިނެ ކިރާ ތިލަފަތެއް ކަމުގައި ވަނީ ދުނިޔެވީ ގޮތުން އެބައި މީހުންނަށް ކުރިއެރުމާއި، ތަރައްޤީއާއި އަދި އެބައިމީހުންނަށް ހެޔޮ ހޯދާ ކަމުގައި ވާނަމަ އެމީހެއްގެ އަވާގައި ޖެހިގެންދޭ. އެކުވެރިއެއް ގޮތުގައި ބަލައިގަނޭ. ކައިރި މީހެއް ކަމުގައި ދެކޭ. އާދެ، ޝަރީޢަތާއި ދީނުގެ މީގެ ހަމައަކީ ކޮބައިކަން ބަލައިލަމާ.
ﷲ ޖައްލަ ވަޢަލާ ޤުރުއާނުގައި ބަސް ވަޙީކުރައްވަނީ (ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ) "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއް ބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ."
އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއް ބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ. ވުމުން އެއްކަލަ ދުނިޔަވީގޮތުން ތިޔަބައިމީހުންނަށް ތަރައްޤީ ހޯދައިދޭނަން، ތިޔަބައި މީހުންނަށް ދުނިޔެމަތީގައި ދިރިއުޅުމާއި އާމްދަނީއާއި އަދި އެހެނިހެން ކަންތައްތައް ފަސޭހަ ކޮށްދޭނަމޭ ބުނެ އަންނަ މީހަކީ ތަޤުވާވެރިއެއް ނޫން. ދީނީ، ޝަރުޢީ، ﷲ ޖައްލަ ވަޢަލާގެ ހުދޫދު ތަކުގައި ޤާއިމްވާ މީހެއް ނޫން. އޭގެ ބަދަލުގައި ލާދީނީއެއީ. ދީނާއި ދުރު ސިޔާސަތްތައް، ދީނަށް ފުރައްސާރަ ކުރުމުގެ ޢަމަލުތައް އޭނާގެ އަޢުވާނުންގެ ގޮތުގައި ވަނީ ދުނިޔޭގައުވާ އެންމެ ބޮޑެތި ލާދީނި ޖަމާޢަތްތައް.
ފަހެ، މިފަދަ މީހަކު އެމީހެއްގެ ޞާހިބެއް ކަމުގައި ހަދައިފި މީހާ އެވަނީ ޤިޔާމަތް ދުވަހުގަ އޭނާއަށް ދުޝްމަނެއް ވާނެ ގޮތުގައި ފަރާތެއް އިޚްތިޔާރު ކޮށްފައެވެ. ވުމުން މީ ކިހާ ސަމާލުކަން ދޭން ޖެހޭ ކަމެއް.
އަހުލު ސުންނަތުގެ އިމާމުންގެ ތެރޭގައި ތަފްޞީރު ލިޔުއްވި އެންމެ މަޝްހޫރު އެއް ބޭފުޅަކީ އަލް ހާފިޒް އިބުނި ކަޘީރް. ވިދާޅުވި" ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހު ފުޅާ އަދައިގެންއިގެން ހުންނަ ގުޅުމެއް ފިޔަވައި އެހެން ހުރިހާ ގުޅުންތަކެއް ޤިޔާމަތް ދުވަހުގައި ފުށުން ޖެހިގެން ދާނެއޭ ޢަދާވާތްތެރި ދުޝްމަނެއްގެ ގުޅުމަކަށް.
(އަރަބި) " ﷲ ޖައްލަ ވަޢަލާގެ ވަޖުހުފުޅަށް ޓަކައި ދުނިޔެމަތީގައި އޮތް ގުޅުމެއް ފިޔަވައެވެ."
މި ތަފްޞީރަކީ އިބްނު ޢައްބސް އާއި މުޖާހިދު އަދި ޤަތާދާ އެ ބޭކަލުން ވިދާޅުވެފައިވާ ބަސްފުޅުވެސްމެއެވެ. ޢިބްނު އައްބާސް ރަޟިޔަﷲ ޢާންހުމާ ވިދާޅުވެފައވޭ، " ފަހެ، ދުނިޔަވީ ގޮތުން އޮންނަ އެންމެހާ ގުޅުންތަކެއް ޤިޔާމަތް ދުވަހުގައި ވާހުށީ ޢަދާވާތްތެރި ދުޝްމަނެއްގެ ގޮތުގައެވެ. ތަޤުވާވެރިން މެނުވީއެވެ.
ވުމުން ތިޔަބައިމީހުން ދުނިޔެމަތީގަ ތިޔަބައިމީހުންގެ ގާތަށް ދުނިޔެ ހޯދައިދޭނަމޭ، ފައިސާ އާއި ދުނިޔެމަތީގައި ދިރި އުޅުމާއި އަދި ތިޔަބައިމީހުންނަށް އެކި ކަހަލަ ވަޞީލަތްތައް ތަނަވަސް ކޯށްދޭނަމޭ، މަސައްކަތް ކޮށްދޭނަމޭ ބުނެ އަންނަ މީހަކީ ދީނާއި ދުރު އަދި ކިއެއް، ދީނުގެމައްޗަށް ބަދު ބަސް ބުނެ ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ކުޑާމިސްބަސް ރައްދުކޮށް ﷲ ޖައްލަ ވަޢަލާއަށް ޙުކުމްފުޅު ތަކުގެ މައްޗަށް އިޙްތިރާމެއް ޤަދަރެއް ނުބަހައްޓާ މީހަކު ކަމުގައި ވާނަމަ އޭނަ އެ ގެންނަ ދުނިޔެވީ ވާހަކަތަކަކީ ބަލައިގަނެވޭނެ އެއްޗިހިތަކެއްގެ ގޮތުގައި ހަދައިގެން ނުވާނެ. ﷲ އަށްޓަކައި ދެކެންވީ މި ގުޅުން ޤިޔާމަތް ދުވަހުގައި ދުޝްމަނެއްގެ ގުޅުމަށް ބަދަލުވެގެން ދާނެއެވެ. އެކަމާ ހިތާމަކުރަންޖެހޭ ދުވަހެއް ކަމުގައި ވާނެއެވެ. މިއީ ވަރަށް ބޮޑަށް ދުނިޔެވީ ގުޅުންތަކުން ސަމާލުވާންޖެހޭ ކަމެއް.
ފަހެ، އާޚިރަތުގައި އެ ރަޙްމަތްތެރިކަމުން ފައިދާ ނުކުރާ ރަޙްމަތްތެރި ކަމެއް ދުނިޔެމަތީގައ ހޯދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ސަމާޅު ވާންޖެހޭނެ.
- ޝައިޚް މުޙައްމަދު ޙަސަން
ޝައިޚުގެ ބަސްފުޅު އަޑުއައްސަވައިލެއްވުމަށް-:
- މިއަދުނޫސް