ނަމާދުތަކަށް ރައްކާތެރިވާއިރުވެސް ފާފަތަކަށް އަރައިގަންނަން ބިރުވެތިނުވެވޭނަމަ ނަމާދުކުރެވޭ ގޮތާއިމެދު ވިސްނަންޖެހޭނެ! ރަނގަޅު ގޮތުގަ ނަމާދުކުރެވޭނަމަ ފާފަކުރަން ބިރުވެތިވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނަމާދުތަކަށް
ރައްކާތެރިވާއިރުވެސް ފާފަތަކަށް އަރައިގަންނަން ބިރުވެތިނުވެވޭނަމަ ނަމާދުކުރެވޭ
ގޮތާއިމެދު ވިސްނަންޖެހޭނެ! ރަނގަޅު ގޮތުގަ ނަމާދުކުރެވޭނަމަ ފާފަކުރަން
ބިރުވެތިވެވޭނެ!

އަޅުގަނޑުގެ

އެކުވެރިންގެ ތެރެއިން މީހަކެވެ. އޭނާވެސް ނަމާދުކުރެއެވެ. ނަމަވެސް ފާފަކުރަން ޖެހިލުމެއް ނުވެއެވެ. ކުރަން ބޭނުންވާ ކަމެއް ކުރެއެވެ. އެކަމަކު އަޅުގަނޑު އަހަނީ ނަމާދުކުރާނަމަ ފާފަކުރަން ބިރުވެތިވެ ޖެހިލުންވާނެކަމަށެވެ. އެކުވެރިޔާއަށް އެހެން އެވަނީ ކީއްވެގެންތޯ؟

ޖަވާބަކީ ސީދާ ސަބަބު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ!  

"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިއަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." (އަލް ޢަންކަބޫތު: 45) 

ބައެއް މީހުން ބުނެއެވެ. ތިމަންމެން ނަމާދުކުރަމެވެ. ނަމަވެސް ފާފަތަކަށް އަރައިގަނެވެނީއެވެ. އެހެންކަމަށްވާނަ އެއީ ވަރަށް ނުރައްކައުތެރި މައްސަލައެކެވެ. ކުރެވޭ ނަމާދާއިމެދު އަވަހަށް ފުންކޮށް ވިސްނަން ފަށާށެވެ! ނަމާދުގައި ޚުޝޫޢަތްތެރިވެވޭ މިންވަރާއިމެދު ވިސްނަން ފަށާށެވެ!  

ﷲ ތަޢާލާ "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެއް" ކަމަށް ވަޙީކުރައްވަވާފައި އޮތުމުން ނަމާދަކީ މުންކަރާތްތަކާއި ދުރުކޮށްދޭނެ ވަސީލަތެއްކަން މިއޮތީ އެނގޭށެވެ! ފަހަތުން މިއަންނަނީ ދުރު ނުވެވޭ ސަބަބެވެ. "އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ."

ވީމާ ނަމާދުކުރި ނަމަވެސް މުންކަރާތްތަކާއި ދުރު ނުވެވިގެން ތިއައުޅެނީ އެންމެ ބޮޑު ކަންތައް ނުކުރެވޭތީއެވެ އެއީ ﷲ ތަޢާލާ ހަނދުމަކުރުމެވެ! ނަމާދަށް އަރައި ޙަރަކާތްތަކެއް ކުރިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކޮށް ކުރާ ނަމާދު ނަމާދަކަށް ނުވާނެއެވެ. ނަމާދު އެކުރެވެނީ ޚުޝޫޢަތްތެރިކަމާއި ނުލައިކަމަށްވާތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން