ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބުމަށް އެދިގެން އެންމެ ފަސޭހައިން ކުރެވެން އޮތް އެއްކަމަކީ ޔަތީމްކުއްޖަކަށް އެހީތެރިވުން! ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބުމަށް އެދިގެން އެންމެ ފަސޭހައިން ކުރެވެން އޮތް އެއްކަމަކީ ޔަތީމްކުއްޖަކަށް އެހީތެރިވުން! ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވަމާ!

މިލިޔުން ޚާއްޞަކޮށް މިލަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ބޭނުންވާ ކިޔުންތެރިންނށެވެ. އެކަމަށް އެދިގެން ކުރަން ރަނގަޅު ޢަމަލުތައް އޮޅުންފިލުވަން ބޭނުންވާ ކިޔުންތެރިންނަށެވެ.  

ދަތިޙާލުގައި އުޅެންޖެހުމުގެ ސަބަބުން ލާނެ ފޭރާން ނުލިބިފައި ތިބި އެތައް މިލިއަން ކުޑަކުދިން ދުނިޔޭގެ  ކަންކޮޅުތަކުގައި އެބަތިއްބެވެ. އެއްވެސް ފަދައެއް ނެތި ދަތިޙާލުގައިހުރި ޔަތީމްކުއްޖަކަށް ހެދުމެއް ނަމަވެސް ފޯރުކޮށްލައިދިނުން ކީއްހެއްޔެވެ؟  

އަބަދުވެސް ބުނާފަދައިން ސުވަރުގޭގައި ރަސޫލް (ﷺ) އަރިއަހުގައި ވުމަކީ ކޮންމެ މީހަކުވެސް އެންމެ އެދޭނެ ކަންތަކެވެ. އެހެނީ ރަސޫލް (ﷺ) ޚާއްޞަވެގެންވަނީ ސުވަރުގޭގެ އެންމެ މަތީ މަޤާމެވެ. އެ ފެންވަރަށް ތިމާގެ މަޤާމު އުފުލިގެންވުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ ކަންތަކެވެ.  

ޔަތީމް ކުއްޖަކަށް އެހީތެރިވުމުގައި ވެސް އެމީހެއްގެ ފެންވަރުނެ އެކަން ކުރާށެވެ! ކޮންމެ މީހަކީ ކުއްޖެއްގެ ހުރިހާ ކަންކަން ފުރިހަމަކޮށް ދެވޭނެ މީހެއް ނޫނެވެ. ނަމަވެސް އެކަމަށް ޢަޒުމް ކަނޑައަޅައިފިނަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން ކޮންމެވެސް ކަމެއް ކޮށްދެވޭނެއެވެ.  

މިޒަމާނުގައި ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރެގެންވެސް ކޮންމެ ޤައުމެއްގެ ޔަތީމްޚާނާއަކަށްވެސް ހަދިޔާކުރެވިދާނެއެވެ. އެތަންތަނުގައި ތިބޭ ކުދިންގެ ތެރެއިން ކުއްޖަކު އިޚްތިޔާރުކޮށް އެކުއްޖަކަށްވެސް ހަދިޔާކުރެވިދާނެއެވެ. އޮންލައިންކޮށް ގަނެލުމުން އެމީހުން ޑެލިވަރީކޮށްދޭނެތީއެވެ. އަދި ޔަތީމްކުދިން ބަލަހައްޓައިދޭ ތަންތަން މެދުވެރިކޮށްވެސް ހަދިޔާކުރެވެން އެބައޮތެވެ.  

Prophet Mohammad (ﷺ) said,

 "--and the person who looks after an orphan and provides for him, will be in Paradise like this," putting his index and middle fingers together."

 Sahih al-Bukhari 6005

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން