މިއީ ސަމާލުކަންދޭންޖެހޭ ކަމެއް!: ލޯބިވެރިޔާ އިމްތިޙާނުކުރަން ކުރާ ކަމަކުން ލޯބިވެރިޔާ ގެއްލިވެސްދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މިއީ ސަމާލުކަންދޭންޖެހޭ ކަމެއް!: ލޯބިވެރިޔާ އިމްތިޙާނުކުރަން ކުރާ ކަމަކުން ލޯބިވެރިޔާ ގެއްލިވެސްދާނެ!

އަހުރެން ފުރަތަމަ މިކިޔައިދެނީ ޙާދިސާއެވެ.

ދެމީހުން ލޯބިން އެކުގައި އުޅެމުން އައިސް ކައިވެނިކުރަން ވަރަށް ކައިރިވެފައިވަނިކޮށް ޒުވާނާއާއި އިމްތިޙާނެއް ކުރިމަތިކުރުވިއެވެ. އެއީ އެންމެ ގާތް އެކުވެރިޔާ މެދުވެރިކޮށް ޒުވާނާ ހުރިގޮތް ބަލައިލުމަށް ކުރިކަމެކެވެ. އެކުވެރިޔާ ޒުވާނާ އާއިއެކު އެކަނިވެރިވެފައި ދަޢުވަތުދިނީއެވެ.  

އެކި ގޮތްގޮތަށް ހުށަހެޅުމުންވެސް ޒުވާނާކުރީ އިންކާރެވެ. އަދި ރުޅިއައިސް އެގެއިން ނުކުންނަން އުޅެނިކޮށް ލޯބިވެރިޔާ އައިސް ބުނީ ރުޅި ނައުމަށާއި އެއީ ކުރި އިމްތިޙާނެއް ކަމަށެވެ. ޒުވާނާގެ ޖަވާބަކީ އޭނާ ލޯބިވެރިޔާއަށް އެންމެ ބޮޑަށް އިތުބާރުކުރާއިރު އޭނާއަށް އިތުބާރުނުކުރުމުން އިތުރަށް ގުޅުން ބާއްވަން ބޭނުން ނޫންކަމަށެވެ.  

ލޯބިވެރިޔާ އާދޭސްކުރުމުންވެސް އޭނާގެ ނިންމުން ބަދަލުނުކޮށް ނުކުމެގެންދިއައީއެވެ. އެއިގެ ފަހުން ލޯބިވެރިޔާ އެކިގޮތް ގޮތަށް މަސައްކަތްކުރުމުންވެސް ވާހަކަވެސް ނުދެއްކިއެވެ.  

އެންމެން އެއްގޮތެއް ނުވާނެއެވެ. މިފަދަ އިމްތިޙާނުތައް ބަލައިގަންނަ މީހުންވެސް ތިބޭނެއެވެ. އަނެއްބައަކު ބަލައެއް ނުގަންނާނެއެވެ. ބަލައި ނުގަންނާނީ ކާކުކަމެއް ނުއެނގޭނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އަނެކާއަށް އެނގޭނެ ގޮތަށް އިމްތިޙާނު ނުކުރުމެވެ. އިމްތިޙާނުކުރަން ބޭނުންނަމަ އެއީ އިމްތިޙާނެއްކަން ނުއެނގޭނެ ގޮތަށް އިމްތިޙާނުކުރާށެވެ! ނުންނަމަ މިފަދަ ދެރަގޮތްތައް މެދުވެރިވެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން