ތިބާ ކުރާ ކޮންމެ ކަމެއްވެސް ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް ކުރަން ބޭނުންނަމަ އެކަމަށްވެސް އޮތީ މަގުދައްކަވައިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާ ކުރާ ކޮންމެ ކަމެއްވެސް ތިބާއަށް އެންމެ
ބޮޑަށް ފައިދާކުރާނެ ގޮތަށް ކުރަން ބޭނުންނަމަ އެކަމަށްވެސް އޮތީ
މަގުދައްކަވައިފަ!

ކޮންމެ މީހަކުވެސް ކަމެއްކުރާއިރު ބޭނުންވާނީ

އެންމެ ރަނގަޅު، އެންމެ ފައިދާހުރި ގޮތުގައި އެކަމެއް ކުރާށެވެ. ނަމަވެސް އިންސާނުންނަށް ދެއްވެވި ޢިލްމުގެ ކުޑަކަމުން އެންމެ ރަނގަޅު ގޮތެއް ނުއެނގެއެވެ. ވީމާ ދެން ކަންތައްކުރަންވީ ގޮތާއިމެދު ވިސްނާލަމާ ހެއްޔެވެ؟

 

ކޮންމެ ކަމެއްވެސް އެންމެ ރަނގަޅު ގޮތުގައި ކުރަން އެންގެވުމަށްފަހު ﷲ ތަޢާލާ އަހަރެމެން ދޫކޮށްލެއްވެވީއެއް ނޫނެވެ. ޢަމަލުކުރަންވީ ގޮތް ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އިތުރަށް ޙަދީޘްފުޅުތަކުން އެނގޭނެއެވެ.

 

ދެން އޮތީ ކީރިތި ޤުރްއާނާއި ސުންނަތުން ބަޔާންވެ ފެންނަން ނެތް އެމީހާގެ އަމިއްލަ ކަންކަމެވެ. އަމިއްލަ ދިރިއުޅުމާއި ގުޅުންހުރި ކަންކަމެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ކުރަންވީ އެންމެ ރަނގަޅު ގޮތް އޮޅުންފިލުވަން ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ އެހީތެރިވަންތަކަން ހޯދާށެވެ! އެފަރާތަކީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެވެ!

 

އެފަދަ ހާލަތުގައި ތިމާއަށް އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް އަންގަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އަދި އިސްތިޚާރާ ވެސް ކުރާށެވެ! ޢަމަލުކުރަންވީ ގޮތް އެމީހަކަށް ފަހުމްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.

 

މީގެ މާނައަކީ ތެދުވެރި އިޚްލާޞްތެރި އެކުވެރިންނާއި އިތުބާރު ކުރެވޭ ގާތް މީހުންނާއި އަދި ދީނީ ޢިލްމުވެރިންގެ ލަފާ ނުހޯދުމެއް ނޫނެވެ.  މަޝްވަރާ ނުކުރުމެއްވެސް ނޫނެވެ. އެކަންކަން ކުރުމާއިއެކުގައިވެސް ދުޢާކޮށް އަދި އިސްތިޚާރާކުރުމުގެ މުހިންމުކަން ބަޔާންކުރުމެވެ. ތިމާ އިޚްލާޞްތެރިކަމުގައި ހުރެ ތެދުމަގު ލިބުމަށާއި ރަނގަޅު ގޮތުގެ ވިސްނުން ދެއްވެވުމަށް އެދޭ އަޅުންނަށް ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން