ހުރިހާ ކަނަބަލުންވެސް ކިޔައިލުން މުހިންމު!: އަނިޔާވެރި ފިރިއެއްގެ ކިބައިން މާބަނޑު އައަނބިމީހާއަށް ލިބެމުންދިއަ އަނިޔާތަކުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހުރިހާ ކަނަބަލުންވެސް ކިޔައިލުން މުހިންމު!: އަނިޔާވެރި ފިރިއެއްގެ ކިބައިން މާބަނޑު އައަނބިމީހާއަށް ލިބެމުންދިއަ އަނިޔާތަކުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އެއީ ވަރަށް ނިކަމެތި އަންހެނެކެވެ. ކައިވެނިކޮށްގެން އުޅެނީ މެދުމިނުގެ މީހަކާއެވެ. ކައިވެންޏަށް 2 ދަރިން ލިބި 3 ވަނަ ދަރިފުޅަށް ބަލިވެއިނދެ ބަނޑަށް 7 މަހެވެ.  

ފިރިމީހާ އެދުވަހުވެސް ގެއަށް އައީ ޒުވާން އަންހެން ކުއްޖަކު ގޮވައިގެންނެވެ. އެދުވަހު އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ރޮމުން ބުންޏެވެ. "ފިރިމީހާއެވެ! ކޮންމެ ދުވަހަކުހެން ކޮންމެވެސް އަންހެން ކުއްޖަކު ގެއަށް އެބަ ގެންނަމުއެވެ. އެމީހުންނާ ގުޅުން އެބަހިންގަމުއެވެ. އެކަމުގެ ސަބަބުން ކަލޭގެ ގައަށް އަރާފައިވާ ބަލިތައް އަހުރެންނަށްވެސް ޖެހި މިއުޅެނީ ސަލާމަތް ނުވެވިގެންނެވެ. އަހުރެންނަށް ހަމްދަރުދީ ނުވިޔަސް ލިބިފައި ތިބި ދެދަރިންނަށާއި ބަނޑުގައި އޮތް ދަރިފުޅަށް ހަމްދަރުދީވާށެވެ. ޒުވާން ކުދިން ގެއަށް ގެނެސް އެކުދިންނަށް ބަލިތައް ޖައްސުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟"  

ފިރިމީހާ ވާހަކަދައްކަންފެށީ އަނބިމީހާ ކުށްވެރިކޮށްފައެވެ. ބުނީ އޭނާގެ ގައިގަ އެއްވެސް ބައްޔެއް ނެތަކަމަށާއި ބައްޔެއް ހުރިނަމަ ހުރީ އަނބިމީހާގެ ގައިގައި ކަމަށެވެ. ނަމަވެސް އެޒުވާން ކުއްޖާ އޭނާގެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. ބުންޏެވެ. "ކަލޭ އަހުރެންނަށް ވަރަށް ގިނަ ކަންކަން އޮޅުވާލައިފީމުއެވެ. 3 ދަރިންގެ މަންމައަށް ތިއަގޮތަށް ކަންތައްކުރަންކެރޭ މީހުންނަކީ އިންސާނުންނެއް ނޫނެވެ. ޖަނަވާރުންނަށްވުރެ ނުބައި ބައެކެވެ. ދެދަރިންގެ މަންމަގެ އިތުރުން މިހާރުވެސް ބަނޑުބޮޑު އަންތބަކަށް ރަޙުމް ނުކުރާ މީހަކު ހަމައެކަކަށްވެސް ރަޙުމެއް ނުކުރާނެއެވެ."  

އެެހން ބުނެފައި އަނބިމީހާ އާއި ވާހަކަދައްކައި ރުއްސައިގެން ގެއިން ނުކުމެގެން ދިއައީ އަނިޔާލިބެމުންދިއަ އަނބިމީހާއާއި ދެދަރިން ގޮވައިގެންނެވެ. ނުކުންނަމުން ބުންޏެވެ. "ބައްޕަގެ ގާތުގައި ބުނެގެން ވަޒީފާވެސް ގެއްލުވައިލާނަމެވެ."  

ލޮބުވެތި އުޚުތުންނޭވެ! މިހުރީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ޙާދިސާތަކެވެ. އަނިޔާ ލިބެމުންދާ އަންހެނުންނަށް ސަލާމަތާއި ރައްކައުތެރިކަން ލިބެން އޮތީ އެކަމަށް އުޚުތުން މަސައްކަތްކޮށްގެންނެވެ. މިފަދަ އަނިޔާވެރިންނަށް ނޫނެކެވެ ބުނެގެންނެވެ.  

ފިރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ ގޮތްގޮތަށް އަނިޔާވެރިނުވާށެވެ. ތިމާއަށް އެކަންކަން ކުރިމަތިނުވާނެކަމަށް ހީވެސް ނުކުރާށެވެ. ހެޔޮލަފާ އަންތބަކު ލިބުމުން، ޚާއްޞަކޮށް ދަރިން ލިބުމުން އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ. އަނބިދަރިންނަށް ހެޔޮކޮށްހިތާށެވެ. އެކަމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން