ޢިބްރަތްތެރި ވާހަކަ: އަނިޔާލިބެން ކެތްތެރިވެގެން އިނުމެއް ނެތް! މަގެއް ހޯދަން ނުކުތީމާ ތަނަވަސްކަން ލިބި އަމިއްލަ ފައިމައްޗަށް ތެދުވެނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޢިބްރަތްތެރި ވާހަކަ: އަނިޔާލިބެން ކެތްތެރިވެގެން އިނުމެއް ނެތް! މަގެއް ހޯދަން ނުކުތީމާ ތަނަވަސްކަން ލިބި އަމިއްލަ ފައިމައްޗަށް ތެދުވެނު އަންހެނެއްގެ ވާހަކަ-

ފިރިމީހާ ބޭރުން އައިސް ގެއަށް ވަންއިރު އަނބިމީހާ ފޮށިތަށް ހިފައިގެން ގެއިން ނުކުންނަނީއެވެ. ފިރިމީހާ އަނބިމީހާ ހުއްޓުވިއެވެ. ވާހަކަ ދައްކަން ބޭނުންކަމަށް ބުންޏެވެ. މައްސަލަތައް ޙައްލުކުރަން ބޭނުންކަމަށްވެސް ބުންޏެވެ.  

އަނބިމީހާގެ ޖަވާބަކީ، "ކައިވެންޏަށް 7 އަހަރެވެ. ދިރިއުޅުމުގެ ބަދަލުގައި ދިރިތެޅެވޭތާ 5 އަހަރެވެ. ކަންކަން ރަނގަޅު ކުރެވޭތޯ ކަންކަން ކުރަމުން ގޮސް ނުކުރާ ކަންކަން ކުރިން ކަމަށްބުނެ މާފަށް އެދިއްޖައިމެވެ. ދެން އިތުރަށް ކުރަންވީ އެއްވެސް ކަމެއް ނުވިސްނެއެވެ. އަންތބަކު އިންނަ ކަމެއް ނުއެނގެއެވެ. ވަޤުތު ހޭދަކުރަނީ ހިލޭ އަންހެނުންނާއިއެކުގައެވެ. އެކުވެރިންނާއިއެކުގައެވެ. ވީމާ އަބަދު ވިސްނަން އިނދެ ދުނިޔެއިން މޮޔަވުމުގެ ކުރިން މިދަނީއެވެ. ރަނގަޅު މީހުން ވަރަށް މަދުކަންވެސް އެނގެއެވެ. އެކަމަކު މިހާރު ބޭނުންވަނީ ދެވަނަ ފިރިއަކު ތަޖުރިބާކޮށްލާށެވެ!" އެހެން ބުނެފައި ފިރިމީހާއަށް ބަލައިވެސް ނުލައި ނުކުމެގެން ދިއައީއެވެ.

ގެއަށް ދިއަތާ 3 ވަނަ ރެއެވެ. ފިރިމީހާ އައިސް އަތަށްދިނީ ކޭޝްކާޑުތަކެކެވެ. ބުންޏެވެ. "އަހުރެންނަށް ހުރިހާ ކުށެއް ކުރެވުނީ އަތުގައި ފައިސާހުރީމައެވެ. މިޙަވާލުކުރީ ހުރިހާ ކޭޝްކާޑުތަކެވެ." އަނބިމީހާ ބުންޏެވެ. "ބަލަ ފޯނުން ޓްރާންސްފަރ ނުކުރެވޭނީ ހެއްޔެވެ؟ މޮޔަވާހަކަ ނުދައްކާށެވެ! ކަލޭ އައި ބޭނުންވެސް އެނގެއެވެ. އެއީ ޝުޢައިބު އަހުރެންނާއި ގުލިދާނެތީ ނޫން ހެއްޔެވެ؟ ބަލަ ޝުޢައިބަކީވެސް ހަމަ ކަހަލަ އިންސާނެކެވެ. ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެއެވެ. އެހެންވެ އަހުރެން ޝުޢައިބަކަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ. ހުރިހާ ސަމާލުކަމެއް ދެނީ ދުވަހަކުވެސް އަހުރެން ދޫކޮށް ނުލައްވަވާނެ ﷲ އަށެވެ. ބުނަން ހެއްޔެވެ؟ ވަރިނުކުރިއްޔާ ކޯޓަށް ގޮސްގެންވެސް ވަރިވާނަމެވެ. ދެން އަވަހަށް މިތަނުންދާށެވެ. ދެންވެސް ކަމެއްކޮށްދޭނިއްޔާ މާދަމާ ކޯޓަށްގޮސް ވަރިކޮށްލައިދޭށެވެ!"  

2 އަހަރު ފަހެވެ. ފިރިމީހާގެ އާވާރާ ދިރިއުޅުމުގެ ސަބަބުން ބަނގުރޫޓުވެ ފަޤީރުވީއެވެ. އަނބިމީހާ އޭނާގެ އަމިއްލަމަސައްކަތުން ކުރިއަރައި މަޝްހޫރު ވިޔަފާރިވެރިއަކަށްވީއެވެ. ނަސައްކަތް ފަށަން އެހީތެރިވީ ޝުޢައިބެވެ. އެކުވެރިއެއްގެ ޙައިޞިއްޔަތުންނެވެ. މަސައްކަތުން އަދި މިލިއަނަރަކަށް ނުވެވުނަސް އަމިއްލަ ބޭނުންތައް ފުއްދައިގެން އުފަލުގައި އުޅެވެއެވެ.  

އަޅުގަނޑުގެ އެކުވެރި އުޚުތުންނަށް ދަންނަވާލަން އޮތީ އިޞްލާޙްވާން ދޭ ފުރުޞަތުގެ ބޭނުން ނުހިފާ ފިރިއަކާއިއެކުގައި ދިރިއުޅެން މަސައްކަތްނުކުރާށެވެ. ﷲ ގެ މަގުގައި ޘާބިތުވެ ކުރިއަށް ދިއައިމަ މަގެއް ދައްކަވާނެއެވެ. އިން ޝާ ﷲ

 

- ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން