ﷲ ތަޢާލާގެ ޙަޟްރަތުގައި އެހެން އެންމެންނަށްވުރެ ކުރިއަރައިދެވުމާ އޮނަސައްތަ އިސްމުފުޅުގެ މާނަ އެނގުމާ ހުރިގުޅުން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ﷲ ތަޢާލާގެ ޙަޟްރަތުގައި އެހެން އެންމެންނަށްވުރެ ކުރިއަރައިދެވުމާ އޮނަސައްތަ އިސްމުފުޅުގެ މާނަ އެނގުމާ ހުރިގުޅުން އެނގޭތަ؟

ޙަދީޘްފުޅުގެ މާނައަށް ބަލައިފިނަމަ އަނެކާއަށްވުރެ ނުވަތަ އެހެން އެންމެންނަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރިއަރައިދެވެންއޮތީ ތަޤްވާވެރިކަމުންނެވެ. ޙަދީޘްފުޅުގައި އެގޮތަށް އޮތުމުން އެކަމަށް ޝައްކުކުރުމެއް ނެތެވެ.  

އަހުރެން މިބުނެދެނީ ތަޤްވާވެރިކަމުގައި ކުރިއަރައި ނުދެވޭ ސަބަބެވެ. އެއީ އެމީހަކަށް ﷲ ތަޢާލާ ނުއެނގުމެވެ. މާނައަކީ ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމާއި މިހެން ގޮސް ﷲ ތަޢާލާ ލިބިވޮޑިގެންވާ ޚާއްޞަ ކަމާއި މަތިވެރިކަން ނުއެނގުމެވެ.  

ވީމާ ފުރަތަމަ ކަމަށްވެސް ﷲ ތަޢާލާ ދެނެގަންނާށެވެ. އެކަމަށް އޮތް އެންމެ ފަސޭހަމަގަކީ އޮނަސައްތަ އިސްމްފުޅުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ސިފަފުޅުތައް ދަސްކުރުމެވެ. އެއިރުން ﷲ ތަޢާލާއި ބެހޭގޮތުން ކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.  

އެއިރުން އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާނެއެވެ. ލޯބިވެސްވާނެއެވެ. ކިޔަމަންތެރިވެސްވާނެއެވެ. ނަތީޖާއަކަށްވާނީ ތަޤްވާވެރިކަމުގައި ކުރިއަރައިދެވުމެވެ. އެންމެ ކުރިއަރައިދެވުމެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން