ބައިވެރިއަކު ހޯދާއިރު ސޯޝަލް މީޑިއާއާ އެކުވެރިން ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ! މިއޮތީ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ލިބެން އެދޭމީހާ ވިސްނަން އޮތް އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބައިވެރިއަކު ހޯދާއިރު ސޯޝަލް މީޑިއާއާ އެކުވެރިން ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ! މިއޮތީ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ލިބެން އެދޭމީހާ ވިސްނަން އޮތް އެންމެ މުހިންމު ކަންތައް!

ތަންކޮޅެއް ކުރީގެ ޒަމާނަށް ބަލައިފިނަމަ ކައިވެނިކުރާނެ ރަނގަޅު އަންހެނަކު ހޯދަން ބޭނުންވާ ފިރިހެނުން ބަލާނީ ރަނގަޅު ޢާމްދަނީއެއް ހޯދޭނެ މަސައްކަތެއް ކުރުމަށެވެ. ޢިއްޒަތާއި ޝަރަފް ލިބޭނެ މަޤާމެއް ހޯދުމަށެވެ. އަންހެނުން ބަލާނީ ތަޢުލީމީ އަންހެނަކަށްވުމަށެވެ. ތަޤްވާވެރި އަންހެނަކަށްވުމަށެވެ. ރިވެތި އަޚަލާޤެއްގެ މަތީގައި ދިރިއުޅޭ އަންހެނަކަށްވުމަށެވެ.

ނަމަވެސް މިއަދު މިއާދަތައް ބަދަލުވެއްޖެއެވެ. މިއަދު ގިނަ މީހުން ބަލަނީ ތިމާ ހިތްހަމަޖައްސައިދޭނެ ބައިވެރިއަކު ހޯދުމަށެވެ. ޚާއްޞަކޮށް ފިރިހެނުން އެކަމަށް ބޮޑަށް ބަލައެވެ. ވީމާ ކައިވެނިކުރާއިރު ބަލަން ދީނުގައި ހުރި ކަންކަމަށް މިހާރު ބަލަނީ ވަރަށް މަދުމީހެކެވެ.  

ކައިވެނިކުރާތަނުން މައްސަލަތައް ޖެހެންފަށާ ސަބަބަކީއެއީއެވެ. ހިތްހަމަޖެއްސުމަށް އިސްކަންދީގެން ކައިވެނިކުރާތީއެވެ. އެކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ މިކަންކަން ތަޖުރިބާކުރަން ނުޖެހޭ މީހަކު މަދުވާނެއެވެ.  

އަހުރެންނަށް ބުނެވެން އޮތީ ފުރަތަމަ ކަމަކަށް ހިތްހަމަޖެއްސުން ރަނގަޅުގޮތުގައި މާނަކުރާށެވެ! އެއީ އެންމެކަމަކުން ޙާޞިލުކުރެވޭނެ ކަމެއް ކަމަށް ނުދެކޭށެވެ! ޙަޤީޤީ ހިތްޖެހުން ގުޅިފައިވަނީ ތިމާގެ މުޅި ދިރިއުޅުމާއިއެވެ. މުޅި ދިރިއުޅުން އުފާވެރިކޮށްގެން ނޫނީ ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެތީއެވެ.  

މިމައްސަލަތައް މިހައި ބޮޑުވަމުން މިއަންނަނީ ސޯޝަލްމީޑިއާގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފާތީއެވެ. ރަނގަޅު ބައިވެރިއަކު ހޯދަން ޢަމަލުކުރަންޖެހޭ ގޮތްވެސް ސޯޝަލް މީޑިއާގައި އެބަހުއްޓެވެ. ނަމަވެސް އެކަންކަމަށް ބަލަނީ މަދުމީހެކެވެ. ގިނަމީހުންނަށް ބެލެނީ ބަލައިގެން ނުވާނެ ކަންކަމެވެ. ވީމާ ރަނގަޅު ބައިވެރިއަކު ލިބެން ހުރަސްއެޅެނީއެވެ.  

މީގެ އިތުރުން ނުބައި އެކުވެރިން ދައްކާ ނުބައި ވާހަކަތައްވެސް މިކަމުގައި އިސްދައުރެއް އަދާކުރެއެވެ. ނުބައި އެކުވެރިންނަށް ކުރަންޖެހޭ ނުބައި ތަޖުރިބާތައް އެމީހުން ސިއްރުކުރެއެވެ. އެކުވެރިންނަށް ދެނީ ނުބައި މަޢުލޫމާތެވެ. އެކަމަށް ވިސްނާނުލައި ކައިވެނި ކުރެވެނީއެވެ.  

ވީމާ ވަރި މަދުކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ މިދެއްކި ވާހަކަކޮޅާއިމެދު ރަނގަޅަށް ވިސްނައިގެން ކައިވެނިކުރާށެވެ! ދިރިއުޅުން ކާމިޔާބުވެ އުފާވެރިކަން ލިބެމުންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން