ދަރިން ތަރުބިއްޔަތުކުރުމުގަ މިކަންކަމަށް ސަމާލުވެލައްވާ! އެއްގޮތަކަށްވެސް ދަރިންނަށް ނުބުނަންވީ ބަސްތާ ނުކުރަންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިން ތަރުބިއްޔަތުކުރުމުގަ މިކަންކަމަށް
ސަމާލުވެލައްވާ! އެއްގޮތަކަށްވެސް ދަރިންނަށް ނުބުނަންވީ ބަސްތާ ނުކުރަންވީ
ކަންކަން!

 

ފުރަތަމަ ކމަކީ ބޮޑެތި މީހުންނަށްވެސް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން ކުރެވެއެވެ. ވީމާ ކުދިންނަށް މާގިނައިން ކުރެވޭނެއެވެ. އެކަން ޤަބޫލުކޮށް ދަރިންނާ މުޢާމަލާތުކުރަންވާނީވެސް އަދި ކަންކަން ކުރަންވާނީވެސް ވިސްނުންތެރިކަމާއިއެކުގައެވެ.  

ބައެއް މައިންބަފައިން ވިސްނާނުލައި ތިބެ ވަރަށް ނުބައި ބަސްތައް ދަރިންނަށް ބުނެއެވެ. "ތިއައީ ބަސްނާހާ ކުއްޖެއް! ނުކިޔަވާ ކުއްޖެއް! މޮޅުކުއްޖަކަށް ނުވެވޭނެ!" ފަދަ ބަސްތައް ބުނަމުން ގޮސް "ތިއައީ ސިފަ ހުތުރުކުއްޖެއް" ކަމަށްވެސް އެބަ ބުނެއެވެ.

މިފަދަ ބަސްތައް ދަރިންނަށް ބުނަން ހެޔޮނުވާނެއެވެ! އެހެނީ އެފަދަ ބަސްތައް ބުނާނަމަ އެކުދިންނަށް ޤަބޫލުކުރެވެން ފަށާނީ އެކުދިންނަކީ އެފަދަ ކުދިން ކަމަށެވެ. އެއިގެ ބަދަލުގައި ދަރިފުޅަށް ތައްރީފްކޮށް ހިތްވަރުދޭނަމަ އަދި ދަރިފުޅަކީ ބަސްއަހާ، މޮޅުކުއްޖެއްކަމަށް ބުނާނަމަ އެކަންވެސް ދަރިންނަށް ޤަބޫލުކުރެވޭނެއެވެ.

ރޕޯޓްފޯމް ހިފައިގެން އައުމުން ބަލާއިރު 8 މާއްދާއިން އޭ ލިބިފައި 2 މާއްދާއަކުން ތަންކޮޅެއް ދަށުން ލިބިފައި އިންނަމަ ގިނަ ބެލެނިވެރިންނަށް ފާހަގަކުރެވެނީ 2 މާއްދާއިން ދަށްވެފައި އޮތްކަމެވެ. 8 މާއްދާއިން އެހައިމަތިން ފާސްވެފައި އޮތްކަން ފާހަގައެއް ނުކުރެވެއެވެ.  

އެހެން ނުހަދާށެވެ! ފުރަތަމަ ކަމަކަށް ދަރިފުޅު ހޯދި ކާމިޔާބީ ފާހަގަކޮށް މަރުޙަބާކިޔާށެވެ! އެ 2 މާއްދާއިން ދަށްވި ވާހަކަ އެވަޤުތު ނުވެސް ދައްކާށެވެ! ފަހުން އެހެން ވަޤުތެއްގައި އެކަން ފާހަގަކޮށް އެ 2 މާއްދާއިންވެސް ގިނަ މާކްސް ހޯދަން މަސައްކަތްކުރަން ހިތްވަރުދޭށެވެ! އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ 

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން