ޖިބްރީލްގެފާނު ހުދުހެދުންކޮޅުގައި ޞަހާބީންނަށް
ފެނިވަޑައިގެންނެވިއެވެ. ހުކުރަށް ދިއުމަށާއި ޙައްޖުގެ އަޅުކަމުގައި ފިރިހެނުން ހުދުފޭރާން ބޭނުންކުރެއެވެ. އަދި ޞާލިޙް އަޅުންގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ހުދުހެދުންކޮޅުގައިކަމަށްވެސް ބުނެވެއެވެ.
މުސްލިމް ފިރިހެނުންގެ ތެރޭގައި ހުދުފޭރާންލާ ފިރިހެނުން ވަރަށް ގިނައެވެ. ހުދުކުލައަށް މުސްލިމުން ލޯބިކުރާ ސަބަބު:
ކީރިތި ރަސޫލާ (ﷺ) އެންމެ ރީތިފުޅު ކުލައަކީ ކޮބާ؟ އެންމެ ބޮޑަށް ލޯބިފުޅު ކުރެއްވެވި ކުލައަކީ ކޮބާ؟
"ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެދުންކޮޅު ތުރުކުރެއްވެވުމުގައި އެންމެ ބޮޑަށް ލޯބިފުޅު ކުރެއްވެވީ ހުދުކުލައަށެވެ. އަދި މައްޔިތުނަވެސް ހުދުކުލައިގެ ފޭރާމުން ކަފުން ކުރުމަށްވެސް އަމުރުފުޅު ކުރެއްވެވިއެވެ."
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް