ފަތިސްނަމާދަށް ސަމާލުކަންދިނުމަކީ ޖީބު ތަނަވަސްވެ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބެއް! ކަންނެތްވެ ނިދަންއޮތީމާ ދިރިއުޅުން ކުރިއަރާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ފަތިސްނަމާދަށް ސަމާލުކަންދިނުމަކީ ޖީބު ތަނަވަސްވެ
އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބެއް! ކަންނެތްވެ
ނިދަންއޮތީމާ ދިރިއުޅުން ކުރިއަރާނީ ކިހިނެއްތަ؟


ފަތިސްނަމާދު ކުރާ މީހާއަށް އެކަމުގެ ފައިދާ

އާޚިރަތުގެ އިތުރުން މިދުނިޔޭގައިވެސް ކުރެއެވެ. ފަތިސް ނަމާދަށް ތެދުވާ މީހާ ނުވަތަ ހޭލާ މީހާއަށް ލިބޭ ދުނިޔަވީ ފައިދާތަކަށް ބަލާއިރު ފަތިސް ނަމާދަށް ހޭލާ މީހާގެ ތަނަވަސްކަން އިތުރުވުން ހިމެނެއެވެ.

ފަތިސް ނަމާދަށް ހޭލާ މީހާ މަސައްކަތު ދާނީ ހަމަޖެހިގެން ހުރެއެވެ. ތެޅި ފޮޅެމަކުން ނޫނެވެ. އަދި އޭނާ އެދުވަހު ކުރާނެ ކަންތައްތަކަށް ވިސްނައި ކުރިއާލައި ޕްލޭން ކުރުމަށް ވަގުތު ލިބޭނެއެވެ. މިކަންކަމަކީ އެމީހަކު ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަންކަމެވެ. އަދި މިކަންކަމަކީ އިންސާނުން ތަޖުރިބާ ކުރަމުން އަންނަ ކަންކަމެވެ. މީހަކު ބުނާ ބުނުމެއް ނޫނީ އަލުން ތަޖުރިބާ ކުރަން ޖެހިފައިވާ ކަމެއް ނޫނެވެ.

އިޖުތިމާޢީ ގުޅުމަށް ބަލާއިރު ފަތިހު ފަތިސް ނަމާދަށް ހޭލާ މީހާއާއި ޢާއިލާގެ އެންމެންނާއި ބައްދަލުވާނެއެވެ. ހެނދުނު އެމީހަކު މަސައްކަތް ކުރާ ތަނަކަށް މަސައްކަތު ދިއުމުގެ ކުރިން އިށީނދެލައި މަޝްވަރާކޮށްލަން ވަގުތު ލިބޭނެއެވެ. މިހާރުވެސް ގިނަ ބައަކު ސައި މޭޒު ކަރީގައި ތިބެގެންވެސް މިކަން ކުރެއެވެ. އެކަމުގެ ސަބަބުން ޢާއިލީ ގުޅުންތައް ބަދަހިވެއެވެ.

މީގެ އިތުރުން އެމީހަކު އެދުވަހު ކުރަންޖެހިފައިވާ ކަމެއް ޢާއިލާގެ މީހުންނާއި ޙިއްޞާ ކުރުމުން އެކަން ރަނގަޅަށް ކުރާނެ ގޮތުގެ އިރްޝާދުވެސް އެހެން މީހުންގެ ކިބައިން ލިބޭނެއެވެ. 

ހަމައެޢާއިއެކު ފަތިސް ނަމާދަށް ހޭލާ މީހާއަށް ކަސްރަތުކުރާނެ ފުރުޞަތުވެސް ލިބޭނެއެވެ. ދުވާލުގެ ބިޒީ ވަގުތުތައް ހޭދަކުރަން ޖެހޭތީ ގިނަ ބައަކަށް އޮންނަނީ ކަސރަތުވެސް ނުކުރެވިފައެވެ. ނަމަވެސް އަހަރެމެން ކޮންމެ މީހަކީވެސް ކަސްރަތު ކުރަންޖެހިފައިވާ މީހެކެވެ. ކަސްރަތު ނުކުރާނަމަ ޞިއްޙީ ބަލިތައް ޖެހުން މިދަނީ އިތުރުވަމުންނެވެ.

 

ޑޮކްޓަރުންވެސް މިހާރު ބުނަމުން ގެންދަނީ ޞިއްޙަތަށް އެންމެ ފައިދާހުރި ގޮތަކީ އަވަހަށް ނިދީން ހޭލުން ކަމަށެވެ. ވީހައި ފަތިހަކާއި ތެދުވެ ހަރަކާތްތެރިވާން ފެށުންކަމަށެވެ. އެމީހުންނަށް އެކަން އެއެނގުނީ މިއަދު ނަމަވެސް މިއީ އިސްލާމް ދީނުގައި މީގެ 1400 އަހަރު ކުރިން ބަޔާންވެގެންވާ ކަންކަމެވެ. ޢަމަލުކުރަމުން އަންނަ ގޮތެވެ. މިކަމުން ވެސް އެނގެނީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. ފުރިހަމަ ކަމެވެ.

 

މި ބުނެދިނީ ފަތިސް ނަމާދުކުރުމުން ލިބޭ ސަވާބާއި ދަރުމައިގެ އިތުރުން މިދުނިޔޭގައިވެސް ލިބޭނެ ކަންކަމެވެ. އެހެންކަމާއިއެކުވެސް މުސްލިމުންގެ އެންމެ 1 އިންސައްތަ މީހުން ވެސް ފަތިސް ނަމާދު ނުކުރުމަކީ ކޮން ފަދަ ބޮޑު ދެރަ ނިކަމެތިކަމެއްތޯއެވެ! އަވަހަށް އިޞްލާޙްވާށެވެ!

މިރޭ ވެސް ފަތިސްނަމާދު ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ބަސްކޮޅެއް ބުނެލަން ބޭނުންވީ އެއީ ކޮންމެ މީހެއްގެ ވެސް ދުވަސް ފެށުމުގެ ތަޅުދަނޑި ކަމަށްވާތީއެވެ. މިހައި ގިނައިން ފަތިސް ނަމާދުގެ ވާހަކަ ދައްކަނީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ. އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ މިއީ އިސްލާމީ މުޖުތަމައުއަށް މިއަދު އެންމެ އެއްކަންތައް ކަމުގައި ވުމުން ކަމަށެވެ. ދިރުވައި އާލާކުރަން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަންތައް ކަމަށްވުމުން ކަމަށެވެ.  

--މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން