ގެއްލުނު ރޯދައިގެ ޢަދަދު ޔަޤީންނުކުރެވޭނަމަ ކަންތައްކުރަން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގެއްލުނު ރޯދައިގެ ޢަދަދު
ޔަޤީންނުކުރެވޭނަމަ ކަންތައްކުރަން އޮތް ގޮތް!


ރޯދަމަސް ނިމުނުއިރު ގެއްލުނީ ކިތައް ރޯދަކަން ޔަޤީންނުވާނަމަ ޢަމަލުކުރަން އޮތްގޮތަކާއިމެދު ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަން ސާފުވެލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ޤަޟާކުރުން ވާޖިބުވެފައިވާ ރޯދަތަކުގެ ޢަދަދާމެދު ޝައްކުވެއްޖެނަމަ ފަހެ އޭނާ ހިފާނީ އޭގެ މަދުމިންވަރެވެ.  މިޘާލަކަށް އަންހެނަކު ނުވަތަ ފިރިހެނަކުވިޔަސް، ތިން ރޯދަތޯ ނުވަތަ ހަތަރުރޯދަތޯ ހިފަންޖެހިފައިވަނީ ޝައްކުވާނަމަ ފަހެ އޭނާ އެތަނުން ޤަޟާކުރާނީ މަދުމިންވަރެވެ. [ތިން ރޯދައެވެ.] އެހެނީ އެއީ ޔަޤީންވެގެންވާ މިންވަރެވެ. އެއަށްވުރެ އިތުރުވެފައިވާ މިންވަރަކީ އެއީ ޝައްކުވެފައިވާ މިންވަރެވެ. އަޞްލަކީ އޭނާގެ ޛިންމާ ބަރީއަވެގެންވުމެވެ. 

އެއާއެކުވެސް އެންމެ ރައްކާތެރިގޮތަކީ އޭނާއަށް އެ ޝައްކުވެފައިވާ ދުވަހުގެ ރޯދަވެސް ޤަޟާގެ ގޮތުގައި ހިފުމެވެ. އެހެނީ:

– އެދުވަހަކީ އޭނާ ރޯދަހިފުން ވާޖިބު ދުވަހެއްނަމަ އޭނާގެ ޛިންމާއިން އެބަރީއަވީއެވެ.

– އޭނާގެ މައްޗަށް އެރޯދަ ވާޖިބުނޫންނަމަ އެވެގެންދާނީ ސުންނަތް ރޯދައަކަށެވެ.

އިޙްސާންތެރީންގެ އަޖުރު ﷲ ތަޢާލާ ބާޠިލުނުކުރައްވާނެއެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން – رحمه الله –

"فتاوى نور على الدرب" 

--މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން