ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަން މިއަދުގެ ވެރިން ނަމޫނާޢަކަށް ބަލައިގެންފިނަމަ ރައްޔިތުން ތިބޭނީ އުފަލުން ފުރިގެން!

ކިޔުމަށް ހޭދަވާނީ 3މ 39ސ
ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަން މިއަދުގެ ވެރިން ނަމޫނާޢަކަށް ބަލައިގެންފިނަމަ ރައްޔިތުން ތިބޭނީ އުފަލުން ފުރިގެން!

ޢަލީ އިޙްޞާން ފިރާޤް

 

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ސިޔަރަތުން: 1 

ތާރީޚުގެ މޭގައި ރަންދެލީން ފަވާލެވޭނެ ފަދަ ޚިދުމަތްތަކެއް ކުރެއްވި ރަސްރަސްކަލުން ނުވަތަ ވެރީން ނަކީ ދާދި މަދުބައެކެވެ. އޭގެ ތެރެއިންވެސް ފާހަގަ ކުރެވޭ މުހިންމު އެއް ޝަޚްޞިއްޔަތަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒުއެވެ. އަދުލުވެރި ރަސްރަސްކަލުންގެ ލިސްޓެއް އެކުލަވައިލާނަމަ އެކަލޭގެފާނުގެ ނަންފުޅު ހިމަނަންޖެހޭނީ އެލިސްޓުގެ އެންމެ ކުރީގައެވެ.  

ހަތަރު ޚަލީފާއިންނަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒު ހިމެނިވަޑައިގެންފައިވަނީ އިސްލާމީ އުއްމަތްދުށް އެންމެ އަދުލުވެރި ރަސްރަސްކަލުންގެ ތެރޭގައެވެ. ބައެއް ފަރާތްތަކުން އެކަލޭގެފާނަށް އިސްލާމީ އުއްމަތުގެ ފަސްވަނަ ޚަލީފާކަމުގެ ލަޤަބުފުޅުވަނީ ދެއްވައިފައެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒު އަވަހާރަވި ޚަބަރު ރޯމަން އެންޕަޔަރަށް ލިބިވަޑައިގެންނެވުމުން އޭނާ ވިދާޅުވެފައިވެއެވެ. [ޞާލިޙު ރަނގަޅު ޝަޚްޞިއްޔަތެއް އަވަހާރަވެ ދިޔައީއެވެ. ދުނިޔެ އަޅައިފައި އަޅުކަންކުރަން ތިބޭ މީހުންގެ އަމަލުތަކާ މެދަކު އަހަރެން އަޖައިބެއް ނުވަމެވެ. ނަމަވެސް އަހަރެން އަޖާއިބުވަނީ އެމީހެއްގެ ފައިތިލަފުޅުގެ ދަށަށް ދުނިޔެއާއި ދުނިޔޭގެ އެންމެހައި އުފަލަކާއި އަރާމެއް އައުމަށްފަހުވެސް އެއާ މެދު ލޯފުޅު މަރުއްވައިލެއްވި ޝަޚްޞިއްޔަތާ މެދުގައެވެ. އެތަކެއްޗަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި އޭނާ ދިރިއުޅުއްވީ ތަޤުވާވެރި ސާދާ ދިރިއުޅުއްވުމެކެވެ.] 

ޢުމަރު ބިން ޢަބްދުލްޢަޒީޒު ވެރިކަން ކުރެއްވީ ތިރީހަކަށް މަސްދުވަހުއެވެ. ނަމަވެސް މިދެންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަލޭގެފާނު މުޅި ދުނިޔެ ބަދަލުކޮށްލެވިއެވެ. ބޮޑު އިންޤިލާބެއް ގެންނެވިއެވެ. 92 އަހަރަށް ދެމިގެންދިޔަ ޢުމަވީ ޚިލާފަތުގެ ވެރިކަމުގައި އެންމެ ފާންކަން ގަދަ ބާބަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒު ވެރިކަމުގައި ހުންނެވި ދުވަސްވަރެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ، ޢަބްދުލްޢަޒީޒު ބިން މަރުވާންގެ ދަރިކަލެކެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ގަވަރުނަރެވެ. މައިކަނބަލުންގެ ނަންފުޅަކީ އުންމު ޢާޞިމެވެ. އެކަމަނާއަކީ މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަނބަލެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އުފަންވެވަޑައިގެންނެވީ ހިޖުރައިން 63 ވަނަ އަހަރުގައި މިޞްރުގައެވެ. މީލާދީ ސަނަތުން ބަލާނަމަ އެއީ 682 ވަނަ އަހަރެވެ. އެކަލޭގެފާނަށް ތަޢުލީމާއި ތަރްބިއްޔަތު ލިބިވަޑައިގެންފައިވަނީ މައިފުށުގެ ބޮޑުބޭބޭފުޅު، އިސްލާމީ އުދަރެހުގައި ނަންހުރި އުއްމަތުގެ ފިޤުޙުވެރިޔާ ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުންނެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒު މަދީނާގައި އެކަލޭގެފާނުގެ ބަފައިކަލުން އަވަހާރަވަންދެން ހުންނެވިއެވެ. އެކަލޭގެފާނު ބޮޑުބޭބޭފުޅު ޚަލީފާ ޢަބްދުލް މަލިކުގެ އަމުރުފުޅަށް އޭނާގެ ދަރިކަނބަލުން ފާޠިމާއާ ޢުމަރު ބިން ޢަބްދުލްޢަޒީޒު ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވިއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ޚަލީފާކަށް ލިބިވަޑައިގަތީ މީލާދީން 706 ވަނަ އަހަރުގައެވެ.

ޚަލީފާ ވަލީދު އާއި ޚަލީފާ ސުލައިމާން ބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދުވަސްވަރުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒު މަދީނާގެ ގަވަރުނަރު ކަމުގެ މަޤާމުގައި ހުންނެވިއެވެ. ޚަލީފާ ސުލައިމާން ބިން ޢަބްދުލް މަލިކު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން ވަލީއަހުދެއް އައްޔަން ކުރައްވަން ބެއްލެވިއިރު އެކަލޭގެފާނުގެ ބޭފުޅުނަންކީ ޚަލީފާއަކަށް އައްޔަން ކުރެވޭ ވަރަށް ވުރެ ތުއްޕުޅު ބޭފުޅުންނެވެ. އެހެންކަމުން ސުލައިމާން ބިން ޢަބްދުލް މަލިކުގެ އެޑުވައިޒަރު رجاء بن حيوة ގެ މަޝްވަރާގެ މަތީން ވަލީއަހުދަކަށް އިސްކުރެއްވީ ޢުމަރު ބިން ޢަބްދުލްޢަޒީޒު އެވެ. ޚަލީފާކަށް އިންތިޚާބު ވެވަޑައިގެންނެވުމަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒު މީސްތަކުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. 

[އޭ މީސްތަކުންނޭވެ. އަހަރެން މިވަނީ ތިޔަބައިމީހުންގެ ޚަލީފާއެއްކަމުގައި ހަމަޖެހިފައެވެ. އެއީ ތިޔަބައިމީހުންގެ މަޝްވަރާއެއް އަދި ޚަލީފާކަމަށް އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ޙާލުގައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ފެންނަ ކަމުގައިވާނަމަ ޚަލީފާކަމުގެ މަޤާމަށް އެހެން ފަރާތެއް އައްޔަން ކުރައްވާށެވެ. އަޅުގަނޑު އެއްވެސް އިޢުތިރާޟެއްނެތެވެ.]  

މީސްތަކުން ބާރު އަޑުން ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ދެންނެވިއެވެ. [އޭ ޢުމަރެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ މައްޗަށް ފުރިހަމައަށް އިތުބާރު ކުރަމެވެ. އަޅުގަނޑުމެންގެ ޚަލީފާއެއްކަމުގައި ހަމަޖައްސަން ބޭނުމީ ކަލޭގެފާނެވެ.] 

ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. [އަޅުގަނޑު، މާތްﷲ އަށް ކިޔަމަންގަތުމުގައި ދެމިހުންނަ ކަމުގައިވާނަމަ ތިޔަބައިމީހުން އަޅުގަނޑަށް ކިޔަމަން ވާށެވެ. އަޅުގަނޑު، މާތްﷲ އަށް ކިޔަމަންތެރިކަން އަދާ ނުކުރާނަމަ އަޅުގަނޑަށް ކިޔަމަން ގަތުމެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ.

މިއަދު އޮންލައިން