މަޙްޝަރު ދުވަހު ހިނގާނެ މިކަންކަމަށް އަބަދުވެސް ވިސްނައިގެން ނޫނީ ބިރުވެތި ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މަޙްޝަރު ދުވަހު ހިނގާނެ މިކަންކަމަށް އަބަދުވެސް ވިސްނައިގެން ނޫނީ ބިރުވެތި ނުވެވޭނެ!

ޤިޔާމަތް ދުވަހުގެ ވާހަކަތައް ކިޔުން ގިނަކުރުމަކީ ހިތުގައި ބިރުވެތި އުފެދި ނަރަކައިން ސަލާމަތްވުމަށް ކުރާމަސައްކަތް އިތުރުކުރެވެން އޮތް އެންމެ ފަސޭހަ އެއް މަގެވެ.

އެހެންކަމުން މިލިޔުމަކީވެސް ފައިދާކުރާނެ ލިޔުމެކެވެ. މީސްތަކުން ވަށާލައްވައިގެން ތިއްބަވާނެ މަލާއިކަތުންގެ ޢަދަދު ގުނޭނެ ގޮތެއް ނެތްތަނުގައި ހިތަށްވެސް ނުގެނެވޭނެއެވެ.  

ލިޔުން:  

ދެންފަހެ މިހުރިހާގޮތްތަކަށް މީސްތަކުން ބައިބަޔަށް مَحْشر ބިންމައްޗަށް ގޮސް އެއްވުމުން މަލާއިކަތުން އެމީހުންތައް ލަވަމުން ގެންދަވައި ދެވަނަ ބިމަށް ލައްވާފައިހުއްޓެވެ. އެބިމުގެ ބޮޑުމިނެއް މާތްރަސްކަލާނގެ ރަސްކަންފުޅަށް ނޫނީ އެގިގެންނުވެއެވެ. އެތަނަށް އިންސީންނާއި ޖިންނީންނާއި شيطان ންނާއި ވަލުޖަނަވާރުތަކާއި މިނިކާ ސޫފިތަކާއި ދޫނިސޫފާ ސޫފިތަކާއި އަދިވެސް ފުރާނަލައި ހެއްދެވިހައިތަކެއްޗެއް މިތަނަށް އެއްވެ جَمَعވެ ގައިގޯޅިވުމުން އެއުރެންގެ ވަށައިގެންވާ މަލާއިކަތުން މިއުރެންލަވަމުން ގެންދަވައި ދެވަނަބިމަށް ލައްވާފައިހުއްޓެވެ.  

މިބިމަކީ ހުދުރިހިގަޑެއްފަދަ نور ގަދަވެގެންވާ ބިމެކެވެ. ދެން މަލާއިކަތުން މިއެންމެންގެ ވަށައިގެން ތިއްބެވުމުން މިބެއިކަލުން މިއެންމެންގެ ދިހަބައި ގިނަވާހުއްޓެވެ. ދެން މާތްރަސްކަލާނގެ އަމުރުފުޅަށް ދެވަނައުޑުގެ މަލާއިކަތުން ފައިބަންނަވާ މިއެންމެންގެ ބޭރުން ވަށައިލައްވާއިރު މިތާތިބި އެންމެހައި خَلْق ތަކުންނަށްވުރެ ވިހިބައި ގިނަވާހުއްޓެވެ. ތިންވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު އިހުބުނިމަގުން ތިރީސްބައި، ހަތަރުވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ސާޅީސްބައި، ފަސްވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ފަންސާސްބައި، ހަވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ފަސްދޮޅަސްބައި، ހަތްވަނަ އުޑުގެ މަލާއިކަތުން ފައިބަންނަވާއިރު ހަތްދިހަބައި ގިނަވާހުއްޓެވެ. ފަހެ ކޮންމެ އުޑެއްގެ މަލާއިކަތުން މިތަނަށް ފައިބަންނަވާއިރު އެއިގެ ކުރީގައި މިބިންމަތީގައި ތިބިވަރަށްވުރެ މިނަންގަތް މިންވަރަށް ގިނަގުނަވެގެންވާހުއްޓެވެ.  

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-

 

 

މިއަދު އޮންލައިން