ދުޢާކުރުމުން ތިން މިލިއަން ރުފިޔާގެ ދަރަންޏެއް ދެއްކޭނެ މަގުފަހިވި މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ދުޢާކުރުމުން ތިން މިލިއަން ރުފިޔާގެ ދަރަންޏެއް ދެއްކޭނެ މަގުފަހިވި މީހެއްގެ ވާހަކަ!

އަޅުގަނޑު ފުރުޤާން މިސްކިތުގައި ދުޢާއާ ބެހޭގޮތުން ދަރުސް ދިނީމެވެ. ދަރުސް ނިންމާލީމަ އަޅުގަނޑު ގާތު އަޅުގަނޑުގެ ރައްޓެއްސެއް، ހަމަ ދަރުސްގަވެސް އިން ބޭފުޅެއް. އައިއްސަ ބުނެފި " ސަމީރުއޭ، ތިމަންނަ މީ ކޮންސްޓްރަކްޝަން މަސެއްކަތް ކުރާ މީހެކެވެ. ތިމަންނަ ތާށިވެގެން، ދަތިވެގެން ގޮސް ތިމަންނަ ބަނގުރޫޓު ވެގެން ތިމަންނަ އެއްޗިހި ނަގާފަ ހުރި ކުންފުނިތަކުން ދައުވާ ކޮށްގެން ކޯޓަށް ތިމަންނަ ގެންދިޔައީމަ، ތިމަންނަ ބުނީމޭ ތީ ހައްތާވެސްއެމީހުންނަށް ދޭން ޖެހޭ ފައިސާއޭ. ތީގަ ނެތޭ އެއްވެސް އިންކާރު ކުރާނެ އެއްޗެއް. އެމީހުންނަށް ދައްކަން ޖެހޭ އެއްޗިއްސޭ ތީ. އެކަމަކު ތިމަންނަ އަތުގަ ނެތޭ އެކައްޗެއްވެސް.  

އަޅުގަނޑު އަހާލިން ކިހާ ވަރެއްހެއްޔޭ؟ އާދައިގެ ފަރުދެއް ހަމަ، އޭނަ ބުނި ތިން މިލިއަން ރުފިޔާއޭ ތިމަންނަ ދައްކަން ޖެހެނީ އެމީހުންނަށް. ހުރިހާ އެއްޗެއް ކޮންމެސް ސަބަބަކާ ހުރެ ގެއްލިގެން ދިޔައީ. ދެން ތިމަންނަ ހިތަށް އަރައިފިއޭ ދެން މިކަމުގަ އެއްވެސް ހައްލެއް ނެތޭ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވިއްޔާ ނޫނީ. ތިމަންނައަކަށް ނެތޭ އެއްވެސް މަގެއް. އެ ދައްކާނެ އެއްވެސް ގޮތެއް ފެންނާކަށްވެސް ނެތޭ. ތިމަންނަ މިސްކިތަށް އަރާ ދުޢާ ކުރަން ފެށީއެވެ. 40 ދުވަސް ގާތްގަނޑަކަށް، ސާޅީހަކަށް ދުވަސް ތިމަންނަ މިކަމުގައި. ދެން ތިމަންނަ ހަމަ ކޮންމެހެން ސީދާ ވަކި އެކަމުގެ ވާހަކައެއްވެސް ނޫނޭ. އާއްމުކޮށް މި ކިޔާހެން ހަމަ ވިލަންވެރިކަމާއި ފާފައިން ޖެހިފަ ހުރި ކަންކަމުން ސަލާމަތް ކޮށްދެއްވާތޯ އެވެ. ދެން އެހާ ބޮޑަކަށް އޭރު ނުވެސް އެނގެއޭ ބުނީ އެ ކަންކަމެއް.

ދެން ދަންނަވަމުން ދަންނަވަމުން ގޮސް އެއްދުހު ތިމަންނަ ދުޢާ ކޮށްފަ ބުނީ މިސްކިތުން ނިކުތް އިރު މިސްކިތު ދޮރުމަތީ އެބަހުއްޓޭ މީހަކު. ތިމަންނަ ނުވެސް ދަންނަމޭ ބުނީ. އޭނަ ބުނެފި އޭ ކަލޭ ކޮބާހޭ. ކަލޭ ހޯދަންވެގެންނޭ މަ މިއުޅެނީ މިއޮތް ހުރިހާ ދުހު. ދެން މަސެއްކަތް ކުރާ މީހެއްކަން އިނގޭ، ކޮންސްޓްރަކްޝަން މަސެއްކަތް ކުރާ މީހެއްކަން އިނގޭތީ ކަންނޭންގެ. " ކިހިނެއްހޭ ވީ؟ ތިމަންނަ އެބަޖެހޭ ވަރަށް އަވަހަށް ތިމަންނަގެ ބިމެއްގަ އިމާރާތެއް އަޅައިދޭން އެބަޖެހެއޭ. ކަލެއާއޭ މިކަން ތިމަންނަ ހަވާލުކުރަން ބޭނުން ވަނީ." މީނަ ބުނެފި އާ މައްސަލައެއް ނެތޭ ކުރެވިދާނެއޭ ތިކަން.  

ވަގުތުން ބުނީ ހަމަ އެރެއިން އެރެއަށް އެއްޗެހި ތަރުތީބުކޮށް، އޭނައަށް ކުރެހުމާއި އެއްޗެހި ދީ، އޭނަ ހުރިހާ ކުރެހުން މެއިލް ކުރީމަ އެއްފަހަރުން ބުނި ހުރިހާ ފައިސާއެއް އޭނަ ދެއްކިއޭ. އަދިވެސް އޭނަ ހުރީ އިތުރަށް ދޭގޮތަށޯ، އަވަހަށް އެކަން ނިންމަން ވެގެން.  

މިހިރީ ކަންކަން ވާގޮތް. ދަރަނިވެސް އެއްކޮށް ޚަލާސްވީ، މިލިއަން ރުފިޔާ އެއްފަހަރުން. ޕްރޮޖެކްޓެއްގައި އިމާރާތެއް އަޅަން ލިބިއްޖެއްޔާ ތިން މިލިއަން ރުފިޔާއަކީ މާ ބޮޑު އެއްޗެއް ނޫން ދެއްތޯ. ވަގުތުން ހުރިހާ ފައިސާއެއް ދައްކާ ޚަލާސް ކުރީ. މިއީ ރަމަޟާން މަހު ފުރަތަދުވަހު އަޅުގަނޑު ކައިރީ ބޭފުޅަކު ކިޔައިދިން ވާހަލައެއް ފުރުޣާނު މިސްކިތުގައި، މާލޭގައި.  

އެހެންމަ މީ ޙަޤީގަތް. އަޅުގަނޑުމެން ހަމަ ޔަޤީން ތީގެ ތެރެއިން ބޭފުޅެއް ގާތު ސުވާލު އަޅުގަނޑުމެން ކުރިއަށް މިކަހަލަ ބައިވަރު ވާހަކަތައް ހުންނާނެ. އޭނަ ވިސްނާ ފިކުރު ކުރާކަމަށް ވެއްޖެއްޔާމު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ކޮށްދެއްވާފަ ހުރި ކަންކަން އަދި ސަލާމަތް ކޮށްދެއްވާފަ ހުރި އެކިއެކި މުސީބާތްތައް އޭނަ ވިސްނައިފިއްޔާ އޭނައަށް އެނގޭނެ ހަމަ ކިރިޔާ ސަލާމަތްވާ، ނަސީބޭ ތިމަންނަ އެތަނަށް ނުދެވުން ކަން. އެހެންނަމަ ތިމަންނަވެސް ދިޔައީހޭ. މިކަހަލަ މިކަހަލަ ބައިވަރު ހާދިސާތައް ހުންނާނެ. އެހެންމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މޮޅުގޮތް ރަނގަޅު ގޮތް ދެނެވޮޑިގަންނަވާ.

 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

 

މިއަދު އޮންލައިން