ޙައިޟް، ނިފާސްވެރިންނަށް ކުރުން ހުއްދަކަންކަން މަނާނުކުރާށެވެ! ސާފުތާހިރުވުމަށްވެސް ހުރަސްނާޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޙައިޟް، ނިފާސްވެރިންނަށް ކުރުން ހުއްދަކަންކަން މަނާނުކުރާށެވެ! ސާފުތާހިރުވުމަށްވެސް ހުރަސްނާޅާށެވެ!

ޘާބިތު ދަލީލެއް ނެތި ބައެއް މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ދީނުގައި އޮތް ގޮތާއިމެދު ސުވާލުތައް އުފެދެއެވެ. އެގޮތުން އަންހެނާ ޢުޛުރުވެރިވެފައިވާ ޙާލު [ޙައިޟު ނުވަތަ ނިފާސްވެފައިވާ ޙާލު] ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމާމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަމުގައި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް ރަޙިމަހުﷲ ގެ ބަސްފުޅެވެ.  

ނިޔަފަތި ކެނޑުމާއި، ކިހިލިފަތުން އިސްތަށިއުފުރުމާއި ނުވަތަ ބޭހެއް ފަދަ އެއްޗެއް ބޭނުންކޮށްގެން އިސްތަށިތައް ފިލުވާލުމާއި، އަދި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށި [ބޭލުމާއި] އެ އެންމެހާ ކަންތައްތައް ހައިޟު ނުވަތަ ނިފާސްކަމުގެ ދުވަސްވަރުގައި ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ފިރިހެނުން ޖުނުބުވެރިވެފައިވާ ޙާލު އެފަދަކަންތައްތައް ކުރުން ފަދަކަމެކެވެ. ފަހެ މީގެ މަޤްޞަދަކީ ހަމަކަށަވަރުން މިކަންތައްތަކަކީ ޠަހާރަތުގެ މަތީ ހުރެގެން ކުރުން ޝަރުޠުކުރެވިގެންވާ ކަންތައްތަކެއްކަމުގައި ނުވުމެވެ. 

އަންހެނާއަށް އޭނާގެ ނިޔަފަތި ކެނޑިދާނެއެވެ. އަދި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ފިލުވައިލެވިދާނެއެވެ. އެއީ ބާލައިގެންވިޔަސް އަދި އެނޫން ގޮތަކުންކަމުގައި ވިޔަސްމެއެވެ. އަދި ކިހިލިފަތުގެ އިސްތަށިތައްވެސް ފިލުވައިލެވިދާނެއެވެ. އެއީ އުފުރައިގެންކަމުގައިވިޔަސް އަދި އެނޫންގޮތަކުން ކަމުގައިވިޔަސްމެއެވެ. އެއީ ޠަހާރަތުގެ މަތީގައި ހުރެގެންކަމުގައިވިޔަސް، ނުވަތަ ހައިޟު ނުވަތަ ނިފާސް ނުވަތަ ޖުނުބުވެރިކަމުގެ  ޙާލުގައި ހުރެގެން ކަމުގައިވިޔަސްމެއެވެ. 

ފިރިހެނުންނަށްވެސް އޮތީ ހަމައެފަދައިންނެވެ. އޭނާއަށް އެފަދަ އިސްތަށިތައް ފިލުވައިލެވިދާނެއެވެ. ޖުނުބުވެރިވެގެންވާ ޙާލުވެސް ކިހިލިފަތުގެ އިސްތަށިތައް އުފުރުމާއި އައުރުގުނަވަނުގެ ވަށައިގެންވާ އިސްތަށި ބޭލުމާއި މަތިމަސްކޮށުމާއި އަދި ނިޔަފަތި ކެނޑިދާނެއެވެ. 

- ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله (ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)

 

މިއަދު އޮންލައިން