ތަފާތު ބަލިތައް ފެތުރި މުޞީބާތްތައް ގިނަވަމުންދަނީއެވެ! ޙައްލުހޯދަން މީސްތަކުންނަށް ކުރެވެން އޮތް ކަންތައް ކުރަން ހޭލުންތެރިވަމާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ތަފާތު ބަލިތައް ފެތުރި މުޞީބާތްތައް
ގިނަވަމުންދަނީއެވެ! ޙައްލުހޯދަން މީސްތަކުންނަށް ކުރެވެން އޮތް ކަންތައް ކުރަން
ހޭލުންތެރިވަމާތޯ؟


ކޮންމެވެސް ބާވަތެއްގެ ރޯގާއެއް ނުވަތަ ބަލިމަޑުކަމެއް ފެތުރޭތީ ކަންބޮޑުވާން ނުޖެހޭ ދުވަހެއް އަބައާދޭހެއްޔެވެ؟ ކޮންމެވެސް ބައަކަށް ކޮންމެވެސް މުޞީބާތްތަކެއް ކުރިމަތިވެގެން އުޅެން ނުޖެހޭ ދުވަހެއް އެބަފެނޭހެއްޔެވެ؟

މިފަދަ އެއްވެސް ކަމެއް ހުއްޓުވުމަށް ނުވަތަ ކުރިމަތިވިއަނުދިނުމަށް ކުރެވޭނެ ކަމެއް މީސްތަކުންނަށް ނެތް ކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކައަކަށްނުވެދާނެއެވެ. ސަބަބަކީ މީސްތަކުންނަށް ކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ފާފަ ނުކުރުމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މިދެންނެވި ބަހަށް ދަލީލު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

" ފާފަކުރާ މީހާއަށް އެއްވެސް އިއްޒަތްތެރިކަމެއް ނުއޮންނާނެ އެވެ. ފާފަކުރާމީހުން މާތްﷲ ނިކަމެތި ކުރައްވަވާނެތެވެ. "ބައެއް މީހުން ފަރުޟު 5 ނަމާދު ނުކުރަމުން، މާތްﷲގެ އެންގެވުންތަކަށް ގޮންޖަހަމުން އެމީހުންނަކީ އިއްޒަތްތެރިކަމަށް ދައުވާ ކުރަނީ. ކޮން ގޮތަކުންތޯ އެމީހުންނަށް އިއްޒަތްތެރިކަން ލިބިގެންވަނީ. އެފަދަ މީހުންނަކީ ވަރަށް ނުބައި ސުންޕާ ބައްޔެއް ޖެހިފައިވާ މީހުން."ނެވެ.  

މުޖުތަމައުގައި ފާފަކުރާ މީހުން ގިނަވެ ފާފަތައް ކުރުން އިތުރުވާނަމަ އެ މުޖުތަމައަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން މިއަދު މިދަނީ އެކަންކަން ފެންނަމުންނެވެ. 

ފާފަތައް ކުރުން އިތުރުވާނަމަ ފާފަކުރާ މީހުންނަށާއި އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުންނަށް މުޞީބާތްތަކާއި ދުއްތުރާތައް ކުރިމަތިވާނެއެވެ.  

ވަރަށް ގިނަ ތަފާތު މައްސަލަތައް އަޅުގަނޑުމެންނަށް މިހާރު ދަނީ ކުރިމަތިވަމުންނެވެ. އެކަންކަމަށް ވަނީ ވިސްނަން ޖެހިފައެވެ. ބޮޑެތި ބަލިތަކާއި މުދަލުގެ ދަތިކަން މިވަނީ ކުރިމަތިވެފައެވެ. ނުތަނަވަސްކަން ލިބޭ އެތައް ކަންތައްތައް މިވަނީ ކުރިމަތިވެފައެވެ. ނުބައި އަމަލުތައް ކުރާ މީހުން ދަނީ އިތުރުވަމުންނެވެ. 

މިހުރިހާ ކަންކަމުގެ ސަބަބުތަކަށް ބަލާއިއރު މާތްﷲގެ ވަޙީ ބަސްފުޅުތަކުގެ ތެދުކަން އެނގިގެންދެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދިޘްފުޅު ކުރައްވާފައިވެއެވެ. "ފަހު ޒަމާނަށް އައިސް އުންމަތަށް މެދުވެރިވާ މުޞީބާތްތައް މެދވެރިވަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ. ފާފަތައް ކުރާ މީހުންނާއި ފާފަތައް ކުރުން މަނާ ނުކުރާ މީހުންގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމަށެވެ.."

އެބައަކަށް މާތްﷲ ލަޢުނަތް ލެއްވެވި ބައަކުވެއެވެ. 

 އެއިގެ ތެރެއިން އެއް ބައަކީ މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ޤްރްބާންކުރާ މީހުންނެވެ. ދީނުގަ ނެތްކަމެއް އަލަށްގެނައި، ބިދުއައެއް ގެނައި މީހެއްގެ މެހްމާންދާރީކަމުގައި ހުރި މީހަކަށް ލައުނަތް ހުއްޓެވެ. އެމީހެއްގެ މަންމަ އާއި ބައްޕައަށް ލައުނަތްލާ މީހުންނަށް މާތްﷲގެ ލައުނަތް ހުއްޓެވެ. މާތްﷲ ބިންމަތީގައި ލައްވަވާފައިވާ ހައްދުތައް، މިންތައް ބަދަލުކޮށްފި މީހަކަށް ލަޢުނަތް ހުއްޓެވެ. ވައްކަން ކުރާމީހާއަށް ލަޢުނަތް ހުއްޓެވެ. މާތްﷲ ލައުނަތް ލައްވަވާ މީހުންގެ ި ތެރޭގައި މީހެއްގެ ކުކުޅުބިހެއް، ވައުގަނޑެއް ފަދަ އެއްޗެއް ވަގަށް ނަގައިގެން އަންކަނޑައިލެވޭ މީހުން ވެސް ހިމެނެއެވެ. މާނައަކީ ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ވައްކަން ކުރާ މީހާ ހިމެނެއެވެ.  

--އައްޝައިޚް އިއްޒުއްދީން ޢަދްނާންގެ ދަރުސަކުން

 

މިއަދު އޮންލައިން