ތިބާއަށް އެންމެ ފައިދާކުރާނެ ކަމަކީ މަރުވާ ވަޤުތުން ފެށިގެން އުފާވެރިކަން ލިބޭނެ މަގުން ކުރިއަށް ދިއުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާއަށް އެންމެ ފައިދާކުރާނެ ކަމަކީ
މަރުވާ ވަޤުތުން ފެށިގެން އުފާވެރިކަން ލިބޭނެ މަގުން ކުރިއަށް ދިއުން!


ހެޔޮލަފާ ޞާލިހުންދެކެ އެންމެންވެސް ލޯބވެއެވެ. އެކަމަކު އޭނާއަކީ ﷲ ތަޢާލާގެ މަގަށް ގޮވާލައި އިޞްލާޙަށް މަސްއްކަތްކުރަންފަށާ ހިސާބުން މީސްތަކުންގެ ތެރެއިން ބައަކު އޭނާދެކެ ނުރުހުންތެރިވެ ރުޅިއަންނަން ފަށައެވެ.  ސަބަބަކީ ﷲ ތަޢާލާގެ މަގުގައި އިޞްލާޙަށް މަސައްކަތްކުރާމީހާ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އެދުންތަކަކާއި ވިސްނުންތަކާއި ދެކޮޅުހަދާކަމެވެ.

ރަސޫލާ ﷺ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހްލުވެރިން އެކަލޭގެފާނުދެކެ ލޯބިވިއެވެ. ސަބަބަކީ އެކަލޭގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލަކަށްވުމުންނެވެ. ތެދުވެރި އަމާނާތްތެރިޔާގެ ލަގަބު ރަސޫލް ﷺ އަށް އެރުވީ އެމީހުންނެވެ. އެމީހުން އަމިއްލައަށެވެ. ނަމަވެސް އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމާއިއެކު އެބައިމީހުން އެކަލޭގެފާނާއި ދެކޮޅުވެގަތެވެ. 

ސަބަބަކީ އެކަލޭގެފާނު އިޞްލާޙަށް މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެހިސާބުން އެކަލޭގެފާނަކީ ދޮގުވެރިއެކޭ ސިޙުރުވެރިއެކޭ ގޮވަންފެށިއެވެ. 

ވީމާ ﷲ ތަޢާލާގެ މަގުގަި ޙައްޤުބަސްބުނާ އަޅުންނަށް ތަކްލީފްތައް ކުރިމަތިކުރުވާނެކަން ޤަބޫލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާށެވެ! ނަޞްރާއި ކާމިޔާލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.  

ހައްޤު މަގަށް ގޮވާލައި މީސްތަކުން އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އެމީހަކު މަރުވާ ވަޤުތުން ފެށިގެން އެމީހަކަށް އޮތީ އުފާވެރިކަމެވެ. އެއުފާވެރިކަމަށް ނިމުމެއްވެސް ނެތެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްލައި ހަމައެކަނި މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރާނަމަ އެމީހަކު މަރުވުމުން އޮތީ ނިމުމެއް ނެތް ހިތާމައެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައި ނުވުމަށެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެ ތިބުމަށެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން