ދަރަންޏަކީ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް! ކިތަންމެ ފަސޭހައިން ލިބެން އޮތަސް އެހެން އެއްވެސް ގޮތެއް އޮއްވައި ދަރަނިނުނަގާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 5ސ
ދަރަންޏަކީ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް! ކިތަންމެ ފަސޭހައިން ލިބެން އޮތަސް އެހެން އެއްވެސް ގޮތެއް އޮއްވައި ދަރަނިނުނަގާށެވެ!

ދަރަނިވެރިވާން މީސްތަކުން ޝައުޤުވެރިކުރުވުމަށްޓަކައި ދަރަންޏަށް ކިޔާ ނަންތައް ރީތިކޮށްފިއެވެ. ކިތަންމެ ރީތި ނަމެއް ކިޔަސް ދަރަނި ވާނީ ހަމަ ދަރަންޏަށެވެ. ދަރަނީގެ ޙުކުމަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ.  

ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވުމަށް ވަޞިއްޔަތްކުރަންޖެހެނީ އަންނަނަވި ޙަދީޘްފުޅުތައް ހުރުމުންނެވެ.  

عَنْ أَبِى هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ  صَلَّى الله عَلَيْهِ وَسَلَّمَ قَالَ : نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ

رواه الترمذى وقال :  حَدِيْثٌ حَسَنٌ (3/390)   

މި حَدِيث ގެ މާނައަކީ، ﷲ ރުއްސުން ލެއްވި أَبُوْ هُرَيْرَة  ގެފާނު ރިވާ ކުރެއްވިއެވެ. سَلاَمُ އާއި صَلَوات ލެއްވި نَبِى ކަލޭގެފާނު حَدِيْث ކުރެއްވިއެވެ.  مُؤْمِن އާގެ ފުރާނަ އަކީ، އޭނާގެ މަތިން އޭނާގެ ދަރަނި އަދާކޮށްފުމަށް ދާންދެން، އެފުރާނައިގެ މަތިވެރި مَقَام އަށް وَاصِلُ ވުމުން އެއްކިބާ ކުރެއްވި ފައިވަނިވި އެއްޗެކެވެ. 

عَنْ سَلَمَةَ بْنِ الْأَكْوَعِ رَضِيَ اللهُ عَنْهُ أَنَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُتِّى بِجَنَازَةٍ لِيُصّلِّى عَلَيْهَا فَقَالَ : هَلْ عَلَيْهِ مِنْ دَيْنٍ قَالُوْا لاَ، فَصَلَّى عَلَيْهِ ثُمَّ أُتِّىَ بِجَنَازَةٍ أُخْرَاى  فَقَالَ: هَلْ عَلَيْهِ مِنْ دَيْنٍ قَالُوْا نَعَمْ، قَالَ فَصَلُّوْا عَلَى صَاحِبِكُمْ قَالَ أَبُوْ قَتَادَةَ عَلَىّ دَيْنُهُ يَا رَسُوْلَ اللهِ فَصَلَّى عَلَيْه

--رواه البخارى : فتح البارى 4/474

މި حَدِيْث ގެ މާނައަކީ، " ﷲ ރުއްސުންލެއްވި سَلَمَةَ بْنِ الْأَكْوَعِ ގެ އަރިހުން ރިވާވިއެވެ. ހަމަކަށަވަރުން ކަށުނަމާދު ކުރެއްވުމަށްޓަކައި سَلاَم އާއި صَلَوَات ލެއްވި نَبِى ކަލޭގެފާނުގެ އަރިހަށް جَنَازَة އެއް ގެނެވުނެވެ. ފަހެ حَدِيْث ކުރެއްވި އެވެ. އެމައްޔިތާގެ މައްޗަށް އެއްވެސް ދަރަންޏެއް ވޭހެއްޔެވެ؟ އެބޭކަލުން ދެންނެވި އެވެ. ނޫނެކެވެ! ދެންފަހެ އިތުރު އެކަލޭގެފާނު އޭނާގެ މައްޗަށް ކަށުނަމާދު ކުރައްވާއިފި އެވެ. ދެން އެއަށްފަހު އެހެން جَنَازَة އެއްއިތުރު އެކަލޭގެފާނުގެއަރިހަށް ގެނެވުނެވެ. ފަހެ حَدِيْث ކުރެއްވިއެވެ. އެމައްޔިތާގެ މައްޗަށް އެއްވެސް ދަރަންޏެއް ވޭހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ! ފަހެ، حَدِيْث ކުރެއްވި އެވެ. ތިޔަބައިމީހުންގެ އެކުވެރިޔާގެ މައްޗަށް ތިޔަބައި މީހުން ކަށުނަމާދު ކުރާށެވެ. އެހިނދު أَ بُوْ قَتَادَة ގެ ފާނު ދަންނަވައިފިއެވެ. ﷲގެ رَسُوْل އާއެވެ. އަޅުގަނޑު އޭނާގެ ދަރަންޏާއި حَوَالُ ވެއްޖައީމެވެ. ދެން، އިތުރުއެކަލޭގެފާނު އޭނާގެ މައްޗަށް ކަށު ނަމާދު ކުރައްވައިފި އެވެ." މިއެވެ. 

- ޙަދީޘްފުޅުތައް: އަލްއުސްތާޛް އާދަން ނަސީމް (ބީއޭ ނަސީމް)ގެ ލިޔުއްވުމަކުން  

ކިރިޔާ ބޭނުމެއް ޖެހިލާއިރަށް ކޮންމެވެސް ސްކީމަކުން އެއްޗެތި ނެގުމާއި ދަރަންޏަށް ފައިސާނެގުން މިއަދު މިވަނީ އެއްވެސް ބިރެއްނެތި ކުރަމުންދާ ޢާންމުކަމަކަށްވެފައެވެ. މަރުވެދާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭއިރު މިކަންކަމަށް ވިސްނާލުން ކީއްހެއްޔެވެ؟ މިކަމަށް ހަނދުމަކޮށްދޭން މިޖެހެނީ މިކަމަށް ދޭންޖެހޭ ސަމާލުކަން ގިނަ ބައަކަށް ނުދެވޭކަން ފާހަގަކުރެވޭތީއެވެ. ނަޞޭޙަތްތެރިވުމުގެ ގޮތުންނެވެ. ތިބާގެ ފުރާނައަށް އޮތް ބޮޑު ނުރަކަލަކަށްވާތީއެވެ.

މިއަދު އޮންލައިން