އާދެ! ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނީ " إنَّ السَّاعَةَ لا تَكُونُ حتَّى تَكُونَ عَشْرُ آيَاتٍ " ހަމަކަށަވަރުން ޤިޔާމަތެއް ނުވާނޭ ދިހަކަމެއް ފާޅުވެއްޖައުމަށް ދާންދެން ދިހަކަމެއް ހިގައިފުމަށް ދާންދެން:
"خَسْفٌ بالمَشْرِق " މަޝްރިޤު ފަރާތުން ބިންގަޑު ކަޑައިގެން އަޑިޔަށް ބަޔަކު ގެންބެވުމެވެ. ބިންގަނޑަށް ގެންބެވުމެވެ.
" وَخَسْفٌ بالمَغْرِبِ " އަދި މަޣްރިބް ފަރާތުން އިރުއޮއްސޭފަރާތުން އާދެ ހުޅަނގުން ބިންގަޑު ކަނޑައިގެން ބިންގަނޑެއް އަޑިޔަށް ގެންބެވުމެވެ.
" وَخَسْفٌ في جَزِيرَةِ العَرَبِ " އަދި ޢަރަބިންގެ ޖަޒީރާގައި ބިންގަޑު ކަނޑައިގެން އަޑިއަށް ބިންގަނޑަށް ގެންބެވުމެވެ.
" وَالدُّخَانُ " އަދި ދުންގަނޑެއް ފާޅުވުމެވެ.
" وَالدَّجَّالُ " އަދި ދައްޖާލު ފާޅުވުމެވެ.
" وَدَابَّةُ الأرْضِ " އަދި ބިމުގެ ދާއްބަ ނުކުތުމެވެ.
" وَيَأْجُوجُ وَمَأْجُوجُ " އަދި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުތުމެވެ.
" وَطُلُوعُ الشَّمْسِ مِن مَغْرِبِهَا" އަދި އިރު އޭގެ ހުޅަނގުފަރާތުން އެރުމެވެ.
" وَنُزُولُ عِيسَى ابْنِ مَرْيَمَ صَلَّى اللَّهُ عليه وَسَلَّمَ " އަދި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމް އެކަލޭގެފާނު ފައިބާވަޑައިގަތުމެވެ.
މިޢަލާމާތްތައް ފާޅުވާނެއޭ ޤިޔާމަތުގެކުރިން، ޤިޔާމަތެއް ނުވާނޭ މިޢަލާމާތްތައް ފާޅުވެއްޖައުމަށް ދާންދެން. ލޮބުވެތި އެންމެހާ ޢިއްޒަތްތެރި މިތުރުންނޭ! އަޅުގަޑުމެން މިހެން އުޅެއުޅެ ތިއްބާ ކުއްލިއަކަށް ދުންގަނޑެއް ފާޅުވެދާނޭ ޖައްވުން ކައުނުން، ދުންގަނޑެއް ފެތުރެން ފަށާފާނޭ މުޅި ޖައްވު ބަންދުވެދާނޭ، ރައްތަކުގެ ތެރެއަށް ފެތުރިދާނޭ މީހުންގެ ގެތަކަށް ވަދެދާނޭ، މުޅިބިން އޮންނާނީ ބޮޑުދުންގަނޑަކުން ފުރިފާ "
الله سبحانه وَتَعَالَى وَحِى ކުރައްވާފަނީ فَٱرْتَقِبْ " ފަހެ އިންތިޒާރުކުރާށޭ! " يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ " ބަޔާންވެގެންވާ ބޮޑުދުންގަނޑަކައިގެން އުޑު އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާށޭ! އެދުވަހުން ވެގެންދާނެ ގޮތަކީ " يَغْشَى النَّاسَ " އެންމެހާ މީސްތަކުން ފޮރުވާލާނޭ ދުންގަނޑު އައިސް، ދުންގަނޑު މިއަންނަނީ ދުންގަނޑު ފެތުރެމުން ފެތުރެމުން ފެތުރެމުން ގޮސް އެންމެހާ މީސްތަކުން އެދުންގަނޑުގެ ތެރެއަށް ފޮރުވާލާނޭ އެންމެން ތިބޭނީ ބޮޑުދުންގަނޑެއްގެ ތެރޭގައި،
އަޅުގަޑުމެންނަށް މިދުނިޔެއިން ފެންނާނޭ ފޮގު ފައިބާފައިވާއިރު ފޮގު ފައިބާއިރު ފިނިގަދަވެގެން ފޮގް ފޭބީމާ ފެންނާނީ ބޮޑުދުންގަނޑެއްހެން ދެން ކައިރީގާ ހުންނަ ދިހަފޫޓު ދުރުގާ ހުންނަ މީހާ ވެސް ނޭގޭނޭ ކައިރީގަ ހުންނަ މީހާވެސް ނޭންގޭނެ.
މިއަށްވުރެ މާވަރުގަދަ ދުންގަނޑެއް ފާޅުވެގެންދާނީ، " يَغْشَى النَّاسَ هَذَا عَذَابٌ أَلِيمٌ " ބުނެވޭނޭ މީ ވޭންހުރި ޢަޛާބެކޭ! އެމީހުން ބުނަމުންދާނޭ ސަހަރޯއޭ މީ ވޭންހުރި ޢަޛާބެކޭ މީ ކޮންފަދަ ކަމެއްބާއޭމީ! ފާޅުވެގެން މިއަންނަނީ އެންމެން ތިބޭނީ ބޮޑު ދުންގަނޑެއްގެ ތެރޭގައި، ކިހިނެއްތޯ ދާނީ ރުފިޔާ ހޯދަން ދެވޭނެތޯ؟ ޒިނޭކުރަން ދާނެތޯ؟ ވައްކަން ކުރަން ދާނެތޯ؟ މީހުންގެ ގަޔަށް ވަޅިހަރަންދާނެތޯ؟ ނުދާނެ ނުވެސް ދެވޭނެމެ އެފަދަ ޙާލެއްގައި އެބައިމީހުން އުޅެމުންދާނީ އެބިރުވެރި މަންޒަރު ފެނުމުން އެމީހުން ބުނާނެތޭ މީވޭންހުރި ޢަޛާބެކޭ ކެތެއް ނުކުރެވޭނޭ ބިރުން ފިއްކަޑައިގެން ގޮއްސައޭ ހުންނާނީ ކައިރިގާ ހުންނަ އަނބިމީހާއާއި ދަރިފުޅުވެސް ނޭންގޭނެ، ބަލި މަންމައާއި ބައްޕަވެސް ނޭންގޭނެ، ކޮބައިތޯ އެމީހުން ހޯދަންދާނީ ހީވާނީ ރޯވެފައިވާ ބޮޑު ބިލްޑިންގއެއްހެން، މުޅި ދުނިޔެ އެގޮތަށް ފޮރުވާލާނެ ކައުނުތެރެ ޖައްވު އެއްކޮށް ފޮރުވާލާފާ އޮންނާނީ " يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ " ބަޔާންވެގެންވާ ބޮޑުދުންގަނޑެކޭ ބައްލަވާ ކިހިނެއްތޯ ވެގެންދާނީ!
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
--މިއަދުނޫސް