ޖަމާޢަތަކުން މަދީނާ ދަތުރުގައި ޤުބާ މިސްކިތަށް ގެންދާކަމަށްވެއެވެ. އެވަރުން ފުއްދައިނުލާށެވެ! އަމިއްލައަށް ޚަރަދުކޮށްފައިވެސް ޤުބާ މިސްކިތަށް ގިނައިން ދެވޭތޯ ބަލާށެވެ!
ޤުބާ މިސްކިތަކީ ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާއަށް (ހިޖުރައަށް) ވަޑައިގެން، ޤުބާގައި މަޑުކުރެއްވި ދުވަސްތަކުގައި ބިނާކުރެއްވި މިސްކިތްކޮޅެކެވެ. މިއަދު ޤުބާ މިސްކިތަކީ ކޮންމެ ދުވަހަކު އެތައްހާސް ބައަކު ޖަމާވާ ބޮޑު މިސްކިތެކެވެ. ޢުމުރާއަށްދާ ކޮންމެ މީހަކުވެސް ޤުބާ މިސްކިތުގައި ނަމާދު ކުރެއެވެ. އެއީ މި ޙަދީޘްފުޅު ބަލައިގެންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الصَّلَاةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ» [رواه الترمذي]
މާނައީ: "ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދައެވެ."
ޤުބާ މިސްކިތް އެތައްފަހަރެއްގެމަތުން ބޮޑުކޮށް ތަރައްޤީކޮށްފައިވީނަމަވެސް ރަސޫލް صلى الله عليه وسلم މިސްކިތްކޮޅު ބިނާ ކުރެއްވެވި ބިންކޮޅު މިހާރުވެސް ވަނީ ފާހަގަކޮށްފައެވެ.
ޙައްޖާއި ޢުމުރާވެ އަދި ޤުބާ މިސްކިތުގައި ނަމާދުކުރުމުގެ ފުރުޞަތު އަޅަމެންނަށް މިންވަރުކުރައްވަވާށި! އާމީން