ތިބާއަށް ޚާއްޞަކުރެވިފައިވާ ހިލަގަނޑެއް އުޑުންވެއްޓި ތިބާގެ ބޮލުގައި ޖެހިދާނެ ބޮޑުފާފަކުރަން ތިބާ ބިރުނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ތިބާއަށް ޚާއްޞަކުރެވިފައިވާ ހިލަގަނޑެއް އުޑުންވެއްޓި ތިބާގެ ބޮލުގައި ޖެހިދާނެ ބޮޑުފާފަކުރަން ތިބާ ބިރުނުގަންނަނީ ހެއްޔެވެ؟

އެންމެ ނުބައިކަންބޮޑު، ބޮޑުވެގެންވާ ފާފަތައް ކުރުވުމުގައި ޝައިޠޯނާ މިހާރުވަނީ ވަރަށް ބޮޑުތަނުން ކުރި ހޯދާފައެވެ. އެހެންވެ ޝައިޠޯނާގެ ދަންތުރައިގައި ޖެހެވޭ މީހުން އަންނަނީ ގިނަވަމުންނެވެ. އެންމެ ހުތުރުކަން ބޮޑުވެގެންވާ ނުބައި ޢަމަލުތައް ޝައިޠޯނާ ޒީނަތްތެރިކޮށްދިނުމުންނެވެ.  

އެފާފައެއްގެ ނުބައިކަން ބޮޑުކަމުން ﷲ ތަޢާލާ ޤައުމެއް ބަންޑުން ޖެއްސެވި ޤައުމުގެ މީހުންގެ މައްޗަށް ހިލަތައް އޮއްސެވީ އެހިލައެއް ގޮސް ޖެހެންވީ މީހާގެ ނަންވެސް ހިލައިގަ ލިޔުއްވަވާފައި ކަމަށް ސިޔަރަތުގެ ޢިލްމުވެރިން ބަޔާންކުރައްވައެވެ.  

މިކަމުން އެނގެނީ އެފާފައިގެ ހުރި ނުބައިކަން ބޮޑުކަމެވެ. އެފާފަ ނުކުރަން ސަމާލުކަންދޭންޖެހޭނެ މިންވަރެވެ. ޝައިޠޯނާއަކީ އެންމެ ހިނދުކޮޅަކަށް ނަމަވެސް ކަންނެތްވެ އަތްއުރާލައިގެން ހުންނާނެ އެއްޗެއް ނޫނެވެ. ހީވާގިކަމާއިއެކު އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ އޭތީގެ ކޮޅު ކާމިޔާބުކުރުމަށެވެ.  

އެއްޖިންސުން ގުޅުން ހިންގުމަކީ ﷲ ތަޢާލާ އެތަކެއްޗަށް ވިސްނުމުގެބާރު ދެއްވަވާފައިނުވާ ޖަނަވާރުވެސް ނުކުރާ ހަޑިމުޑުދާރުކަންބޮޑު ޢަމަލެކެވެ. ނަމަވެސް ދުނިޔޭގައި ޢިލްމީ ގޮތުންނާއި ތަނަވަސްކަމާއި ބާރުގެ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި އެއްޖިންސުން ގުޅުންހިނަގުން މިއަދުވަނީ ހުއްދަކޮށްފައެވެ.  

އެހެންކަމުން "އެއްޖިންސުން ގުޅުންހިންގުމުގެ ފާހިޝް ޢަމަލާއި ހަމައަށް ސަދޫމުގެ މީހުން ދިއަ މަރުޙަލާތައް" މިސުރުޚީގެދަށުން ބިލާލް ޢަބްދުއްސައްތާރު ލިޔުއްވާފައިވާ މިލިޔުން ވިދާޅުވުން ވަރަށް މުހިންމުކަމަށް ފެނެއެވެ. އެހެނީ މިފަދަ ނުބައި ޢަމަލުތަކާއި ދުރުހެލިވެވޭނީ ކަންކަމުގެ މައުލޫމާތު ލިބުނުވަރަކުން ކަމުގައިވާތީއެވެ.  

ބުއްދިންނާއި ޤުރުއާނުގެ އިޝާރާތުން ދަލީލުކޮށްދެނީ، ލޫޠުގެފާނުގެ ޤައުމުގައި (އެއްޖިންސުން ގުޅުން ހިންގުމުގެ) ފާޙިޝް ޢަމަލުތައް ފެށިގެން އައީ ޒިނޭގެ ނުބައި ޢަމަލަށް އެބައިމީހުން އަރައިގަނަން ފެށި ހިސާބުންކަމެވެ. އެހެނީ ފިޠުރީގޮތުން އިންސާނުން، އެންމެފުރަތަމަ އެމީހުންގެ އަނބިންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާކަށް ނުފަށާނެއެވެ. އަދި އެއަށްފަހު އަނބިންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާ ފަދައިން އެހެން އަންހެނުންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާކަށް ނުދާނެއެވެ. (އެބަހީ އެންމެ ފުރަތަމަ އެމީހުން ކުރިކަމަކީ، ކުރިމަތިފަރާތުން އަނބިންނާއެކު ގުޅުން ހިންގާފަދައިން ޒީނޭކުރާ އަންހެނުންނާއި އެކު ގުޅުން ހިންގަން ފެށީއެވެ.) އެއަށްފަހު އަނބިންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދަން ފެށިއެވެ. އެއަށްފަހު ޒިނޭކުރާ އަންހެނުންގެ ފުރަގަސްފަރާތަށެވެ. އެގޮތުގައި ދުވަސްތައް ހޭދަވެގެން ދިޔުމަށްފަހުގައި، ފިރިހެނުން އެމީހުންގެ ޝަހުވާނީ އެދުން ފުއްދުމަށްޓަކައި ފިރިހެނުންގެ ގާތައް ދިޔުމުގެ ޝައުޤު އުފެދިގެން ދިޔައީއެވެ. 

ޙަރާމްކަންތައްކަތުގެ ދޮރުތަކުގެ ތެރެއިން ކޮންމެ ދޮރަކުން މީސްތަކުން ވެއްދުމަށްޓަކައި އިބްލީސް އަޅަމުންގެންދާ ފިޔަވަޅުތަކަކީ މިއީއެވެ. ފިޠުރީ ގޮތުން ﷲ ތަޢާލާ އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތުން، ހުއްދަގޮތުގައި އަނބިންނާއި ޖިމާޢުވަމުން ދާބަޔަކު، ކުއްލިއަކަށް އިންސާނާގެ ފިޠުރަތާއި މާދުރުގޮތަކަށް، ފިރިހެނުންގެ ގާތުން ޝަހުވާނީ އެދުން ފުއްދުމާ ދިމާއަށް ހައްލާލައި އަނބުރާލުމަކީ ޝައިޠާނާއަށް ފަސޭހަކަމަކަށް ނުވެއެވެ. ޖާމިޢު ބުން ޝައްދާދު ވިދާޅުވިއެވެ.  

"ލޫޠުގެފާނުގެ ޤައުމުގައި އެއްޖިންސުން ގުޅުންހިންގުން ފިރިހެނުންގެ މެދުގައި ފެށިގެން އައުމުގެ ސާޅީސް އަހަރު ކުރިން، އަންހެނުންގެ މެދުގައި އެކަން ފެށިގެން ގޮސްފައިވެއެވެ.” އަދި މުޖާހިދު ވިދާޅުވިއެވެ. “ލޫޠުގެފާނުގެ ޤައުމުގެ (ފިރިހެނުން) އެއްޖިންސުން ގުޅުން ހިންގުން ދަސްކުރީ އެމީހުންގެ އަންހެނުންގެ ކިބައިންނެވެ." 

އާދަމުގެ ދަރީން މަގުފުރެއްދުމުގައި އިބްލީސް ހިނގާ މަގަކީ މިއީއެވެ. އެއީ މިއަދު ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސީންނާއި އެމެރިކާމީހުން މަގުފުރައްދާފައިވާ ފަދައިންނެވެ. އިބްލީސް ވަނީ އެމީހުން ލައްވައި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުކަމުގައިވާ އެއްޖިއްސުން ގުޅުން ހިންގުން ޝަރުޢު ކުރުވާފައެވެ. ނުވަތަ ޤާނޫނީގޮތުން ހުއްދަކަމެއް ކަމުގައި ހަދުވާފައެވެ. އަދި މިބައިމީހުންގެ އިސްވެދިޔަ މީހުންކަމުގައިވާ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކަޑައްތުކުރި މަރުޙަލާތައް މިބައިމީހުންވެސް މިވަނީ ކަޑައްތުކޮށްފައެވެ. (މިނުބައި ފާޙިޝް ޢަމަލު ހުއްދަކުރުމަށްޓަކައި)  މިބައިމީހުންވެސް ހިނގާފައިވަނީ، ސަދޫމުގެ މީހުން ހިނގި ފިޔަވަޅުތަކުގެ މަތީގައެވެ. 

ލޫޠުގެފާނުގެ ޤައުމުގެ މީހުން އެބައިމީހުންގެ ފާޙިޝް ޢަމަލުތަކުގައި ފަސް މަރުޙަލާއެއް ކަޑައްތުކޮށްފައިވާކަން ފެންނަންހުރި ހެކިތަކުންނާއި އަޘަރުތަކުން ދަލީލުކޮށްދެއެވެ. 

ފުރަމަތަމަ މަރުޙަލާ: ޒިނޭގެ ފާފައަށް އަރައިގަތުން. ހުއްދަ ގޮތުގައި އެބައިމީހުންގެ އަނބިންގެ ކުރިމަތިފަރާތުން ޝަހުވާނީ އެދުން ފުއްދުމުގެ ބަދަލުގައި، ޙަރާމްގޮތުގައި ހުއްދަނޫން އަންހެނުންނާއެކު އެގުޅުން ހިންގަން ފެށުން. 

ދެވަނަ މަރުޙަލާ: އަނބިންގެ ފުރަގަސްފަރާތް ބޭނުންކޮށްގެން ޝަހުވާނީ އެދުން ފުއްދަން ފެށުން.

ތިންވަނަ މަރުޙަލާ: ހުއްދަނޫން އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކޮށްގެން ޝަހުވާނީ އެދުން ފުއްދަން ފެށުން. 

ހަތަރުވަނަ މަރުޙަލާ: ޝަހުވާނީ އެދުން ފުއްދަން ބޭނުންވުމުން ފޮރުވިގެން ތިބެ އެކަމަށް ރުހޭ ފިރިހެންނުންގެ ކިބައިން އެކަން ޙާސިލުކުރަން ފެށުން. 

ފަސްވަނަ މަރުޙަލާ: ފިރިހެނުންގެ ކިބައިން ޝަހުވާނީ އެދުން ފުއްދުން ހުއްދަކޮށް އެމީހުންގެ ޝަރީޢަތުގައި ހިމެނުން. ގާނޫނީ އެއްޖިއްސުން ގުޅުން ހިންގުން ހުއްދަކޮށް  އެމީހުންގެ މަޖިލިސްތަކުގައި ފާޅުކަންބޮޑުގޮތެއްގައި ފަޚުރުވެރިކަމާއި އެކު އެކަން ކުރަން ފެށުން.

ﷲ ތަޢާލާ ގެ ވަޙީ ބަސްފުޅުގައި ވެއެއެވެ. 

((وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ)) – ސޫރަތުލް ޢަންކަބޫތް 29

"އަދި ތިޔަބައިމީހުންގެ މަޖްލިސް ތަކުގައި (ފާޅުކަންބޮޑުގޮތެއްގައި ފަޚްރުވެރިކަމާއި އެކު) އެ ނުބައިކަންތައް ކުރަމުން ގެންދަނީހެއްޔެވެ؟" 

މަޞްދަރު: “التفسير والبيان لأحكام القران” للشيخ عبدالعزيز الطريفي

 

- އަލްއަޚް ބިލާލް ޢަބްދުއްސައްތާރު

 

މިއަދު އޮންލައިން