ދައްޖާލުގެ ކިބައިން މީސްތަކުންނަށް ދައްކަވަންހުރި ކަންކަން ދައްކަވައި ނިމުމުން ޢީޞާގެފާނު ފައިބައިވަޑައިގެން ދައްޖާލު ޤަތުލުކުރައްވަވައި ރަސޫލް ޞޢޥ ގެ ރިސާލަތު ފަތުރުއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ދައްޖާލުގެ ކިބައިން މީސްތަކުންނަށް ދައްކަވަންހުރި ކަންކަން ދައްކަވައި ނިމުމުން ޢީޞާގެފާނު ފައިބައިވަޑައިގެން ދައްޖާލު ޤަތުލުކުރައްވަވައި ރަސޫލް ޞޢޥ ގެ ރިސާލަތު ފަތުރުއްވަވާނެ!

ޢީޞާގެފާނު ބިމަށް ފައިބައިވަޑައިގަންނަވާނެކަމާއި ދައްޖާލު ޤަތުލުކުރައްވަވައި ދައްޖާލުގެ ކިބައިން މީސްތަކުން ސަލާމަތްކުރައްވަވާނެކަމާއި އަހުރެމެންގެ ލޮބުވެތި ރަސޫލް (ޞޢޥ) ގެ ރިސާލަތު ފަތުރުއްވަވާނެކަން އެއީ އެނގެން އޮތް ކަންކަމެވެ.

އެކަން ހިނގާނެ ގޮތާއި ތަންތަން:  

ދެންފަހެ އެހިނދުގާ އޭނާ ފަސާދަކުރަމުންދަނިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާ ޢީސާޢަލައިހިއްސަލާމް ބާއްވަވާލައްވާނެ ބާއްވަވާނެ މިދުނިޔެއަށް. 

އާދެ! " كَيْفَ أَنْتُمْ وَفِيكُمُ ابْنُ مَرْيَمَ " ތިޔަބައިމީހުން ކިހިނެއްހޭ ހަދާނީ؟ ތިޔަބައިމީހުންގެ ތެރޭގައި އިބްނި މަރްޔަމް، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމް ވެވަޑައިގެން ހުންނަވަނިކޮށް ފެނިއްޖެނަމަ "  ޢީސާ ޢަލައިހިއްސަލާމް ފައިބާވަޑައިގަންނަވާހުއްޓޭ  " الْمَنَارَةُ الْبَيْضَاء " ގެ ކައިރިއަށް  " الْمَنَارَةُ الْبَيْضَاء "  އަކީ ދިމިޝްޤުގާ ހުންނަ ހުދު މުންނާރުކިޔާތަނެއް މިއަދުވެސް އެތަން އެބަހުރި އެހެންނަމަވެސް މިދިޔަ ހަނގުރާމަތަކުގެ ތެރޭގައި އެމުންނާރަށް ވެސް ގެއްލުންތައް ލިބިފަވާކަމުގެ މަޢުލޫމާތުތައް ލިބޭ އެހެންނަމަވެސް އެމުންނާރު އަދިވެސް އެބަހުރި އާދެ އެއީ އަލްމަނާރަތުލްބައިޟާއު އެތާނގެ ކައިރިއަށްކަމަށް ބެލެވެނީ ޢީސާ ޢަލައިހިއްސަލާމް ފައިބާވަޑައިގަންނަވަނީ "  وَاضِعًا يَدَيْهِ علَى أَجْنِحَةِ مَلَكَيْنِ  " މަލާއިކަތް ބޭކަލުންގެ ވަރަފުޅުތައް މަތީގާ އެކަލޭގެފާނުގެ އަތްޕުޅު އަޅުއްވައިގެންނޭ ފައިބާވަޑައިގަންނަވާނީ، އެކަލޭގެފާނުގެ ނިއްކުރިފުޅުން އިސްތަށިފުޅުން ފެންތިކި ޖަހަޖަހާ ހުންނާނެތެވެ. ހީވާނީ ދެންމެ ދެންމެ ނާނެފުޅު ފިއްލަވައިގެން ވަޑައިގެންނެވިހެންނޭ. 

އެކަލޭގެފާނު ވަޑައިގަންނަވާ ޞަލީބު މުގުރާލައްވާ އޫރުކަތިލައްވާ ހައްދަވާނެތޭ އަދި އިސްލާމީ ދައުވަތަށް މުޙައްމަދުއްރަސޫލުﷲ  ﷺ ގެ ދައުވަތަށް އެކަލޭގެފާނު  ދައުވަތު ދެއްވަވާނެތޭ އެހިނދު އެކަލޭގެފާނަށް މީސްތަކުން އީމާންވާން ފަށާނޭ ޔަހޫދީންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކު ދައްޖާލަށް ތަބަޢަ ވެއްޖެ. ދައްޖާލަށް އީމާން ވެއްޖެ، މިހެން އުޅެނިކޮށް ޢީސާ ޢަލައިހިއްސަލާމް ދައްޖާލު އަތުލައްވަނީ، ޢީސާ ޢަލައިހިއްސަލާމް ފައިބާވަޑައިގެން އެކަލޭގެފާނު  "خلِيْفَة الْمُسْلِمِيْن "  މުސްލިމުންގެ ޚަލީފާ އަލްމަހްދީ މުހައްމަދު ބުނު ޢަބްދިﷲ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުފުޅު ކުރައްވަވާނެ، ކުރައްވަވާފައި ދެން އޭގެފަހުން ދެން އެކަލޭގެފާނު ވަޑައިގަންނަވާނީ ދައްޖާލު ޤަތުލު ކުރެއްވުމަށްޓަކައި. 

އެކަލޭގެފާނުގެ އަތްޕުޅުގާ އޮންނަ ހަތިޔާރަކުން އެދައްޖާލު ގަޔަށް ހަރުއްވަވާ އެކަލޭގެ ޤަތުލުކުރައްވަވާނެ ދެންފަހެ ރަސޫލުﷲ ﷺ މިއަންގަވަނީ ދައްޖާލަށް ޢީސާ ޢަލައިހިއްސަލާމް ފެންނައިރަށް ލޮނު ފެނުގެތެރެއަށް ގިރޭފަދައިން އެކަލޭގެ ގިރެންފަށާނޭ އެހެންނަމަވެސް އެކަލޭގެ މަރުވާނީ ގިރިގެނެއް ނޫނޭ " بِابُ لُدُّ " ލުއްދަކީ މިހާރުގެ އިޒްރޭލުގެ ރަށެއް އެހެންނަމަވެސް އެއީ އަޞްލު ފަލަޞްޠީނުގެ ބިން އަޅުގަނޑުމެން ޤަބޫލުކުރާގޮތުގާ އާދެ ބާބު ލުއްދާ ހަމައިން އެކަލޭގެ ޢީސާ ޢަލައިހިއްސަލާމް ވަޑައިގެން ޤަތުލު ކުރައްވާނެތޭ ދެންފަހެ އެއީ މިއަދުގާ އަޅުގަނޑުމެން ބުނާކަމުގައިވާނަމަ އެސަރަހައްދަކީ (ބިންގްރިއަން އެއާރޕޯޓް) ބިންގްރިއަން އެއާރޕޯޓް އެއޮންނަނީ އެސަރަހައްދުގާ. 

އާދެ ކޮންމެއަކަސް އެހިސާބުން ޢީސާ ޢަލައިހިއްސަލާމް ވަޑައިގެން އެކަލޭގެ ޤަތުލު ކުރައްވާނޭ ކަމުގައި  ރަސޫލުﷲ ﷺ  ވަނީ އަންގަވާފަ ދެންފަހެ އެހިސާބުން ދައްޖާލުގެ އުދަގުލުން މުޅިދުނިޔެ ސަލާމަތްވީ ދެން މީސްތަކުންނަށް ލިބޭނޭ ފާގަތި ދުވަސްވަރެއް.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން