ޘަވާބު އިތުރުކުރުމަށާ ޝައިޠޯނާ ނިކަމެތިކޮށްލަން ވީހާ ގިނައިން ކިޔަން އެންމެ ފައިދާބޮޑު ދެކަލިމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޘަވާބު އިތުރުކުރުމަށާ ޝައިޠޯނާ ނިކަމެތިކޮށްލަން ވީހާ ގިނައިން ކިޔަން އެންމެ ފައިދާބޮޑު ދެކަލިމަ!

سفيان الثوري رحمه الله ވިދާޅުވިއެވެ. 

"ޝައިޠާނާގެ ބުރިކަށި ބިންދާލައި އެސޮރު ބަލިކޮށްލުމަށް "لا إله إلا الله" އަށްވުރެ މޮޅު ކަލިމައެއްނުވެއެވެ. އަދި ޘަވާބު އިތުރުކުރުމަށް "الحمد لله" އަށްވުރެ އިތުރުކަން ބޮޑު އެއްވެސް އެއްޗެއް ނުވެއެވެ." 

ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރުމަށާއި ޘަވާބު އިތުރުކުރަން މިދެ ކަލިމަ ކިޔުން ގިނަކުރާށެވެ! ވަކިތަނެއްގައި ހުރެގެނެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް ކިޔަންވީއެވެ. ކިޔާންވީ ވަކި ވަޤުތެއްވެސް ނެތެވެ. ކޮންމެ ވަޤުތަކުވެސް ކިޔަމުން ގެންދަންވީއެވެ. ކިޔަންވީ ވަކި ޢަދަދެއްވެސް ނެތެވެ. ވަޤުވީ ވަރަކުން ކިޔަމުން ގެންދަންވީއެވެ. 

 ކިޔާ ޢަދަދު ބެލުމުގެ ބޭނުމެއްވެސް ނެތެވެ. މަލާއިކަތުން ގެންދަވާނީ ތިބާގެ ފަތުގައި ބަރާބަރަށް ލިޔުއްވަވަމުންނެވެ. ޤިޔާމަތް ދުވަހު ތިބާގެ ފަތް ހުޅުވައިލެވޭއިރު ބަރާބަރަށް ފެންނަން ހުންނާނެއެވެ. ކިޔުން ގިނަކުރެވުނުނަމަ މީޒާން ތިބާގެ ކޮޅަށް ބޮޑުތަނުން ބަރުވެ އެކަމުގެ އުފާވެރިކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- މިއަދުނޫސް

 

މިއަދު އޮންލައިން