ނޫޙުގެފާނު ދަރިކަލުންނާ އެންމެ ފަހު ވަޤުތު ކުރެއްވެވި މުޢާމަލާތް- ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 4މ 26ސ
ނޫޙުގެފާނު ދަރިކަލުންނާ އެންމެ ފަހު ވަޤުތު ކުރެއްވެވި މުޢާމަލާތް- ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ދަރިން ތަރުބިއްޔަތުކުރުމަށްޓަކާ ދަރީންނަށް އޯގާތެރިވުމާ ރިވެތި ބަހުން މުޢާމަލާތްކުރުން އިސްކުރާށެވެ!  

ދަރީންނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަމާނާތެކެވެ. ދަރީން ތަރުބިއްޔަތު ކުރުމަށްޓަކައި ނަމޫނާ ބަލަން ޖެހޭނީ ނަބީބޭކަލުންގެ ފަރާތްޕުޅުންނެވެ. އެގޮތުން ކީރިތި ޤުރްއާނުގައިވެސް ﷲ ތަޢާލާ ނޫޙު ޢަލައިހިއްސަލާމްގެ ވާހަކަފުޅު ބަޔާންކުރައްވާފައިވެއެވެ. 

ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އީމާންނުވުމުންވެސް އެކަލޭގެފާނުގެ ދަޢުވަތައް ތަބަޢަވުމަށް ގޮވާލެއްވިއެވެ. އަދި އެންމެ ފަހު ވަގުތުވެސް އެކަލޭގެފާނުގެ ދަރިކަލުން ޢަރަޤުނުވެ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވެވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު ވިސްނައިދެއްވެވިއެވެ.  

ﷲ ތަޢާލާ ހޫދު ސޫރަތުގެ 42 ވަނަ އާޔަތުން 44 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.  

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ ‎﴿٤٢﴾‏ قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ ‎﴿٤٣﴾‏ وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ ‎﴿٤٤﴾‏ 

މާނައީ: އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ! (42) އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذاب ން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ. (43) އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. (44)

މިއަދު އޮންލައިން