ތިބާގެ ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމުގަ މިމަގު އިޚްތިޔާރުކުރުމުން ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 9މ 12ސ
ތިބާގެ ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމުގަ މިމަގު އިޚްތިޔާރުކުރުމުން ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

ދަރީންނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ އަމާނާތެކެވެ. ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ރަނގަޅު ޞާލިޙް ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ.

އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިންނަށް ނުވަތަ ބެލެނިވެރީންނަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.     

ނަސޭޙަތްދިނުން: 

ކީރިތި ޤުރްއާނުގައި ވެސް ނަސޭޙަތުގެ ބަސްތައް ވަރަށް ގިނައިން ވާރިދުވެފައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ވަރަށް ގިނައިން ނަޞޭޙަތް ދެއްވާ އިރުޝާދު ދެއްވާ ހައްދަވައެވެ. އެހެންކަމުން އަޅުގަނޑުމެން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކަން ކުރައްވާ ގޮތަށް ބަލައިގެން އެކަމުން ނަމޫނާ ލިބިގަންނަން ޖެހެއެެވެ. 

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ.  

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ‎﴿١٣﴾‏

މާނައީ: "އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13)" 

އެކަމުން ނަމޫނާ ލިބިގަނެ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރީންނާއި މުޚާތަބު ކުރާއިރާއި، ނަޞޭޙަތް ދޭއިރު މަޑުމާތްތިރި ކަމާއެކު އެކުދީންނަށް ވިސްނައިދޭނެ ފަދަަ ގޮތަކަށް ވާހަކަ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 14 ވަނަ އާޔަތުން 19 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

‏وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ‎﴿١٤﴾‏ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ‎﴿١٥﴾‏ يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ‎﴿١٦﴾‏ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ‎﴿١٧﴾‏ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾‏ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ‎﴿١٩﴾‏

މާނައީ: އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14) އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (15) އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (16) އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. (17) އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (18) އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ. (19)"

 

މިއަދު އޮންލައިން