ކޮންމެ މީހަކަށް މިފަދަ ހުވަފެނެއް ނުފެނިދާނެ! މިމީހާއަށް ފެނުނު ހުވަފެނަށް ވިސްނައިލުމުން އާޚިރަތް ކާމިޔާބުކުރަން ފަސޭހަވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ކޮންމެ މީހަކަށް މިފަދަ ހުވަފެނެއް ނުފެނިދާނެ! މިމީހާއަށް ފެނުނު ހުވަފެނަށް ވިސްނައިލުމުން އާޚިރަތް ކާމިޔާބުކުރަން ފަސޭހަވެގެންދާނެ! އިން ޝާ ﷲ

އަބަދުވެސް ބުނާ ވާހަކައެއް ތަކުރާރުކޮށްލާނަމެވެ.

މުހިންމީ ސުވަރުގެއިން ބޮޑު ގަނޑުވަރެއް ލިބުމެވެ. އެގަނޑުވަރު ހޯދަން މަސައްކަތްކޮށްފި މީހަކަށް ދެއްވަވާނެއެވެ. ހެޔޮ ޢަމަލުތައްކުރުް ގިނަކުރާށެވެ. ފަޤީރުވީމާ މީހުންނަށް މާބޮޑެތި އެހީތައް ނުވެވުނަސް އަތުގައި އޮތް ކާނެއެތިކޮޅުން ބައެއް ވިޔަސް ޞަދަޤާތްކުރާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާވަރަކަށް ސުވަރުގެއިން ދެއްވަވާ ގަނޑުވަރު ބޮޑުވެފައި ފުރިހަމަވާނެއެވެ.

ހެޔޮލަފާ މީހުން އިތުރަށް އިޞްލާޙްވެ ރަނގަޅު ގޮތުގައި އުޅުމަށް ތަފާތު ސަބަބުތައް މެދުވެރިކުރައްވަވަތެވެ. އެއިގެ ތެރޭގައި ޢިބްރަތްތެރި ހުވަފެން ފެނުންވެސް ހިމެނެއެވެ. އެފަދަ ޢިބްރަތްތެރި ހެޔޮލަފާ ހުވަފެން ފެންނަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް އެކަމުން ބޮޑެތި ފައިދާތައް ކުރެއެވެ.   

އޭނާއަކީ އަޅުވެރިއެކެވެ. ބަރާބަރަށް ނަމާދުކުރާ މީހެކެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. އެހެނަސް ޞަދަޤާތް ކުރުމާއި ނިކަމެތިންނަށް އެހީތެރިވުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާކަމެއް ނޫނެވެ. މީހަކު އެހީއަކަށް އެދިއްޖެނަމަ އެއްޗެއް ނުދޭތަނުގައި އޭނާ ދެރަވެ ހިތުގައިޖެހޭފަދަ ބަހެއް ނޫނީ ނުބުނާނެއެވެ.  

އެގޮތުގައި އުމުރުން 50 އަހަރުވެފައިވަނިކޮށް އޭނާއެއްރޭ ނިދާފައި އޮއްވާ ހޭލެވެނީ އެކި ސައިޒުގެ އެކިފެންވަރުގެ ވަރަށް ގިނަ ގެތަކެއް ހުރިތަނެއްގައި ހުއްޓައެވެ. ވަރަށް ބޮޑެތި އަގު ބޮޑު ގެތަކުގައި އުޅެނީ ވަރަށް ފަޤީރުންނެވެ. އޭނާއަށް އުޅެން ލިބުނީ ވަރަށް ކުޑަކުޑަ ޖިފުޓިއެއް ފަދަ ތަނެކެވެ.  

އެހެންވެ އެ ޖިފުޓިއަށް ނުވަންނަން ބޮޑާހާކައިގެން ހުއްޓާ ބައްދަލުވި މުސްކުޅިއަކު އެވާގޮތް ކިޔައިދިނެވެ. "ކަމަނާއެވެ. މަރުނުވާއިރު އަހަރެމެން އުޅުނީ ދުނިޔޭގައެވެ. ދުނިޔޭގައި އުޅެން ލިބޭ ފުރުޞަތުގައި އާޚިރަތަށްޓަކައި ބޮޑު ގެއެއް ނާޅައިފިނަމަ މަރުވުމުން ލިބޭނީ ތިއަ ފަދަ ކުޑަކުޑަ ޖިފުޓިއެކެވެ. ބައެއް މީހުންނަށް ޖިފުޓިއެއްވެސް ނުލިބި މަގުމަތީގައިވެސް އުޅެން ޖެހިދާނެއެވެ.  

މިތަނުން ފެންނަން މިހުރި ބޮޑެތި ތަނަވަސްގެތަކުގައި ދިރިއުޅެނީ ދުނިޔޭގައި އުޅުނުއިރު އެމީހުންނަށް ލިބުނު މަދުފައިސާކޮޅުންވެސް ﷲ ތަޢާލާގެ މަގުގައި ހޭދަކުރި މީހުންނެވެ. ހޭދަކުރާނެ އެއްޗެއް ނެތްނަމަ ކޮށްދެވެން އޮތް ކަމެއްކޮށްދިގެންވެސް މީސްތަކުންނަށް އެހީތެރިވި މީހުންނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އޯގާތެރިވެ ހިނިތުންވެ އުޅުނު މީހުންނެވެ.  

ތިބާ ދުނިޔޭގައި އުޅުނު ގޮތަށްބަލައިފިނަމަ ޖިފުޓިގަނޑެއް ލިބުނުކަންވެސް ރަނގަޅެވެ. އެވަރުވެސް އެވީ ތިބާ އަޅުކަންކުރުމުގައި ސާބިތުވީތީއެވެ. އަޅުކަން ބަރާބަރަށް ކުރީތީއެވެ. ނޫންނަމަ ތިބާއަށް ދާންޖެހުނީހީ ނަރަކައަށް ވައްދަވާ މީހުން އުޅޭ ހިސާބުގަޑަށެވެ. އެއިރުން އުޅެންޖެހޭނީ އަލިފާނުން ހުންނަ ގެތަކެއްގައެވެ. ތިބާގެ ގައިގައިވެސް ހުންނާނީ އަބަދުވެސް ހުޅުހިފައިފައެވެ. ދާނީ އަނދަމުންނެވެ."  

އެހިސާބަށް ކިޔައިދިންތަނާ ސިއްސައިގެން ހޭލެވިއްޖެއެވެ. ބިރުންތުރުތުރު އަޅައެވެ. އޮތީ ދާހިއްލިވަރުން ތެމިފޯވެފައެވެ. ބާލީސްވެސް އޮތީ ފޯވެފައެވެ. މިހައި ބޮޑު ބިރެއް މިގަތީ އަލިފާނުން ހުންނަ ގެތަކެއްގެ ވާހަކަ ކިޔައިދިނުމުންނެވެ. އަދި ލޮލަށް ފެނުނުނަމަ ނުވަތަ ގައިގާ ހުޅުހިފާފައިވާ ޙާލު އެބާވަތުގެ ގެއަކަށް ވައްދާތަން ފެނުނުނަމަ ޙާލަކީ ކޮބައިހެއްޔެވެ؟  

ކޮންމެއަކަސް އަނެއް ދުވަހު އޭނާހުރީ މުޅިން ބަދަލުވެފައެވެ. ކަންކަމު އަންނަހައި މީހަކަށް އެހީތެރިވެއެވެ. މީހުން މަދުން އަންނަ ދުވަހެއްނަމަ ފަޤީރުން އުޅޭ ސަރަހައްދުތަކަށްގޮސްވެސް އެހީތެރިވެއެވެ. އެއީ މަރުވުމުން ތަނަވަސްގެއެއްގައި އުޅުމުގެ ބޭނުން ބޮޑުކަމުންނެވެ. އަދި އަޅުކަންކުރުންވެސް ކުރިއަށްވުރެ ގިނަކުރިއެވެ. އެއީ ގައިގަ އަލިފާންރޯވެފައިވާ ޙާލު އަލިފާނުންހުރި ގެއެއްގައި އުޅެންޖެހިދާނެ ކަމަށްޓަކައެވެ.  

މީސްތަކުންނޭވެ! މިއީ ވަރަށް ޢިބްރަތްތެރި ހުވަފެނެކެވެ. އެދަހިވެތިމީހާގެ ހަޔާތް މިހުވަފެނުގެ ސަބަބުން މުޅިން ބަދަލުވެގެންއެދިއައީއެވެ. އެހުވަފެންވީ އޭނާގެ މުޅި ހަޔާތަ ބަދަލުކޮށްލި ހުވަފެނަށެވެ. އަދި އެފަދަ ހުވަފެނެއް އެފެނުނީ އަޅުކަންކުރަމުން އަންނާތީ ލެއްވެވި ރަޙްމަތެއްގެ ގޮތުންކަމަށްވެސްވެދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން