ކައިވެނީގެ ބަރަކާތް ކަނޑުވާލަން ޝައިޠޯނާ އެންމެ ބޮޑު ދަންތުރައަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކައިވެނީގެ ބަރަކާތް ކަނޑުވާލަން ޝައިޠޯނާ އެންމެ ބޮޑު ދަންތުރައަކީ ކޮބައިކަން އެނގޭތަ؟

ކައިވެނިކުރަންވީ ލައްކައިން މުސާރަ ލިބެން ފެށުމަކުންނޫނެވެ. އަދި ދިރިއުޅޭނެ އުސްޢިމާރާތެއް އެޅުމަކުންވެސް ނޫނެވެ. ފިރިހެން މީހާއަށް ލިބޭ އާމްދަނީން ދެމީހުންނަށް މިނިވަންކަމާއިއެކު ދިރިއުޅެލެވޭނެ ފެންވަރުހުރި ނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ.  

ކައިވެނިކުރަން އަދި ތައްޔާރުނުވާކަމަށާއި ހަމަޖެހިލެވެންދެން މަޑުކޮށްލުމުގެ ވިސްނުމަކީ ޝައިޠޯނާދޭ ވިސްނުމެވެ. އެއީ ޝައިޠޯނާގެ އެންމެ ބޮޑު ދަންތުރައެވެ. ބޭނުމަކީ ކައިވެނި ލަސްކުރުވައި ބައިތިއްބުވައިގެން ފާފަކުރުވައި ކައިވެނީގެ ބަރަކާތް ކަނޑުވައިލުމެވެ.  

ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް އަޢޫޛް ކިޔުން ގިނަކޮށް ޝައިޠޯނާ ދުރަށް ފައްސަމުން ގެންދާށެވެ. އަދި އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އަސްތަޣްފާރުކުރުން ގިނަކުރުމަކީ ތިމާ އެދޭކަންކަން ހިންމަވައިދެއްވެވުމަށް އޮތް އެންމެ ފަހި ޢަމަލުތަކުގެ ތެރެއިންވެސް ފަހިކަންބޮޑުވެގެންދާ ކަމެކެވެ. އިން ޝާ ﷲ  

އަންހެނުންނަށް ބުނެލަން އޮތީ ކައިވެނިކުރަން އަމިއްލައަށް އެކަނިއެކަނި އެކަން ނުނިންމާށެވެ! ޢާއިލާއާއި މަޝްވަރާކުރާށެވެ! ޢާއިލާ މެދުވެރިކޮށް އޭނާގެ ޢާއިލާ އާއި މަޝްވަރާކުރާށެވެ! އޭނާގެ ޙަޤީޤަތް ރަނގަޅަށް އޮޅުންފިލުވާށެވެ!

މިހެން ބުނަންޖެހޭ ސަބަބަކީ ކަމެއް ނުރަނގަޅު ގޮތަކަށް މެދުވެރިވެއްޖެނަމަ އަންހެނުންނަށް އަބަދުވެސް އެނބުރިދާންޖެހޭނީ އޭނާގެ ޢާއިލާގެ ގާތަށް ކަމުގައިވާތީއެވެ. ވީމާ ޢާއިލާގެ މަޝްވަރާގެ މަތިން ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން