ފެނިލާއިރަށް މޫނުން ސޭލްއަޅުވާފަ ގައިގަ އުނގުޅޭ އަންހެނުންނާ ކައިވެނިކޮށްފަ އަޚްލާޤް ނެތިގެން ޝަކުވާ ކުރުމުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ފެނިލާއިރަށް މޫނުން ސޭލްއަޅުވާފަ ގައިގަ އުނގުޅޭ އަންހެނުންނާ ކައިވެނިކޮށްފަ އަޚްލާޤް ނެތިގެން ޝަކުވާ ކުރުމުން ކުރާނެ ފައިދާއެއް ނެތް!

ޒުވާނަކު އައިސް ބުންޏެވެ. ޝައިޚް އެވެ.

އަޅުގަނޑުގެ އަނބިމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތެވެ. ހަރުދަނާ އަންތބެއްގެ ކިބައިގައި ހުންނަން ޖެހޭނެ އެއްވެސް ސިފައެއް ނެތެވެ. ދޭ ނަބީޙަތެއް ޤަބޫލެއް ނުކުރެއެވެ. ރޭގަނޑު ގެއަކު މަޑެއް ނުވެއެވެ. ކޮންމެ ރެއަކުވެސް އޮންނަނީ ކޮންމެވެސް ތަނަކަށް ދާންޖެހިފައެވެ.  

އަހުރެން ސުވާލުކުރީ އޭނާއާއި ބައްދަލުވީ ކޮންތަނަކުންތޯއެވެ؟ ބުނީ ގެއެއްގައި ދެޖިންސުން މަސްހުނިވެގެން ބޭއްވި ޕާޓޯއަކުން ކަމަށެވެ. އަހުރެން ބުނީމެވެ. ތިބާ އެތަނަށް ދިއައީ ތިބާގެ ކިބައިގައި ހަރުދަނާކަމެއް ނެތުމުންނެވެ. އެބާވަތުގެ ތަންތަނަށް ދާނީ ހަރުދަނާކަމެއް ނެތް މީހުންނެވެ. އެފަދަ ބައްދަލުވުމަކޫން ތިއަބުނާ ރަނގަޅު ސިފަތައް ހުރި މީހަކާ ބައްދަލެއް ނުވާނެއެވެ. އެއީ ރަނގަޅު ސިފަތައް ހުންނަ މީހުން އެތަންތަނަށް ނުދާނެތީއެވެ.

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަކީ ތިމާ ބޭނުންވާ ސިފަތައް ނެތް، އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އަދި ތިމާގެ ބަސްޤަބޫލުނުކުރާ، ހިލޭ ފިރިހެނުންނާއި ވާހަކަދައްކައި އުޅޭ އަންހެނެއްކަން އެނގިގެން ކަންބޮޑުވާންޖެހޭ ޙާލަތު ކުރިމަތުވުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެހެންވެ އެކަމުގެ ޝަކުވާ ކުރާ ފިރިހެނުން އަންނަނީ ގިނަވަމުންނެވެ. 

މިމައްސަލައިގައި ޝަކުވާކުރާ ގިނަ ފިރިހެނުންނާއި ކުރެވޭ ސުވާލުތަކުން އެނގެނީ އެމީހުން ކައިވެނިކުރަނީ ދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކުރަނީ ކޮފީމޭޒުތަކުން ރައްޓެހިވެގެންކަމެވެ. ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުން ފެންނަ ފޮޓޯ އާއި ވީޑިއޯތަކަށް ބަލައި އެމީހަކު ކަމުގޮސްގެން ކަމެވެ. 

އަހުރެން އެމީހުންގެ ގާތުގައި ބުނަމެވެ. ކުނިގޮނޑަށް އުކާނީ ކުންޏެވެ. އެތަނުގައި ހުންނާނީ ކުންޏެވެ. ހަލާކުވެފައި ހުންނަ ތަކެއްޗެވެ. މައްސަލަ ޖެހިފައި ހުންނަ ތަކެއްޗެވެ. ފޮޅާސާފުކޮށްލުމުން ސާފުވެ އޮފްއެރިނަމަވެސް އަދި ފަހަރެއްގައި ކުޑަ ދުވަސްކޮޅަކު ބޭނުންކޮށްލެވުނަސް ރަނގަޅު ތަކެތި ގޮނޑުން ހޮވަން ލިބޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. ރަނގަޅު ތަކެތި ހުންނާނީ ފިހާރަތަކުގައެވެ. އަދި އަގުބޮޑު ތަކެތި ހުންނާނީ ޢާންމުކޮށް މީހުންނަށް އަތްނުލެވޭނެ ގޮތަށް ށޯކޭސްތަކަށްލައި ތަޅުވެސްލައިފައެވެ.  

ހަމަ އެފަދައިން ފެންވަރު ރަނގަޅު މުދަލުގެ އަގުބޮޑުވާނެއެވެ. ހަމަ އެއުޞޫލުން ފެންވަރު ރަނގަޅު އަންހެނުން އެކަނބަލުންގެ އަގު ހިފަހައްޓާނެއެވެ. އެކަނބަލުންނަކީ ކައިވެނީގެ ކުރިން ޙަރާމް ކަންކަންކުރާ، ސޭލް އަޅުވައިގެން އުޅޭ ބައެއް ނޫންކަން ޤަބޫލުކުރަންވާނެއެވެ.  

މިކަން އަންތބަކު އިޚްތިޔާރުކުރުމާއި ވަރަށް ރަނގަޅަށް ގުޅުވައިލެވޭނެއެވެ. ރަނގަޅު އަންހެނުން، އަގުހުރި އަންހެނުން ފިރިހެނުންގެ ސަމާލުކަން ލިބޭނެހައި ގޮތްގޮތަށް އެމީހުންގެ ފޮޓޯތައް ނަގައި ސޯޝަލްމީޑިއާއަކަށް ނުލާނެއެވެ. އަދި ހިލޭ ފިރިހެނުންނާއިއެކުގައި ކޮފީތަކުގައާއި އެނޫންވެސް އެފަދަ ތަންތަނަކު ނުތިބޭނެއެވެ. އެކަނބަލުން ތިބޭނީ ޢަބުރުވެރިކަމާއިއެކު އެކަނބަލުންގެ ގޭގައެވެ. އެކަނބަލުންގެ އެކުވެރިންނަކީ އާވާރާ ދިރިއުޅުނަ އުޅޭ މީހުން ކަމަކަށް ނުހަދާނެއެވެ. އެކަނބަލުން މަސައްކަތްކުރާނީ އެންމެ ގާތް މިތުރަކީ ﷲ ތަޢާލާ ކަމުގައި ހެދުމަށެވެ. ބައިވެރިޔަކު ހޯދަން ދާނީ ކޮފީ މޭޒުތަކަކަށް ނޫނެވެ. ގޭގައި ތިބެގެން ދުޢާކުރާނީއެވެ.  

ވީމާ މިކަންކަމަށް ވިސްނައި ސަމާލުކަންދީގެން ބައިވެރިއަކު ހޯދާށެވެ. އެއިރުން ޖެހޭ މައްސަލަތައް މަދުވާނެއެވެ. އިން ޝާ ﷲ. އިސްލާމް ދީނުގައި އެކަމަށް އެހައި ބޮޑަށް ބާރުއަޅުއްވަވާފައިވަނީ ހަމަ މީސްތަކުނެގެ ފައިދާއަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން