އިސްލާމްދީނުގެ މަތިވެރިކަން ޘާބިތުވެ އިސްލާމްވާ މީހުން އަންނަނީ ގިނަވަމުން! މުސްލިމުންނަށް ދީނާ ބީރައްޓެހިވެވޭކަން އެއީ ކޮންފަދަ ބޮޑު ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
އިސްލާމްދީނުގެ މަތިވެރިކަން ޘާބިތުވެ އިސްލާމްވާ މީހުން އަންނަނީ ގިނަވަމުން! މުސްލިމުންނަށް ދީނާ ބީރައްޓެހިވެވޭކަން އެއީ ކޮންފަދަ ބޮޑު ދެރައެއް!

އިސްލާމް ދީނުގެ މަތީގައި ޘާބިތުވެ ތިބެން ބޭނުންވާ މީހުންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެ ބައަކު ތިބޭނެކަމާއި ދީނާއި ދުރުހެލިވާނެ ބައަކުވެސް ތިބޭނެކަން އެއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ހަމައެގޮތަށް މިފަދަ ޒަމާނެއްގައި އިސްލާމްދީނުގައި ޘާބިތުވެ ތިބޭ ބައަކަށް ދެއްވަވާނެ މަތިވެރި ދަރަޖަވެސް އެނގެން އެބައޮތެވެ. ތިރީގައިވާ ދަރުސަށް ވިސްނަވައިލައްވައި ދީނުގައި ޘާބިތުވެލައްވަން ކުރައްވާ މަސައްކަތް އިތުރުކުރައްވާށެވެ!   

ޔޫރަޕާއި އެމެރިކާގެ އެކިއެކި ޤައުމުތަކުގަ އަޅުގަޑުމެނަށް މިއަދު ފެންނަމުންދަނީ އެންމެބާރަށް ދަތުރުކުރާ ދީނަކީ އެންމެ ބާރަށް ފެތުރެމުންދާ ދީނަކީވެސް އިސްލާމް ދީންކަމުގާ، އެމީހުންނަށް މިއަދު އިސްލާމްދީނުގެ ރީތި ގޮތްތައް ރީތި އަޞްލުތައް ފެނިގެންދާއިރު އަޅުގަޑުމެން އިސްލާމުންގެ ތެރޭގައިމިއޮތް މަޢްލޫމާތާއި، އިސްލާމްދީނުގެ ޢިލްމާއި މިހުރިހާ އެއްޗިއްސަށް ބީރުކަންފަތެއްދީ މިއެއްޗިއްސަށް ފުރަގަސްދީ ދީނެއް ޤަބޫލުނުކުރާ އެތައް ބައިވަރު ބަޔަކު އުޅެމުން އެބަދޭ ،

މިއަށްވުރެ އެންމެ ނުބައިކަމަކީ އިސްލާމްދީނަށް ޢަދާވަތްތެރިވާ މީހުން ވެސް އަޅުގަޑުމެންގެ ތެރޭގައި އެބައުޅޭ، އެހެންވެ އިގިރޭސިބަހުން މިކިޔަނީ އިސްލާމްދީނަށް ނަފްރަތުކުރާ މީހުންނަށް އަދި ހަމައެހެންމެ އިސްލާމްދީނަށް ދެކޮޅުވެރިވާ މީހުންނަށް، އިސްލާމްދީނާއި އެހެންދީންތަކަށް މާބޮޑަށް ތަފާތުކޮށް އިސްލާމްދީނަށް އިހާނެތިކޮށްހިތާމީހުންނަށް މިކިޔަނީ ނުވަތަ އެކަން ކުރުމަށް މިކިޔަނީ "އިސްލާމު ފޯބިއާ" ފޯބިއާ އިސްލާމް، އިސްލާމް ފޯބިއާ، އިސްލާމްދީނަށް ނަފްރަތު ކުރުން، އިސްލާމްދީން ދެކެ ރުޅިއައުން، އިސްލާމްދީނަށް ޢަދާވާތްތެރިވުން، އިސްލާމްދީނާއި އެހެން ހުރިހާދީނަކާއި ތަފާތުކޮށް އިސްލާމްދީން އިނދަޖައްސާލަން މަސައްކަތްކުރުން،

އާދެ! އެއީ ދީންދެކެ ރުޅިއަރާމީހުން ކުރާ ކަމެއް. އެއްވެސް ދީނެއް ޤަބޫލު ނުކުރާމީހުންނަށް މާބޮޑުކަމެއްނޫން، އިސްލާމް ދީންވިޔަސް، ޔަހޫދީ ދީންވިއަސް، ނަޞާރާ ދީން ކަމަށް ވިއަސް، ބުދުދީން ވިއަސް، ހިންދުއިޒަމް ވިއަސް އަދި މަޖޫސީން ވިއަސް މާބޮޑު މައްސަލައެއް ނޫން އެމީހުންނަކީ އެއްވެސް ދީނަކަށް އީމާންވާ ބައެއްނޫން ވިއްޔަ އެހެންނަމަވެސް އަޅުގަޑުމެންގެ ތެރެއިން ބަޔަކު މީހުން އެގޮތްގޮތް އެމީހުންނަށް ރީތިވަނީ އެއްވެސް ދީނެއް ޤަބޫލު ނުކުރުމަށް އެމީހުން ދަނީ ޝައްކެއްނެތް ގޮތުގައި ޝައިޠާނާގެ ވަސްވާހުގާ ޖެހިގެން އަދިހަމަ އެހެންމެ އަނެއްބައަކު އިސްލާމްދީންދެކެ ރުޅިއަންނަނީ އެމީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ތެދުމަގަށް ފުރަގަސްދޭ ޙާލުގައި ﷲ ގެ ހިދާޔަތަށްވުރެން ވަކިން މަތިވެރި އެއްޗެއް އެބައޮތްތޯ އެމެރިކާއާއި ހުޅަނގުގެ އެންމެހައި ޤައުމުތަކުން އެބައިމީހުންގެ ތެރެއިން ވިސްނޭމީހުން އެމީހުން އެބަ ޤަބޫލުކުރޭ އިސްލާމްދީނަކީ ޙައްޤު ދީންކަން ކޮންމެ ދުވަހަކުވެސް އިސްލާމްދީނަށް ވަންނަމުންދާ އެތައް ބައިވަރު ބައަކު އުޅޭ އެހެންނޫންނަމަ އެމީހުން ދޫކުރާނީތާ އެމީހުން އިސްލާމްދީނަށް ވަންނަނީ އަޅުގަޑުމެންގެ ތެރެއިން މީހުން އަޅުގަޑުމެންގެ މިއުންމަތުގެ އިސްލާމީ އުންމަތުގެ ތެރެއިން ބަޔަކުމީހުންނިކުންނަނީ އެމީހުން ވަންނަނީ އިސްލާމީ އުއްމަތުގެ މީހުންގެ ތެރެއިން ބައަކުމީހުން ނިކުންނަނީ.

ޝައިޠާނާގެ ވަސްވާސް ދެވަނަ އެހެން އެއްވެސް އެއްޗެއްނޫން އަދި އެމީހުންގެ ނުބައިކަމަކުންވެސް ނޫން އެހެން އެވަނީ ޝައިޠާނާގެ ދަންމަޅީގަ ޖެހެނީ ޝައިޠާނާގެ މަކަރުވެރި ރޭވުމުގައި ޖެހެނީ އެހެންވީމާ އަޅުގަޑު މިއަދު މިމަޤާމުގާ ހުރެގެން އަޅުގަޑުމެންގެތެރެއިން ދީން ޤަބޫލުނުކުރާ މީހުންނަށް އަޅުގަޑުމެންގެ ތެރެއިން އިސްލާމްދީނަށް ޢަދާވާތްތެރިވާ އެންމެހައި ފަރާތްތަކަށް އަޅުގަޑު ގޮވާލަނީ ތިބޭފުޅުން ބައްލަވާށޭ އިސްލާމްދީނުގެ ޙަޤީޤީ ޞޫރަ އިސްލާމްދީނުގެ ޙަޤީޤީ މައުލޫމާތުތައް ހޯއްދަވައި ގެން އެއާމެދު ވިސްނާ ފިކުރުކުރާށޭ، އާދެ! ޝައްކެއްނެތް އިންޝާﷲ އެބައިމީހުނަށްވެސް ﷲ ތެދުމަގު ދައްކަވާނެ. ތެދުމަގަކީ އެމީހަކު ބޭނުންވެއްޖެ ކަމަށްވާނަމަ ﷲ އިރާދަ ކުރައްވާނެ ތެދުމަގު އެހެންވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ތެދުމަގު ލިބުނީ އެއަށްވުރެ ވަކި މަތިވެރި ނިޢްމަތެއް މިދުނިޔެމައްޗަކު ނޯންނާނެ. އެހެންވީމާ އަޅުގަޑުމެން ވިސްނަންވީ އަޅުގަޑުމެން ތިބި އިސްލާމްދީން މަތީގައި ސާބިތުވާން އަޅުގަޑުމެން މިތިބަ ދީނަށްވުރެ ހެޔޮވެގެންވާ ދީނެއް ނެތް.

 

- ޝައިޚް އިބްރާހީމް ފަރީދުނ އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން