މިބަޔާންކުރާ ޙަދީޘްފުޅުފަދަ ޙަދީޘްފުޅުތަކަކީ އަހުރެމެންގެ މައްޗަށް ހުރި ޣަދަފަވެގެންވާ އިންޒާރުތައް! އޮތީ ހޭލުންތެރިވުން! ވިސްނަންވީ އެކަންކަން ކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަމަށް! އެފާފަތަކުގެ ބޮޑުކަމަށް!
އަލް އިމާމު ތިރިމިޒީ އެކަލޭގެފާނުގެ سُنَنُ ގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިކަމަށް "لَيَشَرَبنَّ ناسٌ مِنْ أمَّة " އަލްއިމާމު އިބުނި މާޖަހު ރިވާކުރައްވާފައިވާ ޙަދީޘްގައި ވަނީ "لَيَشَرَبنَّ ناسٌ مِنْ أمَّة الْخَمْر " ހަމަ ކަށަވަރުން ތިމަންކަލޭގެފާނުންގެ އުއްމަތުގެ މީހުންގެ ތެރެއިން ބަޔަކު މީހުން ބަނގުރާ ބޯނެއޭ.
"يُسَمُّونَهَا بِغَيْرِ اِسْمِهَا" އެމީހުން އޭގެ އަސްލުނަން ނޫން އެހެންނަމެއް އެޔަށް ކިޔާނެތޭ. " يُعْزَفُ عَلَى رُئُوْ سِهِمْ بِالمُعَازِفِ، وَالْمُغنِّياتِ" އެބައިމީހުންގެ ބޯތައްމަތީން މިޔުޒިކްގެ ސާމާނުތަކުން މިޔުޒިކް ކުޅެހެދޭނެތޭ. އެ މިޔުޒިކުތައް ފޮނުވާހެދޭނެތޭ އެމީހުންގެ ބޯތައްމަތީން އަޑުގަދަކޮށް. އަދި ހަމަ އެހެންމެ ލަވަކިޔާ އަޅުކުދިންތައް އެތާނގާ ލަވަކިޔަން ބައިތިއްބޭނެތޭ. ދެންފަހެ މިމީހުން މިގޮތަށް ތިބޭނެތޭ.
"يُعْزَفُ عَلَى رُئُوْ سِهِمْ بِالمُعَازِفِ، وَالْمُغنِّياتِ" މިގޮތަށް މިމީހުން ތިއްބާ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ " يَخْسِفُ اللَّهُ بِهِمُ الْأرْضَ" ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުން އެތިބީ ބިންގަނޑު ކަނޑައިގެން، ކަނޑުއްވާ އަޑިޔަށް އެމީހުން ގަންބަވާނެތޭ. "ويجعَلُ منهمْ" އަދި އެބައިމީހުންގެ ތެރެއިން ބަޔަކުމީހުން ލައްވަވާހުއްޓޭ " الْقِرَدَةَ وَالْخَنَازِيْرْ" ރާމާމަކުނުތަކަކާ އޫރުތަކަކަށް އެމީހުންގެ ސިފަ ބަދަލުކުރައްވާނެތޭ. އެތާނގަ ތިބި މީހުން އެއްބަޔަކު ރާމާމަކުނުތަކަކަށް އަނެއްބަޔަކު އޫރުތަކަކަށް ވެގެން ގެއަށް ދާންޖެހޭނީ ސުބުހާނަﷲ.
ގެއަށްދާހިނދުގައި އެބައިމީހުންގެ އަހުލުވެރީން އެބައިމީހުންގެ ކައިރީގައި ބުނާނީ ކީކޭތޯ؟ ބުނާނީ އާނ! ރާމާމަކުނުތަކެއް އަތުވެއްޖެއޭ އޫރުތަކެއް އަތުވެއްޖޭ އަވަހަށް ދާށޭ ދޮރުލައްޕާށޭ. سُبحَانَ وَالْعِيَادَ بِااللهِ މިކަހަލަ ޙާދިޘާތައް މިހެން ހިނގާފާނެ. މިކަންތައްތައް މިހެންވެއްޖެކަމަށް ވާނަމަ، މިއީ ތޯތޯ ވާހަކަތަކެއްނޫން، ސައްޚަ ޙަދީޘްތައް.
އަލް އިމާމު ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވަނީ" ليكونَّن مِن أمتي أقوامٌ " ހަމަ ކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ބަޔަކުމީހުން ފާޅުވާހުއްޓޭ. ޒިނޭއާ، ފިރިހެނުންނަށް ފަށުތްވާ، އަދި ބަނގުރަލާ މިޔުޒިކްގެ ސާމާނު ހުއްދަކުރާބަޔަކު ފާޅުވާނޭ. ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން. އެމީހުން ހަމައެކަނި އެކަންތައްތައް ކުރާނީކީއެއްނޫނޭ. ޒިނޭ ކުރަނީ އެކަންޏެއްނޫނޭ. ޒިނޭވެސް ކޮންމެވެސް ނަމެއް ކިޔައިގެން އެމީހުން ޙަލާލުކޮށްފާނެތޭ. ރުހުމުގަ ކޮށްފިއްޔާ ބަރާބަރޭ މައްސަލައެއް ނެތޭ. ކުރިޔަށް ގެންދާށޭ. ނުރުހުމުގަ ކޮށްފިއްޔާ އެއީ ވަރަށްބޮޑު މައްސަލައެކޭ. ރުހުމުގަ ކުރުމާ ނުރުހުމުގަ ކުރުމާ، ޙަލާލު ނޫންގޮތެއްގަ ކޮށްފިއްޔާ ކޮބާތޯ ތަފާތަކީ؟ ރުހުމުގަ ކުރިޔަސް ޙަލާލުނޫނިއްޔާ، ތިމާގެ އަނބިމީހާ ނޫނިއްޔާ ދެން އޭގަ އެބައޮތްތޯ ތަފާތެއް؟
އާދެ އެހެންވީމަ އަޅުގަނޑުމެން އެކަންކަމާމެދު ވިސްނާލަން ޖެހޭ. މިކަންކަން މިގޮތަށް ފާޅުވެއްޖެކަމުގަ ވާނަމަ ވަރަށް ބޮޑެތި ކަންތައްތަކެއް އަޅުގަނޑުމެންނަށް ހިނގާނެކަމުގެ ޢަލާމާތްތައް، އެކަމުގެ އިންޒާރު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް ދެއްވަވާފަ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން