ފަތިސްނަމާދަށް ނުހޭލެވޭނަމަ ރޭގަނޑުގެ ކެއުން މަދުކުރާށެވެ! ނިދުމުގެ ކުރިއަށް ވަޤުތުލައިގެން ކެއުމަށްވެސް އާދަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ފަތިސްނަމާދަށް ނުހޭލެވޭނަމަ ރޭގަނޑުގެ ކެއުން
މަދުކުރާށެވެ! ނިދުމުގެ ކުރިއަށް ވަޤުތުލައިގެން ކެއުމަށްވެސް އާދަކުރާށެވެ!

ޞިއްޙީ ދިރާސާތަކަށް ބަލައި ބައެއް މީހުންނަށް

ޤަބޫލުކުރެވޭ ގޮތުގައި ރޭގަނޑު ގިނައިން ކެއުމުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ މީހާ ފަލަވުމެވެ. އެއީ ހަމަ ޙަޤީޤަތެކެވެ. ރޭގަނޑު ގިނައިން ކައިގެން ނިދުމަކީ ފަލަވާ ސަބަބެކެވެ. ބަނޑުލާކަމެއްވެސްމެއެވެ. ނަމަވެސް އެއަށްވުރެ މާބޮޑު ދެރައެއް އެބަ ލިބެއެވެ.

އެހެނީ ފަތިސް ނަމާދަށް ނުހެލެވޭ އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ ބަނޑުފުރާ ކައިގެން ނިދުމެވެ. ޚާއްޞަކޮށް ރޭގަނޑުގެ ކެއުމުގައި ބަނޑުފުރެންދެން ކެއުމެވެ.  ނަމަވެސް ގިނަ ބައަކަށް މިހާރު ނިދޭކަމަށްވަނީ ގެއިން ކައިބޮއި ހެދުމަށްފަހު ބޭރަށްވެސް ގޮސް ކޮންމެވެސް ތަނަކުން ކޮންމެވެސް އެއްޗެއް ކައިގެންނެވެ. މިއީ ޞިއްޙަތަށްވެސް އެހައިމެ ގެއްލުން ބޮޑު ކަމެކެވެ. ޚާއްޞަކޮށް ކައިގެން މަޑުނުވެ ނިދަން އޮށޯތުމަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުންހުރި ކަމެކެވ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އަބަދުވެސް ކާންޖެހެނީ ބަނޑުގެ ތިންބައިކުޅަ އެއްބައަށެވެ. އެނެއް ތިންބައިކުޅަ އެއްބައި ޚާއްޞަ ކުރަން ޖެހެނީ ބޯ ފެނަށެވެ. ބާކީ ހުރި ތިންބައިކުޅަ އެއްބައި ބަހައްޓަން ޖެހެނީ ހުސްކޮށެވެ. އެއީ ނޭވާލުމަށް ފަސޭހަކުރުމަށްޓަކައެވެ.  

މީގެ 1400 އަހަރުކުރިން، ސައިންސުގެ އެއްވެސް ހޯދުމެއް ނެތް ޒަމާނެއްގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާ މިބަސްފުޅުގެ ތެދުކަން މިއަދުގެ ސައިންސްވެރިން ވަނީ ސާބިތުކޮށްފައެވެ. ޑޮކްޓަރުން ގެންދަނީ އެކަމަށް އަމަލުކުރުމަށް އިރުޝާދުދެމުންނެވެ.   

"ގިނައިން ކެއުމަކީ ކަންނެތް ކަމާއި ސިކުނޑިން މަސައްކަތް ނުކުރެވުމާއި ގިނައިން (ކޮންމެހެން ބޭނުންވާ ވަރަށްވުރެ) ނިދުން ފަދަ ކަންކަން މެދުވެރިވާ ސަބަބަކަށްވާތީ އެކަންކަމުން ސަލާމަތް ވުމަށް ބަނޑުފުރާ ނުކައި ހުންނަތާ މިހާރު 16 އަހަރުވެއްޖެއެވެ." މިއީ އިމާމް ޝާފިޢީގެފާނުގެ ބަސްފުޅެކެވެ. އިސްލާމް ދީނުގެ އިމާމުން އަމަލުފުޅު ކުރެއްވެވި ގޮތެވެ.  

ބަނޑުފުރެންދެން ކެއުމަކީ ނަމާދުކުރުމަށް އުނދަގޫވާ ކަމެކެވެ. ވީއިރު ފަތިސް ނަމާދަށް ހޭލަން ހުރަސް އަޅާ، ނަމާދުކުރަން އުނދަގޫވާ، ޢާންމު ދިރިއުޅުމަށް ވެސް އުނދަގޫވާ، ފަލަވާ، އިތުރު ސަރުބީ ޖަހާ، މީހާ ކަންނެތްވެ ލޮޑުވާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން