އަނެކާ ތިބާއަށް ކިތަންމެ ގޯސްކޮށް ކަންކަން ކޮށްގެން ވަކިވާންޖެހުނަސް ލިބިފަތިބި ދަރިންނަށް އަޅައިނުލުމަކީ އަޅައިނުލި މީހަކު އަދި ކުރަންޖެހޭ ޚަރަދުނުކުރުމަކީ ބައްޕަ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އަނެކާ ތިބާއަށް ކިތަންމެ ގޯސްކޮށް ކަންކަން
ކޮށްގެން ވަކިވާންޖެހުނަސް ލިބިފަތިބި ދަރިންނަށް އަޅައިނުލުމަކީ އަޅައިނުލި
މީހަކު އަދި ކުރަންޖެހޭ ޚަރަދުނުކުރުމަކީ ބައްޕަ ފާފަވެރިވާނެ ކަމެއް!

ދައްކަން މިއުޅެނީ މަދު ބައަކަށް ނަމަވެސް ހެދޭ

ގޯހެއްގެ ވާހަކައެވެ. ވާހަކަ މިފަށަނީ ނަޞޭޙަތުގެ ތަފާތު ބަސްކޮޅަކުންނެވެ. އިންސާނުންގެ ޠަބީޢަތުގައިވާ ސިފައެއްގެ ވާހަކައިންނެވެ،  

އިންސާނުންނަކީ ކުރިމަތިވާ ވޭނާއި މުޞީބާތްތައް ފިލައި ލުއިފަސޭހަކަން ލިބުމުން ކުރިމަތިވި ވޭންތަކާއި މުޞީބާތްތަކުގެމަތިން ވަރަށް ފަސޭހައިން ހަނދާން ނައްތައިލާ ބައެކެވެ. އެއިރު އުފުލަންޖެހުނު ވޭނާއި ހިތްދަތިކަން މަތިން ވަރަށް އަވަހަށް ހަނދާން ނައްތައިލެވޭ ބައެކެވެ.

އެކަމުގެ ހެކިތައް ފެންނަލެއް ވަރަށް ގިނައެވެ. މިސާލަކަށްބުނާނަމަ ބަލިހާލުގައި އެނދުމަތިވެފައި އޮންނަން ޖެހިއްޖެނަމަ ﷲ ތަޢާލާގެމަތިން ވަރަށް ބޮޑަށް ހަނދާންކުރެއެވެ. އެޙާލުގައި އޮވެގެންވެސް ނަމާދުކުރެއެވެ. ޛިކުރުތައް ކުރެއެވެ. ނަމަވެސް ބަލިން ޝިފާލިބި ޢާންމު ދިރިއުޅުމެއް އުލެވެން ފެށުމާއިއެކު އެންމެކުޑަމިނުން ފަރުޟު 5 ނަމާދުވެސް އޮންނަނީ ނުކުރެވިފައެވެ.

އަދިވެސް މިސާލެއް ބުނެފާނަމެވެ. އިންސާނެއްގެ ހަށިގަނޑުގައި އަޅާނެ އެންމެ ގަދަފަދަ ވޭން އަޅާ ކަމަކީ ބަލިވެއިނދެ ވިހެއުމެވެ. ވިހަން އަޅާ ވޭން ގަދަވެގެންގޮސް ދުނިޔޭގެ ހުރިހާ ކަންކަމުގެމަތިން ހަނދުމަ ނެތިގެންދާ ވަގުތުކޮޅެއްވެސް އައުދެއެވެ. އެހެންކަމާއިއެކުވެސް ވިހައި ނިމި ދަރިފުޅު އުފަންވެ ދަރިފުޅު ރޯލާ އަޑުއިވި އަދި މައިމީހާގެ އަތަށް ނުވަތަ އުނގަށް ދަރިފުޅު ލިބޭ ހިސާބުން ވިހެއުމަށް އެޅި ވޭންތައްމަތިން ހަނދުމަނެތިގެންދެއެވެ.

އަހުރެން މިރޭ ފާހަގަކޮށްލަން ބޭނުންވަނީ އެހައި ބޮޑު ވޭނެއް އަޅައިގެންވެސް ހޯދާ ދަރިން، އުފަންވެ ތިމާއަށް ބަލަންޖެހުމުން އިހްމާލުވަމުން އަންނަ އައުމެވެ. އެދަރިންގެ ޙައްޤުތައް އަދާކުރުމުގައި ގިނަބައަކަށް އިހްމާލްވެވޭކަމެވެ.

ލޮބުވެތި މައިންނޭވެ! ފިރިމީހާގެ ކިބައިން ކިތަންމެ ބޮޑު ނިކަމެތިކަމެއް އަދި ހިތްދަތިކަމެއް ލިބުނު ނަމަވެސް ދަރިންނަށް އިހްމާލް ނުވާށެވެ! އެދަރިން އުފަންކުރަން އުފުލި ވަރުގަދަ ޥޭން ހިތްމައްޗަށް ގެންނާށެވެ! އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މައިމީހާއަށް ކަމަށް 3 ފަހަރަށް ޙަދީޘްފުޅު ކުރެއްވެވީ މައިންގެ މުހިންމުކަން ބޮޑުކަމުންނެވެ. ވީމާ ތިބާއަކީ ދަރިން ހެޔޮކޮށް ހިތަން ޖެހޭ ފަދަ މައަކަށްވާން ކޮންމެ މައަކުވެސް މަސައްކަތްކުރަންވާނެއެވެ.  

ލޮބުވެތި ބައްޕައިންނޭވެ! ދަރިންނަށް އިހްމާލްނުވާށެވެ! ދަރިންނަށް އިހްމާލްވިކަމަށް ބެލެވޭނީ އެމީހަކަށް ކެރިކުޅަދާނަވާ މިންވަރަކުން ކަންކަންކޮށްނުދިނުމުންނެވެ. ލިބޭ މިންވަރަކުން ޚަރަދު ނުކުރުމެވެ. އަދި ދަރިން ބަލަހައްޓައި ތަރުބިއްޔަތު ކުރުމުގައި އިހްމާލުވުމެވެ. ޤިޔާމަތް ދުވަހު ތިބާ އާއިވެސް ކުރައްވަވާނެ ސުވާލުތަކަށް ބިރުވެތިވާށެވެ! ދަރިންނަށް އިހްމާލުނުވެ ދަރިން ބެލެހެއްޓުމަކީ (އަނބިމީހާގެ ކުށުން ދެމަފިރިން ވަކިވެވަފައިވީނަމަވެސް) ދަރިފުޅުގެ މަންމަ ތިބާ އާއިމެދު ކަންކަންކުރި ގޮތާ ގުޅުންހުރިކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާ ތިބާ އާއި ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން