ސުވަރުގެ ލިބިގަންނަން ކުރަންޖެހޭ މަސައްކަތަށް ވަޤުތު ނެތިފަ ނަރަކައަށް ވަންނަންޖެހޭނެ ކަންކަން ކުރަން ވަޤުތު އޮންނަ މީހުން ﷲ ގެ ޙަޟްރަތުގަ ދަންނަވާނީ ކީކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސުވަރުގެ ލިބިގަންނަން ކުރަންޖެހޭ މަސައްކަތަށް ވަޤުތު ނެތިފަ ނަރަކައަށް ވަންނަންޖެހޭނެ ކަންކަން ކުރަން ވަޤުތު އޮންނަ މީހުން ﷲ ގެ ޙަޟްރަތުގަ ދަންނަވާނީ ކީކޭތަ؟

ގިނަ ބއަކު ބުނަނީ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ވަޤުތުނުވަނީ ކަމަށެވެ. މިހެންބުނާ ގިނަ މީހުން އެހެން މީހުންގެ ކަންކަމާއިބެހި ފާޑުކިޔަން އެތައް ވަޤުތެއް ނަގައިލައެވެ. އެހެން މީހުންގެ ކަންކަމާއި ބެހެން ވަޤުތު އޮވެއެވެ. ޣީބަބުނެ ނެތިމޮށެން ވަޤުތު އޮވެއެވެ.  

ބައެއް މީހުން ޖަމާޢަތުގެ ނަމާދު ނިމުމާއިއެކު ޛިކުރުކޮށްލަންވެސް މަޑުނުކޮށް މިސްކިތުން ފައިބައެވެ. މިސްކިތުން ފައިގައި ޖަމާއަތް ހަދައިގެން ތިބެ އެމީހުންނާއި ނުބެހޭ ކަންކަމާއި ބެހި މީސްތަކުން ކުރާ ކަންކަމަށް ފާޑުކިޔަން އެތައް ވަޤުތެއް ހޭދަކުރެއެވެ.

ފުރަތަމަ ކަމަކަށް އެމީހުން ކުރި ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވިކަންވެސް އެނގެނީއެއް ނޫނެވެ. މިހެން ބުނަން މިޖެހެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭ މީހުން މިފަދައިން ކަންކަން ނުކުރާނެތީއެވެ. އެމީހުން އަބަދުވެސް ތިބޭނީ ﷲ ތަޢާލާއަށް ބިރުވެތިވެގެންކަމަށްވާތީއެވެ. ފާފަވެރިވެދާނެ ވާހަކަތައް ދައްކަން ބިރުގަންނާނެތީއެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން ލިބެނީ ދާދިކުޑަކުޑަ ހިނދުކޮޅެކެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ވަޤުތު ބޭކާރުނުކުރާށެވެ! ޚާއްޞަކޮށް ތިމާ ފާފަވެރިވާނެ ކަންކަމަށް ވަޤުތު ހޭދަނުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ބޭކާރުކުރާނެ ވަގުތު ނޯންނާނެ ގޮތް: ޝައިޚް ޝަފީޢު 

ތިބާ ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވަގުތު ދޭށެވެ. ދުނިޔެއާއި އާޚިރަތަށް މަންފާކުރާނޭ ކަންކަމަށް ވަގުތު ދޭށެވެ. އެއިރުން ބޭކާރު ކުރާނެ ވަގުތެއް ނޯންނާނެއެވެ. އެއިރުން އެހެން މީހުން ކުރާ ބޭކާރު ކަންކަމަށް ސަމާލުކަން ދީ އެ ކަންކަމަށް ދޭނެ ވަގުތެއް ތިބާ އަތަކު ނޯންނާނެއެވެ.  

ތިބާއަކީ ތިބާގެ އަމިއްލަ ޕްލޭނެއް އޮންނަ މީހަކަށް ވާށެވެ. ތިބާއަށް އެންމެ ފައިދާ ހުރީ ތިބާގެ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަންކަމުގައި މަޝްޣޫލުވެ އުޅުމުގައެވެ.      

ޙަދީޘުގައިވެއެވެ. " ތިމާއާ ނުބެހޭ ކަންކަމުން ދުރުވެ ހުރުމަކީ އިސްލާމްކަމުގެ އެންމެ ރީތި ސިފައެވެ." 

-  ޝެއިޚް  ޝަފީޢު  ޢަބްދުﷲ  -

 

މިއަދު އޮންލައިން