ޠޯހިރު ކޮންމެ ތަނެއްގަ ހުރެގެންވެސް ނަމާދުކުރުމުގެ ލުއިފަސޭހަކަން ވަނީ ދެއްވަވާފަ! ޘަވާބު އުނިވާނީވެސް ފާފަވެރިވާނީވެސް ލަސްކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޠޯހިރު ކޮންމެ ތަނެއްގަ ހުރެގެންވެސް ނަމާދުކުރުމުގެ ލުއިފަސޭހަކަން ވަނީ ދެއްވަވާފަ! ޘަވާބު އުނިވާނީވެސް ފާފަވެރިވާނީވެސް ލަސްކުރުމުން!

އެހެން ދީންތަކުގައި އަޅުކަންކުރެވެނީ އެމީހުން އަޅުކަންކުރާ ތަންތަނުގައެވެ. ނުވަތަ ވަކިއެއްޗެއްގެ ކުރިމަތީގައެވެ. އިސްލާމް ދީނުގައި އެކަމެއް ނެތެވެ. މިސްކިތެއް ނެތަސް ނަމާދުކުރެވޭނެއެވެ. ކުރިމަތިލާން އޮތީ ޤިބުލައެވެ. ޤިބުލަ ޔަޤީންކުރަން ނުއެނގިއްޖެނަމަ ނުވަތަ ޔަޤީންކުރެވޭނެ ގޮތެއް ނެތިއްޖެނަމަ ބުއްދިއަށް ވިސްނޭގޮތަކަށްވެސް ހުރެވިދާނެއެވެ. ނަމާދުކުރަންވަނީ އެހައިވެސް ލުއިފަސޭހަކޮސްދެއްވަވައިފައެވެ.  

If the Muslim is in a place where he cannot determine the direction of the Qiblah, then he should pray facing the direction which he thinks is most likely to be the direction of the Qiblah, and he does not have to repeat the prayer after that. Rather his prayer is valid but he does not have to do anything else. 

--އިސްލާމް ކިޔޫއޭ- 

އެތަނުގައި ނަޖިހެއް ނުވަތަ ނަޖިހެއްގެ އަސަރު ފެންނަން ނެތްނަމަ، ނުބައި ވަސް ނުދުވާނަމަ ބިމަކީ ޠޯހިރު ތަނެކެވެ. މުސްލިމުންނަށް އޮތީ ނަމާދު ވަގުތު ޖެހުމުން ކައިރީގައި މިސްކިތެއް ނެތް ނަމަ އެމީހަކު ހުރި ތަނެއްގައި ހުރެގެން އަވަހަށް ނަމާދުކުރުމެވެ. ވީމާ އަވަސްވެގަންނަންވީ ނަމާދު ކުރުމަށެވެ.  

(وجعلت لي الأرض مسجدا وطهورا) "އަދި ތިމަންކަލޭގެފާނަށް ބިމަކީ ނަމާދުކުރެވޭ، އަދި ޠާހިރުތަނެއް ކަމުގައި ލެއްވުނެވެ." 

މިއީ ކީރިތި ރަސޫލާﷺ އަށްޓަކައި މި އުއްމަތަށް މާތް ﷲ ދެއްވި ޚާއްޞިއްޔަތެކެވެ. ޔަހޫދީންނާއި ނަޞޯރާއިން ދެކޭގޮތުގައި ފައްޅީގައި މެނުވީ އަޅުކަން ނުކުރެވެ އެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ބޮޑު ދަރަންޏަކީ ނަމާދެވެ. ވަޤުތުޖެހުމުން އެއޮތީ ނަމާދަށް ދަރައިފައެވެ. ދަރަނިން ސަލާމަތްވެވޭނީ ނަމާދުކުރުމުންނެވެ. ވީމާ ފަހުން ކޮށްލަން މަޑުނުކޮށް ވީހާއަވަހަކަށް ނަމާދުކުރަން އަވަސްވެގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން