ޢިބްރަތްތެރި ވާހަކަ: ބަލި މަންމައަށް އެހީތެރިވާނެ ފައިސާ ހޯދަން ގެއެއްގަ ނޯކިރީ ކުރަމުންދިއަ ރީތި އަންހެނަކަށް ހީވެސްނުކުރެވޭފަދަ ގޮތަކަށް ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޢިބްރަތްތެރި ވާހަކަ: ބަލި މަންމައަށް އެހީތެރިވާނެ ފައިސާ ހޯދަން ގެއެއްގަ ނޯކިރީ ކުރަމުންދިއަ ރީތި އަންހެނަކަށް ހީވެސްނުކުރެވޭފަދަ ގޮތަކަށް ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އެއީ ތަނަވަސް ޒުވާނެކެވެ. އަނބިމީހާއާއިއެކުގައި އުޅެނީވެސް ވަރަށް ލޯބިންނެވެ. ވަަރށް ހެޔޮކޮށް ހިތައިގެންނެވެ. ޒުވާނާ ސިއްސުވައިލީ އެކުވެރިއަކު ފޮނުވި ވީޑިއޯއެކެވެ. ފެންނަނީ އަނބިމީހާ ހިލޭ ފިރިހެނަކާއެކު އަތިރިމަތީގައި ލޯބިކުރާތަނެވެ.  

އަނބިމީހާއަށް ވީޑިއޯ ދައްކާފައި ސުވާލުކުރުމުން ބުނީ އެއީ އަޞްލެއް ނޫންކަމަށާއި އެއީ އޭއައި ކަމަށެވެ. ޒުވާނާ ބުނީ އަނބިމީހާގެ ވާހަަކ ޤަބޫލުނުކުރާނެ ކަމަށެވެ. "މިއީ ޢާދައިގެ މީހަކު ފޮނުވި ވީޑިއޯއެއް ނޫން! ފުލުހުންގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް!"  

ދޮގުހަދަން ދެއްކޭނެ ވާހަކައެއް ނެތްކަން ވިސްނުމުން އަނބިމީހާގެ ރުޅިގަދަވިއެވެ. ފިރިމީހާ ކުށްވެރިކުރަން ބަސްތައް ބުނަމުން ގޮސް ފިރިމީހާގެ މޫނުމަތީގައި ޖެއްސެވެ. އެތަންފެނުމުން ގޭގައި ގެންގުޅޭ ނޯކަރު އަންހެނާ ދުވެގޮސް އަނބިމީހާގެ ގައިގައި ތަޅައިގަތެވެ.  

"ތިއައީ ވަރަށް ނުބައި އަންހެނެއް! ބޮސް ރަށުންބޭރަށް ދާއިރަށް ގެއަށް ފިރިހެނުން ވައްދައިގެން އުޅޭ. ކޮޓަރިއަށްވެސް ގެންދޭ. ކޮޓަރި ތަޅުލައިގެންވެސް އުޅޭ. އަނގައިން ނުބުނެ ހުރީ ދެމަފިރިންގެ ދޭތެރެއަށް ނުވަންނަންވެގެން. އެކަމަކު ބޮސްގައިގަ ޖެހިތަން ފެނުނީމަ ކެތްނުކުރެވުނީ. މިގޭގަ މަސައްކަތްކުރާތާ 3 އަހަރުވީ. މަންމަ ބަލިވުމުން ބޮސްކޮށްދިން ޚަރަދަށް ދުވަހަކުވެސް ބަދަލެއް ނުދެވޭނެ! ބޮސްއަކީ ޖެއްސަސް އަތްއުފުލާނެ މީހެއް ނޫން! އެކަން އެނގޭތީ ޖަހަންޖެހުނީ. ހިތްވަރުހުރިއްޔާ ނިކަން ޖަހައިބަލަ. ގަދަވަނީ ކާކުތޯ ބަލައލަމާ ހިނގާބަލަ!"  

އަނބިމީހާގެ އަނގަ ބަންދުވިއެވެ. އުޅެމުން އައި ގޮތް ބޭޒާރުކޮށްލީތީއެވެ. ދިފާޢުގައި ދައްކާ އެއްވެސް ވާހަކައެއް ފިރިމީހާ ދެން ޤަބޫލުނުކުރާނެކަން ވިސްނުނީމައެވެ. އެހެންވެ ވަރަށް ދެރަވެފައި ބުންޏެވެ. "މާފުކުރާށެވެ! ރުޅި ކޮންޓްރޯލުނުކުރެވުނީއެވެ. އަދި އެއް ފުރުޞަތުދޭށެވެ!" 

ފިރިމީހާ ބުނީ އޭނާވެސް ހުރީ ވަރަށް ރުޅިގަދަވެގެން ކަމަށެވެ. ވީމާ ރުޅިމަޑުވެ ގޮތެއް ނިންމަންދެން ގެއަށް ގޮސް ގޭގައި މަޑުކުރުމަށެވެ. އަނބިމީހާ ރޮއިޢާދޭސްކުރުމުންވެސް ފިރިމީހާގެ ނިންމުން ބަދަލުނުކުރުމުން ޖެހުނީ ގެއަށްދާށެވެ.  

3 ދުވަސްފަހުން ފިރިމީހާގެ ނިންމުން އަނބިމީހާއަށް ފޮނުވީ ވީޑިއޯއަކުންނެވެ. އަނބިމީހާގެ އަނިޔާއިން އޭނާ ސަލާމަތްކޮށްދިން ނޯކަރާއި ކައިވެނިކުރި ވީޑިއޯއެވެ. މެސެޖަކަށް ލިޔެފައޮތީ ވަރިކޮށްފިން ކަމަށެވެ.  

މިއީ ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. މިހިތްވަރުގަދަ ނޯކަރަކީ ބަލި މަންމައަށް އެހީތެރިވާން ނޯކިރީ ކުރިނަމަވެސް ވަރަށް ރީތި ކުއްޖެކެވެ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެއީ ވަރަށް ހިތްތިރި އަޚްލާޤް ރަނގަޅު ކުއްޖެކެވެ. މީހެއްގެ ގައިގައި ޖެހުމަކީ އޭނާއާއި ގުޅޭކަމެއްވެސް ނޫނެވެ. އެބޮޑު ނަޞީބު ލިބެން ހުރީތީ ކުރެވުނު ކަމެކެވެ. އެކުވެރިޔާއަށް ރަނގަޅު ފިރިއަކު ލިބުންއެދި ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާގެ މަންމަ ދުޢާކުރެއެވެ. ނަޞީބު އަތުގަހިފަންވީމާ ކޮންމެވެސް ސަބަބެއް މެދުވެރިވާނެތާއެވެ.

 

- ފާތިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން