ހުވަފެނުގަ ފެނިފަ އޮތުމުން ކާންދޭން އުޅުނު ޒަހަރުން ސަލާމަތްވެވި ތަނަވަސް ދިރިއުޅުމެއް ލިބުނު ފަޤީރު އަންހެނެއްގެ ވާހަކަ- ތިބާއަކީވެސް މިފަދަ ހުވަފެންތައް ފެންނާނެ މީހަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހުވަފެނުގަ ފެނިފަ އޮތުމުން ކާންދޭން އުޅުނު ޒަހަރުން ސަލާމަތްވެވި ތަނަވަސް ދިރިއުޅުމެއް ލިބުނު ފަޤީރު އަންހެނެއްގެ ވާހަކަ- ތިބާއަކީވެސް މިފަދަ ހުވަފެންތައް ފެންނާނެ މީހަކަށް ވެވިދާނެ!

އެއީ އަންހެން ކުއްޖެކެވެ. ނިޞްބަތްވަނީ ވަރަށް

ފަޤީރު ޢާއިލާއަކަށެވެ. އެހެންވެ އޮފީހަށްދާންވެސް ލާންޖެހެނީ ބައުފޭރާމެވެ. ޖަހާނެ އަގުބޮޑު ސެންޓެއްވެސް ނުލިބެއެވެ. އެހެން މުވައްޒިފުން ފަދައިން ޒީނަތްތެރިއެއްވެސް ނުވެވެއެވެ. އެކަމަކު ވަޒިފާގައި އެންމެ ބާރަށް ކުރިއަރަނީ އޭނާއެވެ.

އެއްރޭ އޭނާއަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މީހަކު ފެނުނެވެ. ހުރީ ވަރަށް ސާފު ހުދުފޭރާމުގައެވެ. އެމީހާ ބުންޏެވެ. "ދަރިފުޅާއެވެ. އެކުވެރިންގެ ތެރެއިން ބައަކު އުޅެނީ ތިބާއަށް ވަރަށް ބޮޑަށް ހަސަދަލައިގެންނެވެ. މީހުން ދޭ ކާއެއްޗެތިނުކާށެވެ! ވިހައެއް ކެވުން ގާތެވެ." 

ހުވަފެނުން ހޭލެވިގެން ގަޑިބަލައިލިއިރު 3 ޖެހީއެވެ. ނިދިދޫކޮށްލާފައި ތެދުވެ އާދައިގެމަތިން ރޭއަޅުކަންކުރިއެވެ. ޛިކުރުކޮށް ދުޢާކުރިއެވެ. ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދިގެން އެތައް ފަހަރަކު ދުޢާކުރިއެވެ.  

އަނެއް ދުވަހެވެ. މެންދުރުވިތަނާ އެކުވެރިން ބޭރުން ކާތަކެތި ގެނެސް ކެއުމަށް ދަޢުވަތުދިނެވެ. އެއީ ޢާންމުކޮށް އެކުވެރިން ކުރާކަމެއް ނޫނެވެ. ހުވަފެނުގެމަތިން ހަނދާންވެސް ނެތުމާއިއެކު ދަޢުވަތު ޤަބޫލުކޮށް ކާންއިށީނދެވުނެވެ. އިށީނދެވުނުތަނާ ހުވަފެންމަތިން ހަނދާންވުމުން "އެބައަންނަން" ކަމަށް ބުނެފައި ތެދުވެގެން ދިއައީއެވެ.  

އަނެއް ދުވަހު އެނގުނީ އޭނާއަށް ބެހެއްޓި ތަށީގައި ހުރި ކާތަކެތި ކެއި މަސައްކަތުމީހާ ބަލިވެ ހޮސްޕިޓަލުގައި އޮތްކަމެވެ. އެމީހުން ކައިނިމުމުން މޭޒުމަތި ސާފުކުރަން އުޅުމުގެ ތެރޭގައި އެއެއްޗެތި ކެވުނީއެވެ.  

އެކަން އެނގުމުން ވެރިމީހާއަށް ކިޔައިދިނެވެ. އޭނާއަށް ފެނުނު ހުވަފެނާއި އެދުވަހު ކަންތައްވީގޮތެވެ. ވެރިމީހާ ސީސީޓީވީގެ ފުޓޭޖްބެލުމުން ކަމުގެ ޙަޤީޤަތް އެނގުނެވެ. އެނގުމުން އޮފީސް ބަދުނާމުވެދާނެތީ ޤާނޫނީ ފިޔަވަޅު ނުއެޅިނަމަވެސް އެކަންކުރި 4 މުވައްޒިފުން ވަޒީފާއިން ވަކިކުރިއެވެ.  

އެކުއްޖާއަކީ ފަރުޟްތަކާއި ސުންނަތްތައްކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ކުއްޖެއެވެ. ފަޤީރުނަމަވެސް އޭނާގެ މަންމަ އޭނާ ތަރުބިއްޔަތުކޮށްފައި ހުރީ އެގޮތުގައެވެ. އެހުވަފެނާއި ކެމެރާގެ ފުޓޭޖުން ފެނުނު ކަންކަން ދިމާވުމުން އެކުއްޖާއަކީ ޚާއްޞަ ކަންތައްތަކެއް ލިބިގެންހުރި ކުއްޖެއްކަން ވެރިމީހާއަށް ޤަބޫލުކުރެވި ދޮށީ ފިރިހެންދަރިފުޅާއި ކައިވެނިކުރުވިއެވެ. އެހިސާބުން ފަޤީރުކަންވެސް ނެތިގެންދިއައީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އެންމެ ޒުވާން ޢުމުރުގައިވެސް ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ ދުނިޔޭގައިވެސް ކުރާނެއެވެ. އިން ޝާ ﷲ

- މިއަދުނޫސް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން