ޢިބްރަތްތެރި ވާހަކަ: ހިތް ނުފުރު އަންތބަކަށް ލިބުނު ބޮޑު ދެރަ- ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޢިބްރަތްތެރި ވާހަކަ: ހިތް ނުފުރު އަންތބަކަށް ލިބުނު ބޮޑު ދެރަ- ވަރަށް ޢިބްރަތްތެރި!

އެއީވެސް ޒުވާން ދެމަފިރިންނެވެ. ފިރިމީހާއަކީ ވަރަށް ގިނަ ތަފާތު މަސައްކަތްކުރާ ހީވާގި މީހެކެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ނަމަވެސް މައިންބަފައިން ބަލަހައްޓާތީ އަނބިމީހާ ބޭނުންވަރަކަށް ކަރަދުނުކުރެވޭ މައްސަލަ އަބަދުވެސް ކުރިމަތިވެއެވެ.  

އެއްރެއަކު ރެސްޓޯރަންޓަކަށް ދިމާވި ކަރަންޓް މައްސަލައެއް ޙައްލުކުރަން ގޮސް އުޅެފައި ނުކުންނަން ދިއައިރު އަނބިމިހާ އިނީ ތަނަވަސްމީހަކާއެކު ކާށެވެ. އެމީހާއަކީވެސް އޭނާލައްވައި މަސައްކަތްކުރުވާ މީހެކެވެ.  

އެެހެންވެ މޭޒުކައިރިއަށް ގޮސްހުއްޓި ސަލާމްކޮށްފައި ސުވާލުކުރިއެވެ. "އެކުވެރިޔާއެވެ! އަނބިމިހާއަށް ލޯބިދީެމުން ލިބޭ މިންވަރުން ޚަރަދުކުރަމުންދާއިރުވެސް ހިތް ނުފުރި ހިލޭ ފިރިހެނުންނާއި ގުޅުން ހިންގާނަމަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟"  

ޖެހިލުމެއް ނެތި އޭނާ ބުނީ އަވަހަށް ވަރިކޮށްލަން ޖެހޭނެ ކަމަށެވެ. ޚިޔާނާތްތެރިވާ އަންތބަކާއެކު އުޅުމަކީ މީހާ ބަނގުރޫޓުވެސްވާނެ ކަމެއް ކަމަށެވެ. އެހެން ބުނުމުން އަނެކާ ބުންޏެވެ. "އެކުވެރިޔާއެވެ! މިއިނީ އަޅުގަނޑުގެ އަނބިމީހާއެވެ! ވަރަށް ހެޔޮދުޢާ ސަލާމެވެ!" ބުނެފައި މަޑުވެސް ނުކޮށް ނުކުމެގެންދިއައީއެވެ.  

ތަނަވަސްމީހާ އިތުރަށް އަނގައިންވެސް ނުބުނެ އިނދެ ކައިނިމިގެން ބުންޏެވެ. "ހުރީ އެކަނިކަމަށްބުނެ ވަރަށް ގިނަ ދުވަހު ދޮގުހަދައިގެން އުޅެފިންތާއެވެ. ކުރެވުނު ޚަރަދަށް މައްސަލައެއް ނެތެވެ. އެކަމަކު އިތުރަށް ބައްދަލުކުރަން ނުވިސްނާށެވެ. ގުޅަންވެސް ނުއުޅޭށެވެ!" ބުނެފައި ނުކުމެގެންދިއައީއެވެ.

ވަރަށް ދެރަވެ ހުރެގެން ގެއަށްދިއައިރު ފޮށްޓަކަށް އެއްޗެތިއަލައި ހުރީ ފުލެޓުން ބޭރުކޮށްފައެވެ. ވީމާ ފްލެޓަށް ނުވައްދާނެކަން އެނގުމުން ދާންޖެހުނީ ގެސްޓް ހައުސަކަށެވެ. މިހާރު އުޅެނީ 200 ރުފިޔާއަށްވެސް ބަލައިގަންނާނެ މީހަކުނުވާތީ ކުލިވެސް ނުދެއްކިގެންނެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ޖެހުނު ޙާލެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! ލިބޭ މިންވަރަށް ހިތްނުފުރޭނަމަ ފުރަންޖެހޭނީ ހިތްދަތިކަމުންނެވެ. ގިނަފަހަރަށް ވާންޖެހޭނީ ނަރަކައިގެ ދަރުގަނޑަކަށެވެ.

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން