ލޯބިވާވަރުން ފިރިމީހާއަށް ތަނަވަސްކަން ހޯދައިދިނީމާ ހިލޭ އަންހެނުންގެ ފަހަތުން ދުވި ފިރިއަކަށް އަނބިމީހާއާ ތަނަވަސްކަން ގެއްލި ނިކަމެތިވާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލޯބިވާވަރުން ފިރިމީހާއަށް ތަނަވަސްކަން ހޯދައިދިނީމާ ހިލޭ އަންހެނުންގެ ފަހަތުން ދުވި ފިރިއަކަށް އަނބިމީހާއާ ތަނަވަސްކަން ގެއްލި ނިކަމެތިވާންޖެހުނު ގޮތުގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން އުޅުނު ދެމަފިރިންނެވެ.

ފިރިމީހާއަކީ ވަރަށް އާދައިގެ ވަޒިފާއެއްގައި އުޅުނު މީހެކެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާ ފައިސާދިނުމުން ވިޔަފާރި ފަށައި ތަނަވަސްކަން ލިބުނެވެ. ތަނަވަސްކަން ލިބުމުން އަނބިމީހާއަށް ޝުކުރުވެރިވާން ކުރަންފެށިކަމަކީ ހިލޭ އަންހެނުން ގެންގުޅެން ފެށުމެވެ.  

އަނބިމީހާއަށް އެކަން އެނގުމުން ޒުވާބުކުރާކަށް ނުހަދައެވެ. އަންނެހެނަކާއިއެކު ހޮޓަލެއްގައި އޮއްވައި ގޮސް ދޮރުހުޅުވައި އެތަނުން ނެރުނީއެވެ. ނެރެފައި ކާރުގެ ތަޅުދަނޑިއާއި އޮފީހުގެ ތަޅުދަނޑި އަތުލައިގެން ގެއަށް އަންނަމުން ބުނީ ދެން ގެއަށް ނައުމަށެވެ.

ފިރިމީހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހުރިހާ އެއްޗެއް ހުރީ އަނބިމީހާގެ ނަމުގައެވެ. އަދި އެއީ އަނބިމީހާގެ ތަނަވަސްކަމެވެ.  

ފިރިމީހާ ކޮޓަރިން ނެރެފައި އަނބިމީހާ ބުނި އެއްވާހަކަ ފާހަގަކޮށްލާނަމެވެ. "ކަލެއާ އަހުރެން ގުޅުނުއިރު ކަލޭ ހުރި ޙާލު އެނގޭ ނޫންހެއްޔެވެ؟ ކަލެއަށް އަހުރެން ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ހިސާބުތައް ދުވަހަކުވެސް ޗެކުވެސްކޮށްލިން ހެއްޔެވެ؟ އެވާހަކަ ބާއްވާށެވެ! އެނދުގަ އެއޮތް އަންހެން މީހާ އަހުރެންނަށްވުރެ ރީތީ ކޮންގޮތަކުން ހެއްޔެވެ؟ އޭނާގެ ކިބައިގައި ހުރީ އަހުރެންގެ ގައިގައި ނެތް ކޮން ސިފައެއް ހެއްޔެވެ؟"  

މިއީ ހަމަ މިމާލޭގައި ދާދިފަހުން ހިނގި ކަމެކެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ! މާތް ﷲ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭނަމަ މިފަދަ ނިކަމެތި ގޮތްތައް މެދުވެރިނުވެ ނުދާނެއެވެ. އެންމެ 5 ވަރަކަށް މިނިޓުގެ ކުޑަކުޑަ އުފާކޮޅަކަށްޓަކައި މުޅި ޢުމުރުގައި އުފަލުގައި އުޅެވެން އޮތް ފުރުޞަތު ދޫކޮށްލުމަކީ ކުރެވޭ ކޮންފަދަ މޮޔަކަމެއް ހެއްޔެވެ؟ ވަޤުތީ އުފަލަކަށްޓަކައި މިފަދަ ނުބައި ގޮތްގޮތަށް ކަންކަން ކުރެވޭ މީހުން ވިސްނައި ޢަމަލުތައް އިޞްލާޙްކުރާށެވެ!  

- މިއަދުނޫސް 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން