5 ދަރިން ލިބި ބަލަންޖެހުމުން އަނބިމީހާގެ ސިފަ ހުތުރުވެގެން ދޫކޮށްލި ފިރިއަކަށް އަނބިމިހާ ދިން ވަރުގަދަ ފިލާވަޅުން ވަޤުތުން ޖެހުނީ ހަތަރުއުދަރެސް ފެނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
5 ދަރިން ލިބި ބަލަންޖެހުމުން އަނބިމީހާގެ ސިފަ ހުތުރުވެގެން ދޫކޮށްލި ފިރިއަކަށް އަނބިމިހާ ދިން ވަރުގަދަ ފިލާވަޅުން ވަޤުތުން ޖެހުނީ ހަތަރުއުދަރެސް ފެނު!

އެދެމަފިރިންގެ ކައިވެންޏަށް 10 އަހަރެވެ. 5 ދަރިން ވަނީ ލިބިފައެވެ. 5 ދަރިން ވިހެއުމާއި ދަރިންތައް ބަަލން ކުރަންޖެހުނު ބުރަ މަސައްކަތްތަކުގެ ސަބަބުން އަނބިމީހާގެ ސިފައަށް ބަދަލުތަކެއް އައެވެ.

ޢުމުރަށްވުރެ ދޮށިކަމަށް ފެންނަން ފެށުމުން ފިރިމީހާއަށް ކުރަންވިސްނުނު ކަމަކީ އަނބިމީހާ ދޫކޮށްލައި ޒުވާން އަންހެނަކާއި ކައިވެނިކުރުމެވެ.  

ކައިވެނީގެ 3 ވަނަ ދުވަހު 5 ކުދިން ގެންގޮސް ދޮންމަންމަ ޢާއި ޙަވާލުކޮށްފައި ބުންޏެވެ. "މިއީ އަހުރެމެން ދެމަފިރިންނަށް ލިބިފައި ތިބި ކުދިންނެވެ. 9 އަހަރުވަންދެން އަހުރެން ކުދިން ބަލައިފީމެވެ. ކުރިއަށް އޮތް 9 އަހަރު ކުދިން ބަލަން ފިރިމީހާގެ ގާތުގައި ބުނާށެވެ." 

ކުދިންތައް ގޭތެރޭގައި ދުވަންފަށައިފިއެވެ. އެއްޗެތި އުކަން ފަށައިފިއެވެ. އަނބިމީހާގެ ދެލޯ ބޮޑުވިއެވެ. ހަދާނެ ގޮތް ހުސްވުމުން ފިރިމީހާއަށް ގުޅައި ގެނެސް ދަރިންގެ ކަންކަން ޙައްލުކުރަން ބުންޏެވެ.  

ފިރިމީހާއަށް އެވަޤުތުން ފެށިގެން އޮފީހަކަށް ނުދެވެއެވެ. ހަފްތާއެއްގެ ޗުއްޓީނަގައިގެން ގޭގައި ހުރެގެންވެސް އެއްވެސް ކަމެއް ޙައްލެއް ނުވިއެވެ. އަބަދުވެސް ޖެހެނީ ކޮންމެވެސް ކުއްޖަކަށް ކޮންމެވެސް ކަމެއް ކޮށްދޭށެވެ.  

އެންމެފަހުން ކުދިން ގޮވައިގެން އެކުދިންގެ މަންމަގެ ގާތަށް ގޮސްބުންޏެވެ. "މިއައީ ކުށް ޤަބޫލުކުރެވި ޢާދޭސްކުރާށެވެ! ކުދިން ބަލައިދޭށެވެ! ކުދިން ގެންދިއަތާ 3 ވަނަ ދުވަހު އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ. ކުދިން ބަލަން ގޭގައި ހަފްތާއެއްވަންދެން ހުރެއްޖައީމެވެ. މާދަމާ ވަޒިފާއަށް ނުނުކުމެއްޖެނަމަ ވަޒީފާ ގެއްލޭނެއެވެ. ދެން ދުވަހަކުވެސް ސިފައިގެ ވާހަކައެއް ނުދައްކާނަމެވެ. ކައިވެނި ރުޖޫޢަކޮށްފީމެވެ. ކޯޓުން މާދަމާ ނިންމާނެއެވެ. އެގޮތަށް ރުހިދޭށެވެ! އާދޭސްކޮށް ސަލާންޖަހަމެވެ."  

ފިރިމީހާގެ ވަޒީފާ ގެއްލިއްޖެނަމަ ކުދިން ބެލޭނެ ގޮތެއްވެސް ނުއޮންނާނެތީ އަނބިމީހާ އެކަން ޤަބޫލުކުރުމުން ކައިވެނީގެ ކަންކަން ކޯޓުން ނިންމައި އެކުގައި އުޅެންފެށީއެވެ.

އަޅުގަނޑުގެ އެކުވެރިންނޭވެ! މިޙާދިސާއާއިމެދު ވިސްނަން ބޭނުންގޮތަކަށް ވިސްނާށެވެ! ކުށްވެރިކުރަން ބޭނުންވާ މީހަކު ކުށްވެރިކުރާށެވެ! މިފަދަ މައްސަލަތަކަށް ޢަދުލުވެރި ޙައްލެއް ހޯދަން އެބަޖެހެއެވެ.  

 

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން