ކައިވެނިކޮށްގެންހުރި މީހަކުދެކެ އިންތިހާއަށް ލޯބިވެ ކައިވެނިކުރުން ލަސްކުރާތީ ދެމަފިރިންގެ ދޭތެރެޖައްސުވަން ދިއަ އަންހެނަކަށް މޮޔަވާންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކޮށްގެންހުރި މީހަކުދެކެ އިންތިހާއަށް ލޯބިވެ ކައިވެނިކުރުން ލަސްކުރާތީ ދެމަފިރިންގެ ދޭތެރެޖައްސުވަން ދިއަ އަންހެނަކަށް މޮޔަވާންޖެހުނު ޙާދިސާއެއްގެ ވާހަކަ-

މީހެއްގެ ފިރިއެއްކަން އެނގިހުރެވެސް އިންތިހާއަށް ލޯބިވެގެން އުޅޭތާ ފަސް އަހަރުވީއިރުވެސް ކައިވެނިނުކުރާތީ އެއީ އަނބިމީހާގެ ސަބަބުންކަމަށް ނިންމައި ދެމަފިރިންގެ ދޭތެރެޖައްސުވަން ނިންމައި އެގެއަށް ދިއަ އަނހެނެކެވެ. އަނބިމީހާޢާއި ބައްދަލުކޮށް ދެމީހުންގެ ގުޅުމުގެ ހުރިހާ ވާހަކަތަކެއް ކިޔައިދީ ފޮޓޯއާއި ވީޑިއޯ ދެއްކިއެވެ.  

އަނބިމީހާ ފުރަތަމަ ހުނީއެވެ. ދެނަ ދެރަވިއެވެ. ރޮވެންވެސް ރޮވުނެވެ. ބުންޏެވެ. "ހެވުނީ އަދިވެސް ފިރިމީހާގެ ކާމިޔާބުކަންބޮޑުކަމުންނެވެ. ކަލޭ ކަހަލަ ރީތި އަންހެނުން މަޅީގައި ޖެއްސުވޭތީއެވެ. ދެރަވެ ރޮވުނީ ފިރިމީހާ ތިއަ ޙާލު ޖެއްސުވި އަންހެނުންގެ ޢަދަދުވެސް ނުއެނގޭތީއެވެ. އެންމެ ބޮޑަށް ދެރަވީ ކަލޭކަހަލަ ސިފަރީތި، ކިޔަވައިގެންހުރި، ރަނގަޅު ވަޒީފާއެއް އަދާކުރާ ކުއްޖަކަށް ތިއަޙާލު ޖެހުނީތީއެވެ. 

އަހުރެން ކަންބޮޑެއް ނުވަމެވެ. އިތުރު 3 އަންހެނުންނާ އެއްފަހަރާ އެއްރޭ ކައިވެނިކުރިޔަސް އަހުރެންގެ މައްސަލައެއް ނެތެވެ. އަދި ވަރިކޮށް މިވަޤުތު ފޮނުވާލިޔަސް މައްސަލައެއް ނެތެވެ. އެންމެ ރަނގަޅީ އެގޮތެވެ. އަހުރެންނަށް މާރަނގަޅު ފިރިއަކު ލިބެން ފަހިވާ ފުރުޞަތަކަށް އެކަންވާނެތީއެވެ." އަނބިމީހާ އެހެންބުނާއިރަށް އޭނާ ނުކުމެގެން ހިނގައްޖެއެވެ.

އެއިގެ 3 ދުވަސްފަހުން ފިރިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "ތެދަށް ނިކަން ބުނެބަލާށެވެ! އޭނާ އެދައްކަނީ ހަމަ ކަލޭ ދެއްކި ވާހަކަ ހެއްޔެވެ؟" އަނބިމީހާ އެކަމަށް އެއްބަސްވުމުން ބުންޏެވެ. "އެވާހަކަތައް އަޑުއިވުމުން ވީދެރައިން އޭނާގެ ސިކުނޑި ރަނގަޅެއް ނޫނެވެ. ވަޒީފާއަކަށް ނުދެއެވެ. އަބަދު އިންނަނީ ކޮޓަރީގައެވެ. ކަމަކީ އެވާހަކަތައް ދެއްކުމެވެ."  

އަނބިމީހާ ބުންޏެވެ. "އަހުރެންގެ ގާތުގައި އޭނާ ދެއްކި ވާހަކަތަކުން އަހުރެންނަށް ކުރާނެ އަސަރު ނުވިސްނުނުތާއެވެ! އަހުރެންގެ ބޯގޮއްވާލަން މިގެއަށް އައިމަ އަހުރެންވެސް ކުޑަ ޑޯޒެއް ދިނީއެވެ. ދެން ރަނގަޅުވާނީ އަހުރެން ވަރިކޮށް އަވަހަށް ދެމީހުން ކައިވެނިކުރުމެވެ." ފިރިމީހާ ބުންޏެވެ. "އެފުރުޞަތު ގެއްލިއްޖެއެވެ. އެގެއަށް ވަނުންވެސް ޢާއިލާއިން މަނާކޮށްފިއެވެ. އޭނާގެ ފަރުވާއަށް ބޭބެ ކައިރިއަށް މިރޭ ފުރުވައިވެސްލާނެއެވެ."  

އަނބިމީހާ އެދުނީ އަވަހަށް ޓިކެޓު ނަގައިގެން އެފުލައިޓުން އެކުގައި ދިއުމަށެވެ. އަދި ފުރިޔަސް ނުފުރިޔަސް ވަރިކޮށްފައި ގެއިން ދިއުމަށެވެ. ނުދިއަނަމަ ގަދަކަމުންވެސް ގެއިން ނެރޭނެ ކަމަށެވެ. އެހެންގޮތެއް ނެތުމުން ފިރިމީހާއަށް ޖެހުނީ ތަނަވަސް އަނބިމީހާ އާއި ތަނަވަސް ދިރިއުޅުން ދޫކޮށްލައި ގެއިން ނުކުމެގެންދާށެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން މެދުވެރިވި ގޮތެވެ. އަނބިމީހާ ދިން ޑޯޒާއިމެދު މިއަދުނޫހުގެ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް ވަރަށް ފައްކަލެވެ.  

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން