ނިކަމެތިންނަށް އަނިޔާވެރިވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. އެކުށަށް މިދުނިޔޭގައިވެސް ޖަޒާ ދެއްވަވައެވެ. އެއީ އެކަމުގެހުރި ނުބައިކަން ބޮޑުކަން ބޮޑުކަމުންނެވެ. ފުރަތަމަ މިކިޔައިދޭ ވާހަކަ އަޑުއަހާށެވެ!
ތަނަވަސް މީހަކަށް ދަޢުވަތުދީގެން ގެއަށް ގެނައީ އަނހެންހެންދަރިފުޅާއި ކައިވެނިކުރުވުމުގެ ބޭނުމުގައެވެ. ބެލްޖެހުމުން ދޮރުހުޅުވީ ނޯކަރަކަށް ގެންގުޅޭ އަންހެން ކުއްޖާއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކޮށްފައި ހުރި އަނިޔާއިން މޫނުގެ ތަންތަން ނޫފާގަނެފައިވާ ކަމެވެ.
ދޮރުހުޅުވި އަޑަށް ދެމައިން ތިރިއަށް އައިސް ފުރަތަމަވެސް ނޯކަރާއި ސުވާލުކުރީ މޫނުދައްކައިގެން ހުރީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީ ބެލްޖެހުމުން ދޮރުހުޅުވަން އަވަސްވެގަނެވުނީ ކަމަށެވެ. އޭނާ ހުރީ މިވާހަކަތައް ކަނުލައި އަޑުއަހާށެވެ.
އޭނާ އެގޭގައި ދެގަޑިއެއްހާއިއރު ހޭދަކުރިއެވެ. ނޯކަރު ކެއްކި އެއްޗެތި ވަރަށް މީރެވެ. އެވަރަށް އަނިޔާކުރާއިރުވެސް ވަރަށް ކިޔަމަންތެރިކަންވެސް ފާހަގަކުރެވުނެވެ. ކައިނިމިގެން އަތްދޮންނަން ސިންކު ކައިރިއަށްގޮސްފައި ސިއްރުން ކާރުގެ ތަޅުދަނޑި ނޯކަރުކުއްޖާގެ އަތަށްދީފައި ބުނީ އަނިޔާ ލިބުން މިހިސާބުން ނިމުނީކަމަށާއި ސިއްރުން ނުކުމެ ކާރުގައި ފިލައި އޮތުމަށެވެ.
ދެމައިންގެ ވާހަކަތަކުން އެއީ ވަރަށް ތަނަވަސް އަދި އަޚްލާޤް ރަނގަޅު މީހަކުކަން އެނގިފައި އޮތުމުން އޭނާގެބަސް ޤަބޫލުކޮށް އެގޮތަށް ކަންތައް ކުރިއެވެ. އިރުކޮޅަކުން ފަހުން ބައްދަލުކުރާނީ ކަމަށްބުނެފައި ނުކުމެ ކާރަށް އަރައިގެންދިއައީއެވެ.
ދެމައިން ހޯދަހޯދާވެސް ނޯކަރު ނުފެނުމުން ކަންބޮޑުވިއެވެ. ނަމަވެސް އޭނާ އެދިއައީ ނޯކަރު ގޮވައިގެންކަމެއް ނުވިެސްވިސްނުނެވެ. ހީކުރީ ކޮންމެވެސް އެއްޗެއް ގަންނަން ދިއައީ ކަމަށެވެ. އެހެންވެ މމަޑުކޮށްލައިގެން ތިއްބައި ފޯނުކޮށްފައި ނޯކަރުބުނީ އޭނާ ވަޒީފާއިން ވަކިވީކަމަށާއި އެނބުރި ގެއަށް ނުދާނެ ކަމަށެވެ.
އެއީ ވަރަށް ރީތިކުއްޖެކެވެ. އޭނާ އެކުއްޖާ ގެއަށް ގެންގޮސް އެގޭގައި ހުރުމަށް ބުންޏެވެ. މާބޮޑު މުސާރަވެސް ދޭނެކަމަށް ބުންޏެވެ. މަސްދުވަސްވީއިރު ދެމީހުން ތިބީ ކައިވެނިކޮށްގެންނެވެ.
މިބާވަތުގެ އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގައެވެ. ޢިބްރަތް ޙާޞިލުނުކުރެވެނީއެވެ. ނިކަމެތިންނަށް އަނިޔާވެރިވުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޖިސްމާނީ އަނިޔާކޮށްގެންނުވާނެއެވެ. ނަފްސާނީ އަނިޔާވެސް ކޮށްގެން ނުވާނެއެވެ. އަދި އެއްބަސްވުމާއި ޚިލާފަށް އިތުރަށް މަސައްކަތްކުރުވައިގެންވެސް ނުވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ކުރެވޭ ބޮޑެތި ފާފަތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން