އީމާންކަމާ ތެދުވެރިކަން- ސުވަރުގެ ވަދެވުމަށް އޮތް މަގު!

ކިޔުމަށް ހޭދަވާނީ 4މ 43ސ
އީމާންކަމާ ތެދުވެރިކަން- ސުވަރުގެ ވަދެވުމަށް އޮތް މަގު!

ޢާއިޝަތު ރަފާޙް ޢަލީ

·      އީމާންކަން:  

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމަކީ ބާއްޖަވެރިކަން ލިބޭނެ އެންމެ މުހިއްމު އެއް ކަންތަކެވެ. އެގޮތުން ކީރިތި ޤުރްއާން ގިނަގިނައިން ކިޔަވާ އެފޮތުގައިވާ އާޔަތްތަކަށް ވިސްނާ ފިކުރުކޮށް ހަދާނަމަ އީމާންކަން އިތުރުވެގެންދެއެވެ. އިންސާނާގެ ޙަޤީޤީ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތްﷲ އަށް ފުރިހަމަ މާނާގައި އިމާންވުމުންނެވެ.  

ﷲ ތަޢާލާ އަންފާލް ސޫރަތުގެ 2، 3 އަދި 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٢﴾‏ الَّذِينَ يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿٣﴾‏ أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ‎﴿٤﴾‏

މާނައީ: مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ. (2) އެއުރެންނީ، ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. (3) حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق އެއުރެންނަށް ހުށްޓެވެ. (4) 

- ތެދުވެރިކަން:  

ތެދުވެރިކަމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެވެސް ވަރަށް ޚާޢްސަ ސިފަފުޅެކެވެ. ތެދުވެރިކަމުގެ ފައިދާ އަކީ މުޖުތަމަޢުގައި ވެސް އޭގެ ނަތީޖާ ފެންނާނެ ސިފައެކެވެ. 

މާއިދާ ސޫރަތުގެ 119 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

﴿قَالَ اللَّـهُ هَـٰذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ﴾  

މާނައީ: “ﷲ ވަޙީކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ."

މިއަދު އޮންލައިން