ސުވަރުގެ ވަދެވުމަށްފަހުގައި ހިތްދަތިކަން ލިބޭކަމުގެ ވާހަކަ ބުނީމާ ނުވިސްނޭނެ މީހުން ތިބޭނެއެވެ. ވީމާ އަޑުއަހާށެވެ!
ސުވަރުގޭގައި ދަރަޖަތަކެއްވެއެވެ. މަތީދަރަޖަތައް ލިބުން އޮތީ ހެޔޮޢަމަލުތައްކުރުން ގިނަކުރިވަރަކުންނެވެ. އެހެންކަމަށްވާއިރު ހެޔޮޢަމަލުތައް ކުރުން މަދުކުރެވިއްޖެނަމަ ޖާގަލިބޭނީ އެންމެ ތިރިން ނޫންހެއްޔެވެ؟
މިގޮތަށް ވިސްނާށެވެ! ޢަބްދުﷲ އަށް ސުވަރުގެ ވަދެވުނެވެ. ޢަބްދުﷲ ބަލަން ހުއްޓައި އޭނާއަށްވުރެ ގިނައިން ހެޔޮ ޢަމަލުތައްކުރި އެކުވެރިން އެދަނީ މަތީދަރަޖަތަކަށް އަރަމުންނެވެ. ޢަބްދުﷲ އަށް ކުރެވުނު އަޅުކަން މަދުވީމާ ހުންނަން މިޖެހުނީ އެންމެ ތިރީގައެވެ. ދެން ނިކަންބުނެބަލާށެވެ! ޢަބްދުﷲ ދެރަނުވާނެ ހެއްޔެވެ؟
މިޙާލަތުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ހެޔޮޢަމަލުތައްކުރުން ގިނަކުރުމެވެ. ކުރަންފުރުޞަތުލިބޭ އެންމެ ޢަމަލެއްވެސް ނުކޮށް ދޫކޮށްނުލުމެވެ. ދޫކޮށްލެވޭނަމަ ޖެހެނީ ޢަބްދުﷲ އަށްވެސް ޖެހުނު ޙާލެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން