ތިބާއަކީ އަޅައިލާނެ އެކަކުވެސް ނެތް އަންހެނަކުނަމަ އޮތީ ގެވެށި އަނިޔާއަށް ކެތްތެރިވުމެއް ނޫން! އަވަހަށް ސަލާމަތްވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާއަކީ އަޅައިލާނެ އެކަކުވެސް ނެތް އަންހެނަކުނަމަ އޮތީ ގެވެށި އަނިޔާއަށް ކެތްތެރިވުމެއް ނޫން! އަވަހަށް ސަލާމަތްވުން!

އަޅައިލާނެ އެކަކުވެސް ނެތް ނިކަމެތި ގިނަ އަންހެނުންނަށް ވިސްނިފައި އޮންނަނީ އަޅައިލާނެ އެއްވެސް މީހަކު ނެތުމަކީ ގެވެށި އަނިޔާއަށް ކެތްތެރިވެގެން އިންނަންޖެހޭނެ ސަބަބެއް ކަމަށެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބު މިބުނެދެނީއެވެ.  

ފުރަތަމަ ނުވަތަ އެންމެ ބޮޑު ސަބަބަކީ ތިބާއަށް އެހީތެރިވާން ހުރީ ތިބާއެކަނިކަމެވެ. އިތރު އެއްވެސް މީހަކު ނެތްކަމެވެ. ގެވެށި އަނިޔާލިބެމުންގޮސް ހަށިގަނޑަށާ ސިކުނޑިއަށް ލިބޭ ގެއްލުންތަކަށް ބޭސްފަރުވާކޮށްދޭނެ މީހަކު ނެތްކަމެވެ. އެފަދަ ޙާލެއްގައި އެކަނިވެރިވާންޖެހިއްޖެނަމަ ތިމާއަށް އަޅައިލާނެ އެކަކުވެސް ނެތްކަމެވެ.  

ދެން އޮތީވެސް އެހައިމެ ބޮޑު ދެރައެކެވެ. ފުރަތަމަ ޙާލަތަކީ އެކަނިވެ ނޯކިރީކުރަން ޖެހިއްޖެނަމަ މީހާ ބަލިކަށިވުމުގެ ސަބަބުން މަސައްކަތްނުކުރެވޭނެ ކަމެވެ. ދެވަނަ ޛާލަތަކީ ދެވަނަ ކައިވެންޏެއްކުރަންޖެހޭއިރު ބަލިކަށިވެ ދިރިއުޅެން އުނދަގޫވުމުން ބަލައިގަންނާނެ ފިރިއަކު ލިބުން އުނދަގޫވާނެ ކަމެވެ.

މިއީ ހަށިގަނޑުގައި ވޭން އެޅުމުގެ އިތުރަށް ކުރިމަތިވާނެ މައްސަލަތަކެވެ. މިކަންކަމަށް އޮތް ޙައްލަކީ ގެވެށިއަނިޔާއަށް ކެތްތެރިވާން ނުހަދައި އަވަހަށް އަމިއްލަ ނަފުސް ސަލާމަތްކުރުމެވެ. ގެވެށި އަނިޔާ މާނަމިކުރަނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައްވެސް ހިމެނޭ ގޮތަށެވެ.  

އިސްލާމް ދީނަށް ބެލިނަމަވެސް އަމިއްލަ ނަފުސަށް ގެއްލުންލިބޭ ކަންކަންކުރުން ހުއްދައެއް ނޫނެވެ. އެއީ ކުރެވޭ ފާފައެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ތިމާއަށް އަޅާލައި އެހީތެރިވެދޭނެ މީހަކު ނެތްނަމަ އޮތީ ބޮޑަށް ސަމާލުކަންދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން