ހަތަރެސްފަޔާއި ލޮލާއި ބޮލުންވެސް އެއްބަސްވަމެވެ. ބެލުންތައް ތިރިކުރުން މިއަހާރުވެފައި މިވަނީ ބޮޑު މުޞީބާތަކަށެވެފައެވެ. ލަދެއް ހަޔާތެއްނެތި މިސްކިތްތަކުގެ ގޯތިތެރެއަށް ވަދެ މިސްކިތަށް އަރައިފައިބާ މީހުންނަށް ފެންނާނެހެން ދައްކައިގެން ތިބޭތީއެވެ.
މުސްލިމުން މަރުވުމުން ޢާންމުގޮތެއްގައި ހިނަވަނީ ހިނަވާގޭގައެވެ. އެއީ ޢާންމުގޮތެއްގައި ޤަބުރުސްތާނުގެ ގޯތީގައި ހުންނަތަނެކެވެ. އަދި އެތަނުގައި ކުޑަނަމަވެސް ކަށުނަމާދުކުރާނެ މިސްކިތެއްވެސް ހުރެއެވެ. އެމިސްކިތަށް ނަމާދަށް އަރައިފައިބައެވެ.
ނިކަންވިސްނައިލަބަލާށެވެ! ތިމާ މިދަނީ ކޮންމެވެސް މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށެވެ. ތިމާވެސް މަރުވާނެކަން ހަނދުމަކުރުމަށެވެ. އެކަމަކު މިދަނީ ﷲ ތަޢާލާއަށް ޗެލެންޖުކޮށް ޤުރްއާނުގައި އޮތްމިންވަރަށް އަޢުރަނިވާނުކޮށެވެ. އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި މަރާއިމެދު އެއްވެސް ބިރުވެރިކަމެއް ނެތްކަމެވެ.
ޢިލްމވެރިއަކު ނުވަތަ ހެޔޮލަފާ މީހަކު ނަޞީޙަތްދީފިނަމަ ތިބާގެ ބެލުންތައް ތިރިކުރަންވެސް ބުނެއެވެ. އާނއެކެވެ! ނެލުންތައް ތިރިކުރަންޖެހއެވެ، އެކަމަކު ދެއްކިކަމުގެ ފާފަ އެމީހަކަށް އެބައޮތެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް-:
މުސްލިމް އަޚުންނޭވެ! މުއުމިނުންގެ ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ. އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމެވެ. އަދި ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައެވެ. ޒިނޭކުރުން މަތީ ދެމިހުންނަ މީހާއާ މެދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ. --- މާނައީ: "އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު، އެ ޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."
އެފަދަ ޢަމަލުތައް ކޮށްއުޅޭ މީހާ މާތް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވާހުށިކަމެވެ! މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ---- މާނައީ: "تَوْبَة ވެ، إِيْـمَان ވެ، ގިނަގިނައިން صَالِـحُ عَمَلُ ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) الله، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رَحِيْم ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ. އަދި تَوْبَة ވެ صَالِـحُ عَمَلُ ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން الله އަށް تَوْبَة ވާ މީހެކެވެ." މާތް ﷲ އީ تَوْبَة ވާ މީހުންދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ގިނަގިނައިން تَوْبَة ވެ، އެކަލާނގެ ހަނދުމަކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ. آمين
އެއަށްފަހު ދަންނާށެވެ! މާތް اللهގެ އަޅުތަކުންނޭވެ! އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުން اللهއަށް تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله ވޮޑިގެންވަނީ تَقْوَى ވެރިންނާ އެކުގައެވެ. އަދި إِحُسَان ތެރިންނާ ވެސް އެކުގައެވެ."
- ޚުޠުބާއަކުން