ދެބަސްވުން ދޫކޮށްލައި އެކުގައުޅެން އެދޭ ބައިވެރިޔާއާ އެކުގައުޅެން މަސައްކަތްކުރާ މީހުންނަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދެބަސްވުން ދޫކޮށްލައި އެކުގައުޅެން އެދޭ
ބައިވެރިޔާއާ އެކުގައުޅެން މަސައްކަތްކުރާ މީހުންނަށް ލައްވަވާ ރަޙްމަތް
މާބޮޑުވާނެ! އިން ޝާ ﷲ


އަންފާލް ސޫރަތުގެ 61 ވަނަ އާޔަތާއި 62 ވަނަ

އާޔަތުގައި ﷲ ތަޢާލާ ވަނީ މިކަން ބަޔާން ކުރައްވަވައިފައެވެ. "އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް ޤަބޫލް ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް ވަކީލްކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (61) "އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން ޤަޞްދު  ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ ނަޞްރާއި، މުއުމިނުން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ." (62)

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަ އަކާއި ގުޅިގެން ނަމަވެސް އަދި އެއަށްވުރެ ބޮޑު ނުވަތަ ކަމަކާއި ގުޅިގެން ޖެހޭ މައްސަލައެއްގައިވެސް ޞުލްޙަވާން އެދިއްޖެ ނަމަ އެމީހަކާއި އަވަހަށް ޞުލްޙަވާށެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!  

ބައެއް ފަހަރު ޞުލްޙަވާން އެދުމުން ވެސް އެބަ ފަސް ޖެހެވެއެވެ. ދެން އެމީހާ ކަންކަން ކޮށްފާނެ ގޮތަކާއިމެދު ކަންބޮޑުވާތީއެވެ. ނަމަވެސް އެމީހާ ޞުލްޙަވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ބުނެފިނަމަ އެކަމާއިމެދު ވިސްނުން އެ ވަގުތުން ފެށިގެން މުޅިން ހުއްޓައިލާށެވެ! ﷲ ތައާލާއަށް އިތުބާރުކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެހެނީ އޭނާ ބުނާ ބުނުމުގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.  

ޞުލްޙަވެރިވުމުގައި ހުރި މަތިވެރިކަމުގެ ވާހަކަ ކުރީގެ ދަރުސެއްގައި ވާނީ ބަޔާންކޮށްދީފައެވެ. ﷲ ތަޢާލާ ލޯބިވެވޮޑަންނަވަނީ ޞުލްޙަވެރިވުމަށާއި ޢަދާވާތްތެރި ނުވުމަށްކަން ވާނީ ބަޔާންކޮށްދީފައެވެ.  

މުސްލިމުން ކޮންމެ ކަމެއްގައިވެސް ބަލަން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. ވީމާ މީހަކަށް ބިރުން ފަސް ޖެހުމެއް ނެތެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށެވެ. އަހަރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ގޮތަށް އަމަލުކުރުމެވެ. އެއިރުން ދެން އިތުރަށް ހުރި ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނެތެވެ!  

-      މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން