ބައްޕައާމަންމަގެ އިތުރަށް މާމަކާފަވެސް ޒުވާންކޮށް ތިބެންޏާ ދަރިންވެސް ކިހާއުފާވާނެ! ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދުނަމަ ކޮންފަދަ ބޮޑު އުފާވެރިކަމެއް! ނިކަން މިބުއިން ތަޖުރިބާކޮށްލަބަލަ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ބައްޕައާމަންމަގެ އިތުރަށް މާމަކާފަވެސް ޒުވާންކޮށް ތިބެންޏާ ދަރިންވެސް ކިހާއުފާވާނެ! ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދުނަމަ ކޮންފަދަ ބޮޑު އުފާވެރިކަމެއް! ނިކަން މިބުއިން ތަޖުރިބާކޮށްލަބަލަ!

ސިއުޒާ

 

މިއީޒުވާނުންގެ އިތުރަށް 60  އަހަރުން މަތީގެ ބޭފުޅުންނަށް ބޭނުންވާ މުހިއްމު ނިޔުޓްރިއެންޓްސް  އާއި ހަކަތަ ލިބިދޭ ބުއިމެކެވެ. ބުއިމުން ލިބޭ ފައިދާތައްވެސް މިކިޔައިދެނީއެވެ. 

ބޭނުންވާނެ ތަކެތި:

1 ވަށް ދޮންކެޔޮ

2/1 ކެރެޓް

1 ތަށި ފެން ނުވަތަ ވެޖްޓެބަލް މިލްކް

1 ސަމުސާ މާމުއި ( ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް-: 

ދޮންކެޔޮ އަދި ކެރެޓް ކޮޅު ފޮތި ކޮށްލާފައި މިކްސަރަށް އަޅާލާށެވެ. ދެން ހުރި އެއްޗެހިވެސް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.  

މި ބުއިމުގެ ފައިދާ ބޮޑަށް ކުރާނީ ކުރާނީ ހެނދުނުގެ ނާޝްތާގެ 30 މިނެޓް ކުރިން ބޭނުންކުރުމުންނެވެ. މަދުވެގެން ހަފްތާއަކު 3 ފަހަރު ބޭނުންކޮށްލަން ވާނެއެވެ.  

ދޮންކެޔޮލަކީ ފައިބާ، ޕޮޓޭސިޔަމް، ވިޓަމިން އޭ އަދި ސީ އިން މުއްސަނދި ވެފައިވާ މޭވާއެކެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ހަކަތަ މި މޭވާއިން ލިބިދެއެވެ. ވިޓަމިން ބީ ވެސް މި މޭވާއިން ގިނަ އަދަދަކަށް ލިބިދެއެވެ. މި މޭވާއަކީ ސީދާ ގޮތެއްގައި ނާވަސް ސިސްޓަމް އަށް އެހީތެރިވެދޭ އެއްޗެކެވެ.  

ދޮންކެޔޮލަކީ އަބަދުވެސް ގައިގެ މަސްގަނޑަށް ދިމާވާ މައްސަލަތަކަށް ހާއްސަކޮށް އަކުނިވަޔަށް ދެމުން ފަދަ ކަންކަމަށް އެންމެ ރަނގަޅު މޭވާގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ. ސަބަބަކީ ދޮންކެޔޮލުގައި ގިނަ އަދަދަކަށް މެގްނީޒިއަމް އެކުލެވިގެން ވުމެވެ. އޭގެ ސަބަބުން މަސްތައް ރިލޭކްސް ވުމާއި ބޭނުންވާ އެނާޖީ ލިއްބައިދެއެވެ. އިމޯޝަނަލް ކަންކަމަށާއި ސްޓްރެސް ދުރުކޮށްދިނުމަށްވެސް ދޮންކެޔޮ އެހީތެރި ވެދެއެވެ.

ދޮންކެޔޮލުގައި 3 ވައްތަރުގެ ގުދުރަތީ ހަކުރު ކަމުގައިވާ ފްރުކްޓޯސް، ސުކްރޯސް އަދި ގްލުކޯސް ހިމެނެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި އެއްވަރެއްގައި ހިފަހައްޓާދެއެވެ. އެހެންކަމުން ފިޒިކަލް އަދި މެންޓަލް ފެޓީގް ދަށްކޮށްދެއެވެ. ޕްޓޭސިއަމްގެ ސަބަބުން ހަށިގަނޑުގަ ހުންނަ ސޮޑިއަމްގެ މިންވަރު ގުދުރަތީގޮތުން ދަށްކޮށްދެއެވެ. އޭގެ ސަބަބުން ހައި ބްލަޑް ޕްރެޝާރ އާއި ސްޓްރޯކް އަދި ހާރޓް އެޓޭކް ގެ ނުރައްކާ ދުރުކޮށްދެއެވެ.

ކެރެޓުންވެސް ވަރަށް ގިނަ މާއްދާތަށް ހަށިގަނޑަށް ލިބިދެއެވެ. މީގެ ތެރޭގައި މިނަރަލްސްގެ ބާވަތްތައް ކަމުގައިވާ ފޯސްފޮރެސް، ޕޮޓޭސިޔަސް އަދި ކެލްސިޔަމް ހިމެނެއެވެ. މީގެ ސަބަބުން އުމުރުން ދުވަސް ވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ދުރުކޮށްދެއެވެ. އެންޓި އޮކްސިޑެންޓް މާއްދާއެއް ކަމަށް ވާ ބީޓަކެރެޓީން ގެ ސަބަބުން ފްރީ ރެޑިކަލްސް އާ ހަނގުރާމަ ކުރުމަށް ކެރެޓް އެހީތެރި ވެދެއެވެ. އޭގެ ސަބަބުން ހަންގަނޑު ރޫޖެހުމުން ދުރުކޮށްދެއެވެ. ކެރެޓްގައި ހުންނަ އެންޓި އިންފްލެމެންޓަރީ މާއްދާގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށްދީ އިންފެކްޝަން އާއި އިންފްލެމޭޝަން އިން ރައްކާތެރި ކޮށްދެއެވެ.  

ކެރެޓްގައި ހުންނަ ވިޓަމިން އޭ ގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅު ކޮށްދެއެވެ. އެކި ގޮތް ގޮތަށް ކެރެޓް ބޭނުން ކުރެވެއެވެ. ކައްކައިގެން އަދި ނުކައްކާ ރޮލާވެސް އަދި ޖޫސް އަދި ކޭކާއި ސޫޕް ހަދައިގެންވެސް ބޭނުންކުރެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން