ބަނޑުގައި ރިއްސުމާ ކައިބޮއި ހަދަން އުނދަގޫވުމާ ބަނޑުކުނިވެ ވައިލެވުމާ ގޭހުގެ މައްސަލަތައް، ފަދަ ގިނަ މައްސަލަތަކެއް ފަސޭހައިން ޙައްލުކޮށްލެވޭނެ ޖޫހެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަނޑުގައި ރިއްސުމާ ކައިބޮއި ހަދަން އުނދަގޫވުމާ ބަނޑުކުނިވެ ވައިލެވުމާ ގޭހުގެ މައްސަލަތައް، ފަދަ ގިނަ މައްސަލަތަކެއް ފަސޭހައިން ޙައްލުކޮށްލެވޭނެ ޖޫހެއް!

މިއަދުނޫހުގެ ވަރަށް ޚާއްޞަ ކިޔުންތެރިއަކު ވިދާޅުވަނީ ބަނޑުހަރުވުމާ ގޭހުގެ މައްސަލަތައް ކުރިމަތިވެ ނަމާދުކުރަންވެސް އުނދަގޫވެގެން އުޅޭކަމަށެވެ. 

މިމއްސަލަތަކަކީ ގިނަ ބައަކަށް ކުރިމަތިވާ މައްސަލަތަކެކެވެ. ފުރަތަމަ ކަމަކީ ބަނޑުހަރުވާނަމަ ޤަޟާޙާޖަތްކުރަން އުނދަގޫވާނެކަމެވެ. އަދި ޤަޟާޙާޖަތް ނުކުރެވޭނަމަ ބަނޑުގައި ރިއްސުމުގެ އިތުރަށް ވައިގެ މައްސަލަތައްވެސް ކުރިމަތިވާނެއެވެ. މިއީ ގުޅިލާމެހިފައިވާ ކަންކަމެވެ.  

އެހެންވެ ކިޔުންތރެރިންނަށް މިގެނެސްދެނީ މިފަދަ ގިނަ މައްސަލަތަކަށް އޮތް އެންމެ ފަސޭހަ އެއް ޙައްލެވެ!  

ބޭރުން އެތެރެކުރާ މޭވާގެ އަގުން ބަލައިފިނަމަ ފޮޅޮލަކީ އަބަދުވެސް ހެޔޮ އަގުގައި ގަންނަން ލިބޭ މޭވާއެކެވެ. ރަށްރަށުގެ ގޯތިތަކުގައި ފަސޭހައިން ހެއްދޭވެސް ބާވަތެކެވެ. މޭވާ ލިބުން އަވަސް ބާވަތެކެވެ.  

ފަޅޯ ޖޫސް މުހިންމުވަނީ ލިބޭ ވިޓަމިންތަކުގެ އިތުރުން ޙަޖަމް ރަނގަޅުވެ ފާޚާނާކުރަން ފަސޭހަވާތީއެވެ. ގިނަ މީހުންނަކީ ޤަވާއިދުން ފާޚާނާކުރަން މައްސަލަ ހުންނަ ބައެކެވެ. ފާޚާނާ ނުކުރވުނީމާ ބަނޑުގައި ރިއްސުން، ކައިބޮއި ހަދަން އުނދަގޫވުން، ބަނޑުކުނިވެ ވައިލެވުން ، ގޭހުގެ މައްސަލަތައް، ފަދަ އެތައް މަސައްލަތަކެއް ކުރިމަތިވެއެވެ.  

ބޭރު ކަރަތަކުގެ މީހުން ހެނދުނުގެ ސަޔާއިއެކު ފަޅޯ ޖޫސް ބޭނުން ކުރެއެވެ. އަދި ކެއުމަށްފަހު ކައިލާ މޭވާއަކަށްވެސް ފަޅޯ ބޭނުންކުރެއެވެ. އެމީހުން ހަކުރުގެ ބަދަލުގައި އެއްކޮށްލަނީ ކުޑަ މުގުރި އަސޭމިރުސް ކޮޅެކެވެ. އަސޭމިރުހަކީވެސް ހަމަ ހަށިގަނޑަށް ފައިދާހުރި ބާވަތެކެވެ.  

ޤަވާއިދުން ފާޚާނާކުރެވޭނަމަ މިފަދަ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވާނެއެވެ. އިން ޝާ ﷲ  

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން